Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޮޑު މުބާރާތުން މޮޅު ފެތުންތެރިންނަށް ޖައިޝް އާއި ޒިވާ

ބޮޑު މުބާރާތުން މޮޅު ފެތުންތެރިންނަށް ޖައިޝް އާއި ޒިވާ

އުސްތާޛް މުޙައްމަދު ޢަލީ
688 ދުވަސް ކުރިން - 21 އޮކްޓޫބަރު 2024 23:35
ބޮޑު މުބާރާތުން މޮޅު ފެތުންތެރިންނަށް ޖައިޝް އާއި ޒިވާ
ޚުލާސާ

ޤައުމީ ބޭންކުން ސްޕޮންސަރ ކޮށްގެން ރާއްޖޭގައި ޚާއްޞަ އެހީތެރިކަން ދޭންޖެހޭ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ އެންމެ ބޮޑު މުބާރާތުގެ އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި އަމީނިއްޔާގެ ޖައިޝް އަދި ހުރަވީ ސްކޫލުގެ ޒިވާ.

ރާއްޖޭގައި ތިބި ޚާއްޞަ އެހީތެރިކަން ދޭންޖެހޭ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކޮށްގެން ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު މުބާރާތުގެ އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި އަމީނިއްޔާ ސްކޫލުގެ ދަރިވަރު މޫސާ ޖައިޝް ސަނާއުﷲ ޝަކީބު އަދި ހުރަވީ ސްކޫލުގެ ދަރިވަރު މަރިޔަމް ޒިވާ ޒާހިދު ހޮވިއްޖެއެވެ. މިދަރިވަރުން ވަނަތައް ހޯދާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ސްޕޮންސަރގެ ދަށުން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި، ބީ. އެމް. އެލް. ސްކޫލު ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގައި ވާދަކޮށްގެންނެވެ.

ސްކޫލު ކުދިންގެ ފެތުމުގެ މުބާރާތަކީ ރާއްޖޭގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ވަކި ކެޓަގަރީއެއް ހަދައި ދަރިވަރުންގެ ކުޅަދާނަކަން ދައްކައިލުމަށް ބާއްވާ އެންމެ ބޮޑު މުބާރާތެވެ. ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މާލޭގައި ބާއްވާ ފެތުމުގެ ހުރިހާ މުބާރާތެއް އަދި ފެސްޓިވަލްތަކުގައިވެސް ޚާއްޞަ އެހީތެރިކަން ދޭންޖެހޭ ދަރިވަރުންނަށް ބައިވެރިވެވޭގޮތަށް އެލީޓް އެތުލީޓް ވިތު ޑިސްއެބިލިޓީ ނުވަތަ އީ. އޭ. ޑީ ގެ ނަމުގައި ކެޓަގަރީއެއް ތަޢާރަފްކޮށް އެކުދިންނަށް ވާދަކުރުމުގެ ފުރުޞަތު ދަނީ ދެމުންނެވެ.

ނިމިގެންދިޔަ ސްކޫލު ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގައި ވާދަކުރި ދަރިވަރުންގެ ތެރެއިން އީއޭޑީ ކެޓަގަރީން 2 ވަނަ އަންހެން ފެތުންތެރިޔާގެ މަޤާމު ހޯދީ ދަރުމަވަންތަ ސްކޫލުގެ މެރާލް ޙަސަން ކަލީމުއެވެ. 2 ވަނަ ފިރިހެން ފެތުންތެރިންގެ މަޤާމުހޯދީ ތާޖުއްދީން ސްކޫލުގެ ދަރިވަރު އަޙްމަދު ދާއީ މިރުޒާ އާއި އަމީނިއްޔާ ސްކޫލުގެ ދަރިވަރު މުޙައްމަދު ޝުޖާޢު އިސްމާޢީލް އެވެ. އީއޭޑީ ކެޓަގަރީން 3 ވަނަ ހޯދާފައިވާ ފިރިހެން ފެތުންތެރިންނަކީ ޢިމާދުއްދީން ސްކޫލުގެ ދަރިވަރު އަކުމަލް ޝަހުދީ ޢަބްދުލް ޣަނީ އާއި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރު ލިހާމް މަހުދީއެވެ. އަންހެން 3 ވަނަ ހޯދާފައިވާ ދަރިވަރުންނަކީ ޢިމާދުއްދީން ސްކޫލުގެ ޢާއިޝަތު އިސްރާ އާދަމް އާއި އަމީނިއްޔާ ސްކޫލުގެ ދަރިވަރު ޢާއިޝަތު ލައިކާ ޙުސައިން އެވެ.

