ހަންގޭރީގައި ޙަމްނާ ދެ ޤައުމީ ރެކޯޑް އާކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 444 ދުވަސް ކުރިން - 7 ނޮވެންބަރު 2024 12:41
ޙަމްނާ އަޙްމަދު
ޙަމްނާ އަޙްމަދު
ޚުލާސާ

ޙަމްނާ އަޙްމަދު ވަނީ ހަންގޭރީގައި ބޭއްވުނު މުބާރާތެއްގައި އަންހެނުންގެ ޝޯޓްކޯސް 100 މީޓަރ އަދި 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އާކޮށްފަ

ދިވެހިރާއްޖޭގެ ފެތުންތެރިޔާ ޙަމްނާ އަޙްމަދު ވަނީ އަންހެނުންގެ ޝޯޓްކޯސް 100 މީޓަރ އަދި 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އާކޮށްފައެވެ. މި ދެ ރެކޯޑު އާކުރީ ހަންގޭރީގައި ކުރިއަށްދިޔަ ހާޖޮސް އަލްފްރެޑް ކުޕާ 3 ގައެވެ.

100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގައި ޙަމްނާ ވަނީ 01:23.76 ގައި ރޭސް ނިންމައިފައެވެ. މިއީ 2019 ވަނަ އަހަރު އައިޝަތު ސާޖިނާ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ހޯދައިދިން ރެކޯޑަށްވުރެ 0.05 ސިކުންތު އަވަހެވެ.

50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގައި ޙަމްނާ ވަނީ 00:37.13 ގައި ރޭސް ނިންމައިފައެވެ. މިއީ މިދިޔަ އަހަރު ޙަމްނާ އަމިއްލައަށް ހޯދި ރެކޯޑަށްވުރެ 0.75 ސިކުންތު އަވަހެވެ.

މި ނަތީޖާތަކާއެކު ޙަމްނާ ވަނީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖެއަށް އިތުރު ކާމިޔާބީތަކެއް ހޯދައިދޭނެކަމުގެ އުންމީދު އާކޮށްދީފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%