Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އޮޑެގާޑް އެނބުރި އަޔަސް އާސެނަލްގެ މިހާރުގެ އުނދަގޫތަކަށް ހައްލެއް ނުލިބޭނެ!

އޮޑެގާޑް އެނބުރި އަޔަސް އާސެނަލްގެ މިހާރުގެ އުނދަގޫތަކަށް ހައްލެއް ނުލިބޭނެ!

އުސްތާޛް މުޙައްމަދު ޢަލީ
626 ދުވަސް ކުރިން - 7 ނޮވެންބަރު 2024 11:04
އޮޑެގާޑް އެނބުރި އަޔަސް އާސެނަލްގެ މިހާރުގެ އުނދަގޫތަކަށް ހައްލެއް ނުލިބޭނެ!
ޚުލާސާ

ޗެމްޕިއަންސް ލީގުގެ 12 ވަނައިގަ އޮތް އާސެނަލް ރޭ މިލާން އަތުން ބަލިވިއިރު ފަހަކަށް އައިސް ރަށުން ބޭރުގައި ގޯލެއް ނުޖެހޭ. އޮޑެގާޑް އެނބުރި އަޔަސް، އުނދަގޫތައް ޙައްލުވާނެކަމަށް ނުފެނޭ.

އަނިޔގައި ހުރި އޮޑެގާޑް ނެތީސް ރޭ ވެސް އާސެނަލް ބަލިވީއެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި ސެން ސީރޯގައި ރޭ ކުޅުނު މެޗުން އިންޓަ އަތުން ބަލިވީ 1-0 އިން ނެވެ. ރަށުން ބޭރުގައި ފަހަކަށް އައިސް ކުޅޭ މެޗުތަކުގައި ލަނޑު ނުޖެހޭކަން ފާހަގަ ކުރެވެއެވެ. އާސެނަލްގެ އެޓޭކިންގެ ފަރިތަކަން ނެތްއިރު ޕޮސިޝަން ޑޮމިނޭޓްކޮށް ފުރުސަތުތައް އުފެއްދި ނަމަވެސް އާސެނަލްގެ އެޓޭކިން ކުޅުމުގައި އުފެއްދުންތެރިކަން ނެތެވެ. މޮޅަށް ކުޅުނަސް ގޯލެއް ނުޖެހެއެވެ. 

އާސެނަލްގެ ފޯވާޑް ލައިނަށްވެސް ބައެއްފަހަރު އަރައިގެން ކުޅޭ އެޑްވާންސް މިޑްފިލްޑަރު މާޓިން އޮޑެގާޑް ނެތުމުން ޓީމު އޮތީ ސަކާ އާއި ގެބްރިއަލް މާޓިނެލީ އަށް ބަރޯސާވެފައެވެ. ނަމަވެސް ސެންޓަރ މިޑްފިލްޑަރު ކައިހަވާޓްޒް އަކަށްވެސް ގޯލެއް ޖެހޭ ފަދަ ފުރުސަތެއް ބުކާޔޯ ސަކާއަށް ދީގެންވެސް ނަތީޖާ އަނބުރާ ނުލެވުނެވެ. 

ފުރަތަމަ ހާފުގައި މިލާންގެ ގޯލްކީޕަރު ޔާން ސޮމާ އާސެނަލްގެ މިކެލް މެރީނޯއަށް ފައުލް ކުރުމުން ޕެނަލްޓީއަކަށް އެޕީލް ކުރިއެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ހުރަސްވި ބޯޅަ ދިފާޢުުރަން އުޅުނު ވަގުތު ކީޕަރުގެ އަތް އާސެނަލްގެ ކުޅުންތެރިޔާގެ ބޮލުގައި ޖެހުނީ ކަމަށެވެ. 

Advertisement

Advertisement 1

ރެފްރީގެ މި ނިންމުމާއިމެދު އާސެނަލްގެ އޮފިޝަލުން ހިތްހަމަނުޖެހި ޝަކުވާވެސް ކުރިއެވެ. ކޯޗު އާޓެޓާއަށް ވެސް އަދި ފުޓުބޯޅަ ދަންނަ އެންމެންވެސް އެކަމަކާ ދެބަހެއް ނުވާނެއެވެ. ނަމަވެސް ރެފްރީ ނިންމީ މިލާން އަށް ރަނގަޅު ގޮތެވެ.

ރޭގެ މެޗުގައި ރެފްރީންގެ ފަރާތުން ކަންތައްތައް ނިންމުމުގައި އެހާ ބެލެންސް ކޮށް ޑިސިޝަން ނުނަގާ ކަމަށް މީޑީއާ ރިޕޯޓުތަކުން ފާޙަގަ ކުރެއެވެ. ސަބަބަކީ އާސެނަލްއަށް ޕެނަލްޓީ ނުދީ، އެކްސިޑެންޓަކުން މިކެލް މެރީނޯގެ އަތުގައި ޖެހުނު ބޯޅައަށް އިންޓައަށް ޕެނަލްޓީއެއް ދީފައިވާތީއެވެ..

އާސެނަލް ޗެމްޕިއަންސް ލީގުގެ ރޭހުގައި އޮތީ 7 ޕޮއިންޓާއެކު 12 ވަނައިގައެވެ. އޮޑެގާޑް އަޔަސް، ޗެމްޕިއަންސް ލީގުގައި އާސެނަލްގެ ކުރިމަގު އަލިކޮށް ފެންނާކަށް ނެތެވެ. އާސެނަލް އަށް މި ލީގުގައި ދެން އޮތީ ޗެލްސީއާ ދެކޮޅަށް ނުކުންނަ މެޗެވެ. އެއޯ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ޗެމްޕިއަންސް ލީގުއާސެނަލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

55 ދުވަސް ކުރިން - 03:22

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

56 ދުވަސް ކުރިން - 00:00

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

57 ދުވަސް ކުރިން - 14:46

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

62 ދުވަސް ކުރިން - 13:01

22 އަހަރުގެ ދިގު އިންތިޒާރަށްފަހު އާސެނަލްއިން ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކޮށްފި

އާސެނަލްއިން ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކޮށްފި

67 ދުވަސް ކުރިން - 13:02

ރެފްރީގެ ފުރިހަމަ ލޯތްބާއި ކުލުނާއެކު ޕީއެސްޖީން ޗެމްޕިއަންސް ލީގު ފައިނަލަށް

ރެފްރީގެ ފުރިހަމަ އެހީތެރިކަމާއެކު ޕީއެސްޖީ ފައިނަލަށް

80 ދުވަސް ކުރިން - 02:00