Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރެފްރީގެ ފުރިހަމަ ލޯތްބާއި ކުލުނާއެކު ޕީއެސްޖީން ޗެމްޕިއަންސް ލީގު ފައިނަލަށް

ރެފްރީގެ ފުރިހަމަ ލޯތްބާއި ކުލުނާއެކު ޕީއެސްޖީން ޗެމްޕިއަންސް ލީގު ފައިނަލަށް

އައިޝަތު އީމާން
72 ދުވަސް ކުރިން - 7 މެއި 2026 02:00
ޕީއެސްޖީ ޗެމްޕިއަންސް ލީގު ފައިނަލަށް---
ޕީއެސްޖީ ޗެމްޕިއަންސް ލީގު ފައިނަލަށް---
ޚުލާސާ

މިދިޔަ އަހަރުގެ ޗެމްޕިއަން ޕީއެސްޖީން މިއަހަރުގެ ފައިނަލުގައި ވާދަކުރާނީ އިނގިރޭސި ކުލަބު އާސެނަލްއާ.

މިރޭ ބަޔާން މިއުނިކްގެ ދަނޑުގައި ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގު 1-1 ގެ ނަތީޖާއިން އެއްވަރުކޮށް، މުބާރާތުގެ ފައިނަލުގެ ޖާގައެއް ފްރާންސްގެ ޕީއެސްޖީން ކަށަވަރުކޮށްފިއެވެ. ދެ މެޗުގެ އެގްރިގޭޓް 5-6 ގެ ނަތީޖާއިން ޕީއެސްޖީ ފައިނަލަށް ދަތުރުކުރިއިރު، އެ ކުލަބަކީ މިދިޔަ އަހަރުގެވެސް ޗެމްޕިއަނުންނެވެ.

މި މެޗުގައި އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔައީ ރެފްރީގެ ފަރާތުން ޕީއެސްޖީއަށް ފައިދާވާނެ ގޮތަށް ނިންމާފައިވާ ނިންމުންތަކެވެ. މިގޮތުން މެޗުގެ ތެރޭގައި ހިނގި ފާހަގަކޮށްލެވޭ ހާދިސާއަކަށް ބަލާއިރު، ޕީއެސްޖީގެ ގޯލު އޭރިޔާ ތެރެއިން ވިޓީނިއާ ސާފުކޮށްލަން ފޮނުވާލި ބޯޅަ، އެ ޓީމުގެ ނެވެސްގެ އަތުގައި ފާޅުކަން ބޮޑު ގޮތެއްގައި ޖެހުނު މަންޒަރު ފެނުނެވެ. ނަމަވެސް، ރެފްރީ ކުރިމަތީގައި ހިނގި މި ހާދިސާގައި އެއީ ހޭންޑް ބޯލް ނޫން ކަމަށް ނިންމައި، ބަޔާންއަށް ލިބެންޖެހޭ ޕެނަލްޓީ ރެފްރީ ދީފައެއް ނުވެއެވެ. މީގެ އިތުރުންވެސް، މެޗުގެ ކުރީކޮޅު ހިނގި މިފަދަ އެހެން ހާދިސާއެއްގައިވެސް ރެފްރީ ނިންމާފައިވަނީ އެއީ ހޭންޑް ބޯލެއް ނޫން ކަމަށެވެ.

ރެފްރީގެ މި ނިންމުންތަކާ ގުޅިގެން މެޗުގެ ފުރަތަމަ ހާފު ވަރަށް ބޮޑަށް ހޫނުވެގެންދިޔަ އެވެ. ދެވަނަ ހާފުގައިވެސް ބަޔާންއާ ދެކޮޅަށް ރެފްރީގެ ނިންމުންތައް ފެނިގެންދިޔައިރު، މެޗުގެ 87 ވަނަ މިނެޓުގައި ބަޔާންގެ ކުޅުންތެރިން ޕެނަލްޓީއަކަށް އެޕީލް ކުރުމުންވެސް ރެފްރީ އެކަމަށް އެއްވެސް އިޖާބައެއް ދީފައެއް ނުވެއެވެ.

Advertisement

Advertisement 1

މެޗުގައި ފުރަތަމަ ގޯލު ޖެހީ ޕީއެސްޖީންނެވެ. 3 ވަނަ މިނެޓުގައި މި ގޯލު ޖަހައިދިނީ ކްވަރަޓްސްކޭލިއާ ތަނަވަސްކޮށްދިން ފުރުސަތަކުން އޮސްމާން ޑެމްބެލޭއެވެ. އަދި ބެޔާންގެ ގޯލު މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ޖަހައިދިނީ ޑޭވީސް ތަނަވަސްކޮށްދިން ފުރުސަތަކުން ހެރީ ކޭންއެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ޕީއެސްޖީން މިއަހަރުގެ ފައިނަލުގައި ވާދަކުރާނީ އިނގިރޭސި ކުލަބު އާސެނަލްއާއެވެ. މި ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހުގެރެއެވެ.

ޕީއެސްޖީބެޔާން މިއުނިކްޗެމްޕިއަންސް ލީގު
Ad
Ad

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޑެލްޓާ

72 ދުވަސް ކުރިން - 02:13

(އަންނަ މޭމަސް) 2027 ވަނަ އަހަރުގެ މޭމަސްތޯ.

ގުޅޭ ޚަބަރުތައް

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

48 ދުވަސް ކުރިން - 00:00

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

48 ދުވަސް ކުރިން - 14:46

ވޯލްޑް ކަޕު ނުކުޅެވުނަސް ކްވަރަޓްސްކޭލިއާ އަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެބާ؟

ވޯލްޑް ކަޕު ނުކުޅެވުނަސް ކްވަރަޓްސްކޭލިއާ އަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެބާ؟

48 ދުވަސް ކުރިން - 14:11

އާސެނަލް 20 އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް

އާސެނަލް 20 އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް

73 ދުވަސް ކުރިން - 01:52

ވީއޭއާރްގެ ނިންމުމަކާއެކު އާސެނަލް މޮޅުވިޔަނުދީ އެތުލެޓިކޯ އިން ހިފަހައްޓައިފި

އާސެނަލް މޮޅުވިޔަނުދީ އެތުލެޓިކޯ އިން ހިފަހައްޓައިފި

78 ދުވަސް ކުރިން - 17:18

ގޯލްތަކުގެ އީދެއް: ބަޔާން ބަލިކޮށް ޕީއެސްޖީން ކުރި ހޯދައިފި

ގޯލްތަކުގެ އީދެއް: ބަޔާން ބަލިކޮށް ޕީއެސްޖީން ކުރިހޯދައިފި

80 ދުވަސް ކުރިން - 08:28