ފަހު މިނެޓު ދުރު ޕެނަލްޓީ އެއް ވައްދާލާ ކުލަބް މޯލްޑިވްސް ކަޕުގައި އެމްއޭސީއެލް ބަލިކުރުމަށްފަހު އާރުޑީސީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. އާރުޑީސީ މި މެޗު ކާމިޔާބުކުރީ 2-3 ގެ ނަތީޖާއިންނެވެ.
ހަމަހަމަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ދެ ގޯލު ފުރަތަމަ ހާފުގައި ޖަހައި ލީޑު ނަގައިފަވަނީ އެމްއޭސީއެލް އިންނެވެ. ފުރަތަމަ ގޯލު ޖަހާފައިވަނީ ޒުވާން ކުޅުންތެރިޔާ އަފްލާޒް އެވެ. ދެވަނަ ގޯލު ޖަހާފައިވަނީ ޝަނާން އެވެ.
މި މެޗުގައި ގިނަ ފައުލްތަކެއް ދެ ޓީމުގެ ފަރާތުން ވެސް ވަނީ ފެނިފަ އެވެ. އަދި އާރުޑީސީގެ ގެ ބޭރު ކުޅުންތެރިޔާ މުހުސިނަށް ކުރި ފައުލަކާ ގުޅިގެން އެމްއޭސީއެލް ގެ ބޭރު ކުޅުންތެރިޔާ އަށް ވަނީ ދެ ރީދޫ ކާޑާއެކު ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ފަސް ފައުލް ހަމަވެ އެމްއޭސީއެލް އަށް ވަނީ ދުރު ޕެނަލްޓީއެއް ލިބިފަ އެވެ. މި ޕެނަލްޓީ އެމްއޭސީއެލްގެ އަހްމަދު ހުޝާމް ވަނީ ގޯލަށް ވައްދާލާފަ އެވެ. އަދި މެޗު ނިމެން ކުޑަ ތަންކޮޅެއް ވެފައި ވަނިކޮށް އަބްދުﷲ ސުޒެއިރު ވަނީ އެމްއޭސީއެލް އަށް ގޯލެއް ޖަހައި މެޗު އެއްވަރު ކޮށްފަ އެވެ. މި މެޗުގައި އާރުޑީސީގެ ކީޕަރު ލުފްޝާން ވަނީ ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.
މެޗުގެ ފަހު މިނެޓުގައި ފަސް ފައުލް ހަމަވެ ހަ ވަނަ ފައުލެއް ކުރުމާ ގުޅިގެން އާރުޑީސީ އަށް ވަނީ ދުރު ޕެނަލްޓީއެއް ލިބިފަ އެވެ. މި ޕެނަލްޓީ އާރުޑީސީ އަށް ކާމިޔާބުކޮށްފައިވަނީ ޝަނާނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ އާރުޑީސީގެ ޖަރޒީ ނަމްބަރު 10، އަފްޒާލް އަށެވެ. މި މޮޅާއެކު ސެމީ ފައިނަލުގައި އާރްޑީސީ ވާދަކުރާނީ ސްޓެލްކޯ އާއި މޯލްޑިވިއަން ބައްދަލުކުރި މެޗު ކާމިޔާބުކުރި މޯލްޑިވިއަންއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ ގައެވެ.