50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު އުލްޔާ އާކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 8 ދުވަސް ކުރިން - 5 އޯގަސްޓް 2025 17:52
އާއިޝަތު އުލްޔާ ޝާއިގް: ފޮޓޯ/ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް---
އާއިޝަތު އުލްޔާ ޝާއިގް: ފޮޓޯ/ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް---
ޚުލާސާ

އުލްޔާ މީގެ ކުރިން ވެސް މި ރިކޯޑް އާ ކޮށްފައިވޭ.

އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާއިޝަތު އުލްޔާ ޝާއިގް އާކޮށްފި އެވެ.

އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ 2025 ހެންކޮކް ޕްރޮސްޕެކްޓިން ވެސްޓަން އޮސްޓްރޭލިއާ ޝޯޓްކޯސް ޗެމްޕިއަންޝިޕްސްގައި އުލްޔާ މިރެކޯޑް އާކޮށްފައިވަނީ 00:28.41 އިން ރޭސް ފުރިހަމަކޮށްގެންކަން ފާހަގަކޮށްލަންޖެހެ އެވެ.

މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ އަމްނާ ތަޒްކިޔާ މިރުސާދު އެވެ. އެއީ ތައިލަންޑުގައި މިދިޔަ އަހަރު ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯޓްކޯސް (25މީޓަރު) އޭޖްގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި 00.28.55 އިން އިވެންޓު ނިންމައިގެންނެވެ.

އުލްޔާ ވަނީ މީގެ ކުރިން ވެސް މި ރިކޯޑް އާ ކޮށްފަ އެވެ. އެގޮތުން މިދިޔަ 2024 ވަނަ އަހަރުގެ ޖޫން މަހު އޮސްޓްރޭލިއާގައި ބޭއްވުނު ބްރޭކާސް ބިގް ސްޕްލޭޝް ޖޫން 2024 މީޓް ގައި 00:28.81 އިންނެވެ.

އަދި ހަމައެހެންމެ، އޭގެފަހުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާ (ޔޫޑަބްލިއުއޭ) ވެސްޓް ކޯސްޓް ކްލަބް ނައިޓް ހަތް ނަންބަރު މީޓްގައި އަންހެނުންގެ ޝޯޓްކޯސް 50 މީޓަރުގެ ފްރީސްޓައިލް ގައުމީ ރެކޯޑު ވެސް އޭނާ އާކޮށްފައިވެ އެވެ. އެފަހަރުގެ އިވެންޓު އުލްޔާ ނިންމީ 00:28.75 ސިކުންތުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%