މި މެޗު ޕީއެސްޖީ އިން އެއްވަރު ކުރީ ސްޓްރާޒްބާގުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް. ތާވަލުގައި މިވަގުތު ޕީއެސްޖީ އެއްވަނައިގައި އޮތްއިރު ސްޓްރާޒްބާގް އޮތީ ދެވަނައިގައި.
367 ދުވަސް ކުރިން - 19:27
އެސްޓީއޯ މި މެޗު ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 2-3 ގެ ނަތީޖާއިން. ސެމީގައި އެސްޓީއޯ ވާދަކުރަންޖެހޭނީ އެމްޕީއެލްއާ.
367 ދުވަސް ކުރިން - 00:36
މި މެޗުގައި ޒީދަން ވަނީ ހެޓް-ޓްރިކެއް ހަދާފައި. ސެމީ ފައިނަލުގައި އެމްޕީއެލް ވާދަކުރާނީ އެސްޓީއޯއާ.
367 ދުވަސް ކުރިން - 00:21
ސެމީގައި އާރުޑީސީ ވާދަކުރާނީ ސްޓެލްކޯއާ. އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭ.
367 ދުވަސް ކުރިން - 22:18
މި މޮޅާއެކު މޯލްޑިވިއަން ސެމީ ފައިނަލުގައި ބައްދަލުކުރާނީ އާރުޑީސީ-އެމްއޭސީލް މެޗުން މޮޅުވާ ބަޔަކާ ދެކޮޅަށް. އެ މެޗު އޮންނާނީ މި މަހު 20 ވަނަ ދުވަހު.
367 ދުވަސް ކުރިން - 22:09
ރަހުމަތްތެރި ކަމުގެ މެޗުގައި މެސީ ހެދި ދެ އެސިސްޓާ އެކު އޭނާ ވަނީ ގައުމީ ފުޓްބޯޅައިގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާގެ ރެކޯޑު ހަދާފަ.
370 ދުވަސް ކުރިން - 14:15
ހަންގޭރިއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ދެ ގޯލާއެކު އޭނާ މިވަނީ ވޯލްޑް ކަޕު ކޮލިފައިންގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ވެފައި.
370 ދުވަސް ކުރިން - 13:10
އިޒްރޭލަށް ވޯލްޑު ކަޕުން ޖާގަ ގެއްލުނީ އިޓަލީއާ ކުޅެ އެއްވަރުވެ ޖުމްލަ ނުވަ ޕޮއިންޓް ލިބިފައިވާތީ. ދެވަނައިގައި އޮތް އިޓަލީ އަށް ލިބިފައިވަނީ 15 ޕޮއިންޓް.
370 ދުވަސް ކުރިން - 01:39
ބްރެޒިލުން ފުރަތަމަ ހާފުގައި ދެ ގޯލު ޖަހާފައިވަނިކޮށް ޖަޕާން ފަހަތުން އަރައި ދެވަނަ ހާފުގައި ވަނީ ތިން ގޯލު ޖަހައި ބްރެޒިލް ބަލިކޮށްފަ.
371 ދުވަސް ކުރިން - 17:32
ގްރޫޕް ސްޓޭޖުގެ ހަ މެޗުގެ ތެރެއިން ރާއްޖެ މިވަނީ ހަތަރު މެޗުން ބަލިވެފައި. ރާއްޖެ އޮތީ ތާވަލުގެ ފުލުގައި.
371 ދުވަސް ކުރިން - 17:22
ދަނގަޑޭ މި ލިސްޓިގެ ތިން ވަނައިގައި އޮތީ ޖުމްލަ 35 ހެޓް-ޓްރިކް ހަދައިގެން. ދަނގަޑޭ ވައްޓާލުމުގެ ފުރުސަތު މިހާރު އޮތީ ޕޮލެންޑުގެ ލެވަންޑޮސްކީ އަތުގައި.
372 ދުވަސް ކުރިން - 11:49
75 ވަނަ މިނެޓުގައި ޕޯޗުގަލަށް ލިބުނު ޕެނަލްޓީ އަޔަލެންޑުގެ ކީޕަރު ވަނީ ދިފާއުކޮށްފައި. ޕޯޗުގަލް މޮޅުވ ގޯލު ރުބެން ނެވެސް ޖެހީ 1+90 ވަނަ މިނެޓުގައި.
373 ދުވަސް ކުރިން - 08:54