އޭއެފްސީ 20އަހަރުން ދަށުގެ ކޮލިފައިން: މުބާރާތް ބާއްވާ އިންޑޮނޭޝިއާ އާދެކޮޅަށް މިއަދު ގައުމީޓީމު ނުކުންނަނީ

އުސްތާޛް މުޙައްމަދު ޢަލީ | 387 ދުވަސް ކުރިން - 25 ސެޕްޓެންބަރު 2024 17:17
ޚުލާސާ

ކޮލިފައިންގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މިއަދު އިންޑޮނޭޝިއާއާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައިމާދަމާ ނޫން އަނެއް ދުވަހު ނުކުންނާނީ ޔަމަނާ ދެކޮޅަށް. ކޮލިފައިންގެ ފަހު މެޗުގައި މި މަހުގެ 29 ވަނަ ދުވަހު ރާއްޖެ ބައްދަލުކުރާނީ އީސްޓް ޓިމޯ އާ

އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް 2025 ކޮލިފައިންގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަށް މިއަދު ދަތުރު ފަށާއިރު، މުބާރާތް ބާއްވާ ގައުމު އިންޑޮނޭޝިއާއާ ދެކޮޅަށް ކުރިމަތިލާން ޖެހޭނީ ބޮޑު ޗެލެންޖަކާއި ކުރިމަތިލާން ޖެހިފައިވާ ވަގުތެއްގައެވެ. މި މެޗު އޮންނާނީ ރާއްޖޭ ގަޑިން 17:30 ގައި ޖަކާޓާގެ މަދްޔާ ސްޓޭޑިއަމްގައެވެ.

އިންޑޮނޭޝިއާ، ޔަމަން، އަދި އީސްޓް ޓިމޯއާ އެކު ގްރޫޕް އެފް ގައި ރާއްޖެ ކުޅޭއިރު ، މިއަދުގެ މެޗުން ތިން ޕޮއިންޓު ހޯދުމަކީ ރާއްޖޭގެ އަމާޒެވެ. އިންޑޮނޭޝިއާގެ ފަސްގަނޑުގައި ވާދަކުރުމަކީ ހޯމްޓީމަށް އޮތް ވަރުގަދަ އެޑްވާންޓޭޖެކެވެ. 

އޭޝިއާގެ އެންމެ ޝަރަފުވެރި އެއް ޔޫތު ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންތައް ކުރިއަށްދާއިރު، މިއަދުގެ ކްރިޓިކަލް މެޗުން ރާއްޖޭގެ ސަޕޯޓަރުން ބޭނުމީ އިންޑޮނޭޝިއާ އަތުން މޮޅުވުމެވެ.

ކޮލިފައިންގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މިއަދު އިންޑޮނޭޝިއާއާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައިމާދަމާ ނޫން އަނެއް ދުވަހު ނުކުންނާނީ ޔަމަނާ ދެކޮޅަށެވެ. އަދި ކޮލިފައިންގެ ފަހު މެޗުގައި މި މަހުގެ 29 ވަނަ ދުވަހު ރާއްޖެ ބައްދަލުކުރާނީ އީސްޓް ޓިމޯ އާއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%