Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވީއޭއާރްގެ ނިންމުމަކާއެކު އާސެނަލް މޮޅުވިޔަނުދީ އެތުލެޓިކޯ އިން ހިފަހައްޓައިފި

ވީއޭއާރްގެ ނިންމުމަކާއެކު އާސެނަލް މޮޅުވިޔަނުދީ އެތުލެޓިކޯ އިން ހިފަހައްޓައިފި

އައިޝަތު ރުވާ ރިފްޢަތު
124 ދުވަސް ކުރިން - 30 އޭޕްރިލް 2026 17:18
އާސެނަލް އާއި އެތްލެޓިކޯގެ މެޗުގެ ތެރެއިން. / ފޮޓޯ: ގެޓީ އިމޭޖަސް
އާސެނަލް އާއި އެތްލެޓިކޯގެ މެޗުގެ ތެރެއިން. / ފޮޓޯ: ގެޓީ އިމޭޖަސް
ޚުލާސާ

މި މެޗުގައި ގޯލުތައް ޖެހީ ވިކްޓާ ގިޔޮކެރޭސް ގެ އިތުރުން ހޫލިއަން އަލްވަރޭޒް. މި ދެ ގޯލު ވެސް ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީ އިން.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ސްޕޭންގެ އެތުލެޓިކޯ މެޑްރިޑާއި އާސެނަލް ބައްދަލުކުރި ފޯރިގަދަ މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

އެތުލެޓިކޯގެ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއަށް ކުރިހޯދައިދިނީ ވިކްޓާ ގިޔޮކެރޭސްއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭނާއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.

ނަމަވެސް، ދެވަނަ ހާފު ފެށިގެން 10 މިނެޓު ތެރޭގައި އެތުލެޓިކޯއިން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. އާސެނަލްގެ ޑިފެންޑަރު ބެން ވައިޓްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ކާމިޔާބުކުރީ ހޫލިއަން އަލްވަރޭޒް އެވެ.

Advertisement

Advertisement 1

މި މެޗުގެ އެންމެ ބޮޑު ހޫނުގަނޑެއް އުފެދުނީ މެޗުގެ ފަހުކޮޅު އާސެނަލްއަށް ލިބުނު ޕެނަލްޓީއެއް ވީއޭއާރް އިން ބެލުމަށްފަހު ކެންސަލް ކުރުމުންނެވެ. އާސެނަލްގެ އެބެރެޗީ އެޒޭއަށް އޭރިއާ ތެރެއިން ޑޭވިޑް ހަންކޯ ކުރި ފައުލަކަށް ރެފްރީ ފުރަތަމަ ޕެނަލްޓީ ދިން ނަމަވެސް، ވީއޭއާރް މޮނިޓަރުން އެ މަންޒަރު 13 ފަހަރު ބަލައި، އެ ނިންމުން ބަދަލުކުރި އެވެ.

މި ނިންމުމާ މެދު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. "މިއީ އިންތިހާއަށް މާޔޫސްވެ، ރުޅިއަންނަ ކަމެއް. 13 ފަހަރު ބަލައިގެން ނޫނީ ގޮތެއް ނުނިންމޭ ކަމެއް އެގޮތަށް ބަދަލުކުރުމަކީ ގަވާއިދާ ހިލާފު ކަމެއް. މި ފެންވަރުގެ މެޗެއްގައި އެފަދަ ކަންކަން ހިނގައިގެން ނުވާނެ،" މެޗަށްފަހު އާޓެޓާ ބުންޏެވެ.

އަނެއްކޮޅުން އެތުލެޓިކޯގެ ކެޕްޓަން ކޯކޭ ބުނީ އޭނާގެ ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި، އާސެނަލްއަށް މާ ނުރައްކާތެރި ފުރުސަތުތަކެއް ތަނަވަސް ނުކުރެވޭ ކަމަށެވެ.

މި މެޗު ފެށުމުގެ ކުރިން އެތުލެޓިކޯގެ ސަޕޯޓަރުން ވަނީ ދަނޑު ތެރެއަށް ގިނަ އަދަދެއްގެ ޓޮއިލެޓް ޕޭޕަރު އުކައި، ތަފާތު މަންޒަރެއް ދައްކާލާފަ އެވެ. މިދިޔަ ރޭ ޕީއެސްޖީ އާއި ބަޔާން ބައްދަލުކުރި މެޗުގައި ފެނުނު ގިނަ ލަނޑުތަކުގެ ބަދަލުގައި، މި މެޗުން ފެނިގެންދިޔައީ ދެ ޓީމުގެ ދެމެދުގައި އޮތް ވަރުގަދަ ވާދަވެރިކަމާއި ނުތަނަވަސްކަމެވެ.

20 އަހަރަށްފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމަށް އާސެނަލް އުންމީދު ކުރާއިރު، މި ނަތީޖާއާއެކު ދެވަނަ ލެގަށް ދާއިރު ދެ ޓީމަށްވެސް ފުރުސަތު އެބައޮތެވެ.

އާސެނަލްއެތްލެޓިކޯ މެޑްރިޑްޗެމްޕިއަންސް ލީގު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

93 ދުވަސް ކުރިން - 03:22

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

94 ދުވަސް ކުރިން - 00:00

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

94 ދުވަސް ކުރިން - 14:46

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

99 ދުވަސް ކުރިން - 13:01

22 އަހަރުގެ ދިގު އިންތިޒާރަށްފަހު އާސެނަލްއިން ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކޮށްފި

އާސެނަލްއިން ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކޮށްފި

104 ދުވަސް ކުރިން - 13:02

ރެފްރީގެ ފުރިހަމަ ލޯތްބާއި ކުލުނާއެކު ޕީއެސްޖީން ޗެމްޕިއަންސް ލީގު ފައިނަލަށް

ރެފްރީގެ ފުރިހަމަ އެހީތެރިކަމާއެކު ޕީއެސްޖީ ފައިނަލަށް

118 ދުވަސް ކުރިން - 02:00