ޙަމްނާ އަނެއްކާވެސް ޤައުމީ ރިކޯޑެއް ޤާއިމުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 441 ދުވަސް ކުރިން - 9 ނޮވެންބަރު 2024 20:26
ދިވެހިރާއްޖޭގެ ފެތުންތެރިޔާ ޙަމްނާ އަޙްމަދު
ދިވެހިރާއްޖޭގެ ފެތުންތެރިޔާ ޙަމްނާ އަޙްމަދު
ޚުލާސާ

ހަންގޭރީގައި މިހާރު ކުރިއަށްދާ އެޤައުމުގެ 20 ވަނަ ނެޝަނަލް ޝޯރޓްޓްރެކް ޗެމްޕިއަންޝިޕްގައި އަންހެނުންގެ ޝޯރޓްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގައި ޙަމްނާ ވަނީ އައު ޤައުމީ ރިކޯޑެއް ޤާއިމުކޮށްފައި.

ހަންގޭރީގައި މިހާރު ކުރިއަށްދާ އެޤައުމުގެ 20 ވަނަ ނެޝަނަލް ޝޯރޓްޓްރެކް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖޭގެ ފެތުންތެރިޔާ ޙަމްނާ އަޙްމަދު އަނެއްކާވެސް އައު ރިކޯޑެއް ޤާއިމުކޮށްފިއެވެ. އަންހެނުންގެ ޝޯރޓްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގައި ޙަމްނާ ވަނީ އައު ޤައުމީ ރިކޯޑެއް ޤާއިމުކޮށްފައެވެ.

ޙަމްނާ މި އައު ރިކޯޑު ޤާއިމުކޮށްފައިވަނީ 01:22.65 ގައި ރޭސް ނިންމާލައިގެންނެވެ. މިއީ އޭނާ ކުރިން ހުރި ރިކޯޑަށްވުރެ 1.11 ސިކުންތު އަވަސް ވަގުތެކެވެ.

މި އިވެންޓުގެ ކުރީގެ ޤައުމީ ރިކޯޑުވެސް އޮތީ ޙަމްނާގެ ނަމުގައެވެ. އެ ރިކޯޑު ޙަމްނާ ޤާއިމުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހު ކުރިއަށްދިޔަ ހާޖޮސް އަލްފްރެޑް ކުޕާ 3 ގައެވެ. އޭރު އޭނާ ރޭސް ނިންމާލާފައިވަނީ 01:23.76 ގައެވެ.

ޙަމްނާގެ މި ކާމިޔާބީއަކީ ދިވެހި ފެތުމުގެ ކުޅިވަރަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި މިފަދަ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހި ކުޅުންތެރިން ހޯދަމުންދާ ކާމިޔާބީތަކަކީ ޤައުމަށް ލިބޭ ފަޚުރެކެވެ. ޙަމްނާގެ މި ކާމިޔާބީއާއެކު، ކުރިއަށް އޮތް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި އިތުރު ނަތީޖާތަކެއް ހޯދޭނެކަމުގެ އުއްމީދު ވަނީ އިތުރުވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%