Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ލިވަޕޫލް ބަލިކޮށް ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި

ލިވަޕޫލް ބަލިކޮށް ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
56 ދުވަސް ކުރިން - 15 އޭޕްރިލް 2026 10:58
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޕީއެސްޖީގެ އޮސްމާން ޑެމްބަލޭ. / ފޮޓޯ: ޕީއެސްޖީ
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޕީއެސްޖީގެ އޮސްމާން ޑެމްބަލޭ. / ފޮޓޯ: ޕީއެސްޖީ
ޚުލާސާ

ކުއާޓާ ފައިނަލުގެ ދެ ލެގުގައި ވެސް ލިވަޕޫލް ވަނީ ބަލިވެފަ. ދެ މެޗުގެ އެގްރިގޭޓް ނަތީޖާއީން ޕީއެސްޖީން ސެމީއަށް ދަތުރުކުރީ 0-4 އިން މޮޅުވެގެން.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި އިނގިރޭސިވިލާތުގެ ލިވަޕޫލް 2-0 އިން ބަލިކޮށް، ފަރަންސޭސި ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ޖެހިޖެހިގެން ތިން ފަހަރު ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަރަންސޭސި ކްލަބުގެ ޝަރަފު ޕީއެސްޖީން ހޯދި މެޗެވެ.

ލިވަޕޫލްގެ އެންފީލްޑް ދަނޑުގައި ކުޅުނު މި މެޗަށް ޕީއެސްޖީން ނުކުތީ ފުރަތަމަ ލެގުންވެސް 2-0 އިން މޮޅުވެފައި އޮތުމުގެ އިތުބާރާއެކުގަ އެވެ. މެޗު ފެށިގެން ލިވަޕޫލުން ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ އުފެއްދީ ޕީއެސްޖީގެ އޮސްމާން ޑެމްބެލޭ އެވެ. ލިވަޕޫލްގެ ކީޕަރު ގިއޯގީ މަމަރްދަޝްވިލީއަށް އޮޅުވާލުމަށްފަހު ޑެމްބެލޭ ފޮނުވާލި ހަމަލާ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ ކުރީކޮޅު ލިވަޕޫލަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެޓީމުގެ ފޯވާޑް ހޫގޯ އެކިޓިކޭއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމެވެ. އޭނާގެ ބަދަލުގައި ކުޅެން އެރި މުހައްމަދު ސަލާހު ވަނީ މެޗުގެ އޮއިވަރު ބަދަލުކޮށްލަން މަސައްކަތްކޮށްފަ އެވެ. ސަލާހް ނެގި ހުރަހަކުން އިބްރާހިމާ ކޮނާޓޭ ބޮލުން ޖައްސާލި ބޯޅަ، މިލޯސް ކާކޭޒް ފޮނުވާލުމުން ޕީއެސްޖީގެ ކީޕަރު މަޓްވޭ ސަފޮނޯވް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. އަދި ރީބައުންސްގައި ވާޖިލް ފެން ޑައިކް ޖަހަން އުޅުނު ބޯޅަ މާކީނިއޯސް ވަނީ ހުއްޓުވާފައެވެ.

Advertisement

Advertisement 1

ދެވަނަ ހާފުގައި ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ގެނައި ބަދަލުތަކާއެކު އެޓީމުން އިތުރަށް ކުރިއަށް ޖެހުނެވެ. ކޯޑީ ގަކްޕޯ އާއި ޖޯ ގޯމޭޒަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުނުއިރު، ޕީއެސްޖީގެ ވިލިއަން ޕާޗޯ، އެލެކްސިސް މެކް އެލިސްޓާއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީވެސް ވީއޭއާރުން ބެލުމަށްފަހު ވަނީ ކެންސަލްކޮށްފަ އެވެ.

ލިވަޕޫލުން ލަނޑެއް ޖެހުމަށް ބުރަކޮށް މަސައްކަތް ކުރަމުން ދަނިކޮށް، މެޗު ނިމެން 20 މިނެޓަށް ވެފައި ވަނިކޮށް ޑެމްބެލޭ ވަނީ ޕީއެސްޖީއަށް ލީޑު ނަގައިދީފައެވެ. ކްވިޗާ ކްވަރަޓްސްކޭލިއާ ދިން ބޯޅައަކުން އޭނާ މި ލަނޑު ޖެހީ އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބްރެޑްލީ ބާކޯލާ ދިން ބޯޅައަކުން ޑެމްބެލޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ލިވަޕޫލް މުބާރާތުން ކަޓުވާލާފަ އެވެ.

މި ނަތީޖާއާއެކު ލިވަޕޫލަށް މި ސީޒަނުގައި އެއްވެސް މުބާރާތެއް ކާމިޔާބު ނުކުރެވޭނެކަން މިވަނީ ކަށަވަރުވެފައެވެ. އަދި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށްޓަކައި ޕްރިމިއާ ލީގުގެ ގަދަ ފަހެއްގެ ތެރޭގައި ހިމެނުމަށް ކޯޗު އާން ސްލޮޓަށް މިވަނީ ބޮޑު މަޖުބޫރުކަމެއް ކުރިމަތިވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެ ލަނޑު ޖެހި އޮސްމާން ޑެމްބެލޭ އެވެ.

ޕީއެސްޖީލިވަޕޫލްޗެމްޕިއަންސް ލީގު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

11 ދުވަސް ކުރިން - 00:00

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

11 ދުވަސް ކުރިން - 19:29

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

11 ދުވަސް ކުރިން - 14:46

ވޯލްޑް ކަޕު ނުކުޅެވުނަސް ކްވަރަޓްސްކޭލިއާ އަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެބާ؟

ވޯލްޑް ކަޕު ނުކުޅެވުނަސް ކްވަރަޓްސްކޭލިއާ އަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެބާ؟

11 ދުވަސް ކުރިން - 14:11

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

16 ދުވަސް ކުރިން - 13:01

އެލޮންސޯ ޗެލްސީއަށް ދިއުމަކީ ލިވަޕޫލަށް ލިބޭނެ ބޮޑު ލަދަކަށް ވެދާނެ

އެލޮންސޯ ޗެލްސީއަށް ދިއުމަކީ ލިވަޕޫލަށް ލިބޭނެ ލަދެއް

27 ދުވަސް ކުރިން - 12:36