Advertisement

Advertisement 1

މިފަހަރުގެ މުބާރާތުގައި މާލޭގެ ތަފާތު ސްކޫލުތަކުން 16 ދަރިވަރުން ވާދަކޮށްފައިވެއެވެ. މިދަރިވަރުން ވަނީ 25 މީޓަރު ފްރީސްޓައިލް، 25 މީޓަރު ބެކްސްޓްރޯކް، 25 މީޓަރު ބްރެސްޓް ސްޓްރޯކް، 25 މީޓަރު ބަޓަފްލައި އަދި 50 މީޓަރު ފްރީސްޓައިލް އާއި 50 މީޓަރުގެ ބެކްސްޓްރޯކް އިވެންޓުތަކުގެ ރޭސްތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.

ފެތުމުގައި ހަރަކާތްތެރިވާ ކުލަބުތަކާ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ސްޕެޝަލް އޮލިމްޕިކްސް އަދި ޕެރަލިމްޕިކްސް އާއި ބެލެނިވެރިން ގުޅިގެން ޚާއްޞަ އެހީތރިކަމަށް ބޭނުންވާ ދަރިވަރުންގެ ފެތުމުގެ ތަމްރީނުތައް ޤަވާޢިދުން ކުރިޔަށް ގެންދެއެވެ. ފެތުމުގެ ތަމްރީނުތައް ކުރިޔަށް ގެންދަނީ ހުޅުމާލޭ ސްވިމިންގ ޕޫލު އަދި މާލޭ ސްވިމިންގ ޓްރެކްގައެވެ.

ބީ. އެމް. އެލް ސްކޫލު ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގެ ވަނަތަކަށްދިޔަ ފެތުންތެރިންނަށް މެޑެލްއާއި ތަށި ދިނުމުގެ ރަސްމިއްޔާތު އޮތީ 19 އޮކްޓޫބަރު 2024 ވީ ހޮނިހިރު ދުވަހު ހުޅުމާލޭ ސްވިމިންގ ޕޫލުގައެވެ. މިރަސްމިއްޔާތުގައި ފެތުންތެރިންނަށް މެޑަލްއާއި ތަށި ޙަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކްރެޑިޓް އާމިނަތު ޝިބާ ޒާހިރު އާއި، ހެޑް އޮފް ބްރާންޗަސް އެންޑް ސާވިސް ސެންޓަ ޙުސައިން ރަޝީދުގެ އިތުރުން ހެޑް އޮފް ކަސްޓަމަރ ސާވިސް ފާޠިމަތު މަލީހާ ޖަމާލު އާއި ޑިރެކްޓަރ އޮފް ކަސްޓަމަރ ސާވިސް ގުލްނާޒް މާހިރު އެވެ.

ބީއެމްއެލްސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

16 ދުވަސް ކުރިން - 14:50

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

22 ދުވަސް ކުރިން - 08:48

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބޭންކް އޮފް މޯލްޑިވްސްއިން އިރުޝާދު ދީފި

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބީއެމްއެލްއިން އިރުޝާދު ދީފި

26 ދުވަސް ކުރިން - 20:27

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

33 ދުވަސް ކުރިން - 14:26

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

36 ދުވަސް ކުރިން - 13:46

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

40 ދުވަސް ކުރިން - 19:04