ސްޕޯޓިން ސީޕީގެ ހެޑް ކޯޗު ރޫބެން އަމޮރިމް ނޮވެމްބަރު 12 އިން ފެށިގެން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާއި ޙަވާލުވާއިރު އޭނާގެ ހުރިހާވެސް ވިސްނުމެއް މިވަގުތު ހުރީ ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ކުޅޭ މެޗަށް ކަމަށް ބުނެފިއެވެ.
އޭނާ ބުނީ ހުރިހާ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ސްޕޯޓިންއަށް މުހިންމު ކާމިޔާބީއެއް ހޯދައިދިނުމަށެވެ.
އަމޮރިމް ވަނީ މެންޗެސްޓާ ސިޓީއަށް ތައުރީފުކޮށްފަ އެވެ. ނަމަވެސް އޭނާ ވަނީ ސްޕޯޓިންގއަށް ރަނގަޅު ފައިޓެއް ދެވޭނެ ކަމުގެ އިތުބާޜު އެބައޮތް ކަމަށާއި، ފަހުގެ ފޯމާއި ޓެކްޓިކަލް ތައްޔާރީއަށް އަލިއަޅުވާލިއެވެ.
ޗެމްޕިއަންސް ލީގުގައި ތިން މެޗު ކުޅެ 7 ޕޮއިންޓާއެކު 3 ވަނައިގައި އޮތް މެންޗެސްޓާސިޓީ އިނގިރޭސި ލީގުގައި އޮތީ ދެވަނައިގައެވެ. އެންމެ ފަހުން ކުޅުނު އިނގިރޭސި ލީގު ކަޕުގައި ބޯންމަތުން ވަނީ ސިޓީ ބަލިކޮށްފައެވެ.
ޗެމްޕިއަންސް ލީގުގައި ސްޕޯޓިންއަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. އަނެއްކޮޅުން ޕޯޗުގަލް ލީގުގައި އެޓީމު މިހާތަނަށް އެއްވެސް މެޗަކުން ބަލި ނުވެއެވެ. 10 މެޗުން 30 ޕޮއިންޓާއެކު އޮތީ އެއްވަނައިގައެވެ. އަމޮރިމް އަށް އޮތް އިތުބާރަކީ މިއީއެވެ.
މި ފޯކަސްއާއެކު އޭނާ ބުނީ ޔުނައިޓެޑާ މެދު ވިސްނާނީ ލިސްބަންގައި އޭނާގެ ވާޖިބު ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.









