ކުޅުނު ހުރިހާ މެޗަކުން ބަލިވެ ރާއްޖެ ކަޓައިފި

އައިޝަތު އީމާން | 2 ދުވަސް ކުރިން - 14 އޮކްޓޯބަރު 2025 17:22
ރާއްޖެ-ތަޖިކިސްތާނު މެޗުގެ ތެރެއިން - ފޮޓޯ: ޚުލާސާ
ރާއްޖެ-ތަޖިކިސްތާނު މެޗުގެ ތެރެއިން - ފޮޓޯ: ޚުލާސާ
ޚުލާސާ

ގްރޫޕް ސްޓޭޖުގެ ހަ މެޗުގެ ތެރެއިން ރާއްޖެ މިވަނީ ހަތަރު މެޗުން ބަލިވެފައި. ރާއްޖެ އޮތީ ތާވަލުގެ ފުލުގައި.

ތަޖިކިސްތާނާ ދެކޮޅަށް މިއަދު ހަވީރު ކުޅުނު މެޗާއެކު މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ބަލިވެ ދިވެހިރާއްޖެ އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުން ދިވެހިރާއްޖެ ކަޓައިފި އެވެ.

ތަޖިކިސްތާނު އަތުން ރާއްޖެ ބަލިވެފައި މިވަނީ 0-3 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނުނު ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހާފައިވަނީ ފުރަތަމަ ހާފުގަ އެވެ. އެގޮތުން ހަތަރު ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރާއްޖޭގެ ގޯލު ހުޅުވާލާފައިވަނީ ސަފަރޯވް އެވެ. އަދި ދެވަނަ ގޯލު 34 ވަނަ މިނެޓުގައި މަބަޓްޝޯވް އެވެ. ތިން ވަނަ ގޯލު 77 ވަނަ މިނެޓުގައި ޖަހާފައިވަނީ ވެސް މަބަޓްޝޯވް އެވެ.

ރާއްޖެ އަށް މެޗު އެއްވަރުކުރަން ފުރަތަމަ ހާފުގައި ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ހަތަރު ކުޅުންތެރިން ގައިން ނައްޓާފައި އައިހަމް ތަޖިކިސްތާނުގެ ކީޕަރު ބޯ މަތިން އެއްލާލި ބޯޅަ ގޯލަށް ނުވަދެ ވަނީ ބޭރުވެފަ އެވެ.

މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް ރާއްޖެ ބަލިވެފައިވާއިރު ބާކީ އަދި ދެ މެޗު އެބައޮތެވެ. އެއީ ފްލިޕީންސް އާއި ޓިމޯ-ލަސްޓޭއާ ދެކޮޅަށް ރާއްޖޭގެ ދަނޑުގައި ކުޅޭ ދެ މެޗެވެ.

ގްރޫޕުގެ އެއްވަނައިގައި މިވަގުތު 10 ޕޮއިންޓާއެކު އޮތީ ތަޖިކިސްތާނެވެ. ދެވަނައިގައި ހަތް ޕޮއިންޓާއެކު ފްލިޕީންސް އޮތް އިރު ތިން ވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ޓިމޯ-ލަސްޓޭ އެވެ.

މި އަންނަ ހޮނިހިރު ދުވަހު ހަވީރު 16:00 ގައި ދިވެހިރާއްޖެ، ފްލިޕީންސްއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ނިކުންނާނެ އެވެ.







TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%