ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް، އާން އާކޮށްފި

އާނާ ފަހީމް | 13 ދުވަސް ކުރިން - 30 ޖުލައި 2025 22:50
އާން ހުސައިން---
އާން ހުސައިން---
ޚުލާސާ

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި، އާން ހުސައިން ވަނީ ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި.

މިހާރު ސިންގަޕޫރުގައި ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި، ދިވެހި ފެތުންތެރިޔާ މުހައްމަދު އާން ހުސައިން ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި އެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، އާން މިރެކޯޑް އާކޮށްފައިވަނީ 00:53.80 އިން ރޭސް ނިންމައިގެންނެވެ. މި ކާމިޔާބީއާއެކު އާން ވަނީ ދިވެހިރާއްޖޭގެ ފެތުމުގެ ތާރީހަށް އާ ބާބެއް އިތުރުކޮށްފައެވެ.

މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް މުހައްމަދު އާން ހުސައިން އެވެ. އެއީ، މިދިޔައަހަރު ބޭއްވި 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި 00:54.46 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.




TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%