ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުގައި ލުއިސް ޑިއާޒް ހެދި ހެޓްރިކާއެކު 4-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެއެވެ. މި މެޗު ކާމިޔާބު ކުރުމާއެކު ލިވަޕޫލްއަށް ވަނީ މި އަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު 4 މެޗުން މޮޅުވެ ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 61 ވަނަ މިނިޓުގައި ޖެހީ ލުއިސް ޑިއާޒެވެ. 63 ވަނަ މިނިޓުގައި ކޯޑި ގެކްޕޯ ދެވަނަ ލަނޑު ޖެހިއިރު 83 ވަނަ މިނިޓުގައި ޑިއާޒް ތިންވަނަ ލަނޑު ޖެހުމަށްފަހު، އިތުރު ވަގުތުގައި އޭނާގެ ހެޓްރިކް ފުރިހަމަކުރިއެވެ. ލެވަކޫސަންއަށް 4 މެޗުން 7 ޕޮއިންޓާއެކު އަދިވެސް 11 ވަނަ މަޤާމުގައި ހިފެހެއްޓިފައިވެއެވެ.

ރޭ ލިވަޕޫލް މޮޅުވިއިރޔ ޕްރިމިއަ ލީގުގައި ކުޅޭ މެންޗެސްޓަރ ސިޓީ ވަނީ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ސްޕޯޓިންގ އަތުން 4 ލަނޑު 1 ލަނޑުން ބަލިވެފައެވެ. ސްޕެއިންގެ ރިއަލް މެޑްރިޑް ވެސް ވަނީ އިޓަލީގެ އޭސީ މިލާނާއި ކުޅެ ބަލިވެފައެވެ. ރިއަލް މެޑްރިޑް ބަލިވީ 3 ލަނޑު 1 ލަނޑުންނެވެ.