ގްރޫޕް ސްޓޭޖުގެ ހަ މެޗުގެ ތެރެއިން ރާއްޖެ މިވަނީ ހަތަރު މެޗުން ބަލިވެފައި. ރާއްޖެ އޮތީ ތާވަލުގެ ފުލުގައި.
375 ދުވަސް ކުރިން - 17:22
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ބަލިވެފައި މިވަނީ 0-2 ގެ ނަތީޖާއިން. ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭގައި ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު 17:00ގައި.
380 ދުވަސް ކުރިން - 21:42
އަފީފް ވެފައިވަނީ އޭޝިއާގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ދެވަނަ ފަހަރަށް ހޯދި ތިންވަނަ ކުޅުންތެރިޔާއަށް. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ ޖަޕާނުގެ ހިޑެތޯޝީ ނަކާޓާ އާއި އުޒްބެކިސްތާނުގެ ސަރްވަރް ޖެޕަރޯވް.
724 ދުވަސް ކުރިން - 13:35
ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމް އޭޝިއަން ކަޕް ކޮލިފައިންގ ގައި ލެސްޓޭ އަތުން ވެސް ބަލިވެ ގުރޫޕްގެ ފުލަށް ދާން ޖެހުނު އެއް ސަބަބަކީ ކުޅުންތެރިންގެ ކިބައިގައި ފުޓުބޯޅައިގެ އަސްލު ރޫހާއި ޑިސިޕްލިން ނެތުމެވެ. މިއީ ދިވެހި ފުޓުބޯޅައިގައި ދިމާވެފައިވާ ބޮޑު މައްސަލައެވެ. އަނެއް ސަބަބަކީ މުހިންމު ގިނަ ކުޅުންތެރިން އޭލެވެލް އިމްތިހާނަށް ޓަކައި ޓީމާއެކު ބައިވެރި ނުވާތީއެވެ.
753 ދުވަސް ކުރިން - 06:18
6 ޕޮއިންޓާއެކު ޔަމަން ގުރޫޕްގެ އެއްވަނައިގައި އޮތްއިރު ދެވަނައިގައި އިންޑޮނޭޝިއާ އޮތީ 3 ޕޮއިންޓާއެކު. ރާއްޖެ ގުރޫޕް ފުލުގައި އޮތީ 7 ލަނޑުގެ ގެއްލުމާއެކު އެއްވެސް ޕޮއިންޓެއް ނުލިބި
757 ދުވަސް ކުރިން - 15:19
ރާއްޖޭގެ ޓީމު ބަލިވީ 0-4 ލަނޑުން. މިމެޗުގައި ފެނުނު 4 ގޯލު ވެސް އިންޑޮނޭޝިއާއިން ޖެހީ ފަހުހާފުގަ. 52ވަނަ މިނެޓުގައި ޖެހި ގޯލާއެކު 15 މިނެޓުތެރޭ އެޓީމު ވަނީ 4 ގޯލު ޖަހާފަ
759 ދުވަސް ކުރިން - 21:37
ކޮލިފައިންގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މިއަދު އިންޑޮނޭޝިއާއާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައިމާދަމާ ނޫން އަނެއް ދުވަހު ނުކުންނާނީ ޔަމަނާ ދެކޮޅަށް. ކޮލިފައިންގެ ފަހު މެޗުގައި މި މަހުގެ 29 ވަނަ ދުވަހު ރާއްޖެ ބައްދަލުކުރާނީ އީސްޓް ޓިމޯ އާ
759 ދުވަސް ކުރިން - 17:17
އޭ.އެފް.ސީ ކަޕް ކޮލިފަޔާރސްގައި ބައިވެރިވުމަށް ރާއްޖޭގެ އަންޑަރ 20 ޓީމު މިއަދު އިންޑޮނޭޝިއާއަށް ފުރައިފި. ފުރަތަމަ މެޗު އޮންނާނީ މިމަހުގެ 14 ވަނަ ދުވަހު. ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭނީ އިންޑޮނޭޝިއާ، ޔަމަން އަދި ޓިމޯރ ލެސްޓެއާ އެކު.
763 ދުވަސް ކުރިން - 20:07