Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރޮނާލްޑޯ ރެކޯޑެއް ހެދިތާ ހަ ގަޑިއިރު ނުވަނީސް މެސީ ވެސް ރެކޯޑެއް ހަދައިފި

ރޮނާލްޑޯ ރެކޯޑެއް ހެދިތާ ހަ ގަޑިއިރު ނުވަނީސް މެސީ ވެސް ރެކޯޑެއް ހަދައިފި

އައިޝަތު އީމާން
283 ދުވަސް ކުރިން - 15 އޮކްޓޫބަރު 2025 14:15
ލިއޮނެލް މެސީ. އޭނާ ވަނީ ކެރިއަރުގައި މިހާތަނަށް 398 އެސިސްޓް ހަދާފައި.
ލިއޮނެލް މެސީ. އޭނާ ވަނީ ކެރިއަރުގައި މިހާތަނަށް 398 އެސިސްޓް ހަދާފައި.
ޚުލާސާ

ރަހުމަތްތެރި ކަމުގެ މެޗުގައި މެސީ ހެދި ދެ އެސިސްޓާ އެކު އޭނާ ވަނީ ގައުމީ ފުޓްބޯޅައިގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާގެ ރެކޯޑު ހަދާފަ.

ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ޕުއާޓޯ ރިކޯ ކޮޅަށް ހެދި ދެ އެސިސްޓާއެކު ގައުމީ ޓީމަކަށް އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާގެ ރެކޯޑު ލިއޮނެސް މެސީ މުގުރާލައިފި އެވެ.

މެޗުގައި ގޯލެއް ނުޖެހުނަސް ރޭގައި ހެދި ދެ އެސިސްޓާއެކު ގައުމީ ޓީމަށް އޭނާ ހެދި އެސިސްޓުގެ އަދަދު މިވަނީ 60 އަށް އަރާފަ އެވެ. މި ރެކޯޑު ކުރިން އޮތީ ބްރެޒިލްގެ ނޭމާ އަދި އެމެރިކާގެ ލަންޑޮން ޑޮނޮވަން އަތުގަ އެވެ.

އެ ނިމުނީ އެއް ނޫނެވެ. ކެރިއަރުގައި 400 އެސިސްޓް ހަދަން މެސީ ބޭނުންވަނީ ބާކީ ދެ އެސިސްޓެވެ. އަދި ފުޓްބޯޅަ ތާރީހުގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާ އަށް ވުމަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑު އަދަދަކަށް ހޯދި މެސީ އަށް ބޭނުންވަނީ ބަރާބަރު ހަތް އެސިސްޓެވެ. އެ މަގާމު މިވަގުތު އޮތީ ހަންގޭރީގެ ފުޓްބޯޅަ ލެޖެންޑު ފެރެންކް ޕުސްކަސް އަތުގަ އެވެ، އެއީ ޖުމްލަ 404 އެސިސްޓު ހަދައިގެންނެވެ.

Advertisement

Advertisement 1

އެމެރިކާގެ ފްލޮރިޑާގައި ރޭ ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި އާޖެންޓީނާ މޮޅުވެފައިވަނީ 0-6 ގެ ނަތީޖާއިންނެވެ. މި މެޗުގައި ގޯލުތައް ޖަހާފައިވަނީ މާޓިނޭޒް އަދި އެލިސްޓާ، މިއިން ކޮންމެ ކުޅުންތެރިއެއްގެ ދެ ގޯލު އިތުރުން މޮންޓިއެލްގެ އެއް ގޯލެވެ.

މެސީ އަށް އެންމެ ފަހުން ގައުމީ ޓީމަށް ގޯލެއް ޖެހިފައިވަނީ މީގެ އަހަރެއް ކުރިންނެވެ. އެއީ މިދިޔަ އަހަރު އޮކްޓޫބަރު މަހު، ވޯލްޑް ކަޕް ކޮލިފައިންގައި ބޮލީވިއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި މެސީ ވަނީ ހެޓް-ޓްރިކް ހަދާފަ އެވެ. މެސީ އަކީ ދުނިޔޭގެ ލަނޑު ލިސްޓުގައި ދެވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. މުޅި ޖުމްލަ 886 ގޯލު މެސީ ޖަހާފައިވާއިރު އޭނާގެ ވާދަވެރިޔާ، ރޮނާލްޑޯ ވަނީ 948 ގޯލު ޖަހާފަ އެވެ. ހަންގޭރީއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ދެ ގޯލު ޖަހައި ރޮނާލްޑޯ ވަނީ ވޯލްޑް ކަޕު ކޮލިފައިންގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފަ އެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު މި ދެކުޅުންތެރިންގެ މެދުގައި އަދިވެސް ވާދަވެރިކަން އެބައޮތެވެ. އުމުރުން 40 އަހަރަށް ވުރެ މަތީގައި ތިބި މި ދެކުޅުންތެރިންނަކީ އާދައިގެ ކުޅުންތެރިން ނޫންކަން އުމުރުން ވެސް އެބަ ސާބިތުކޮށްދެ އެވެ.

ސައުތު އެމެރިކާ ބައްރުގެ ވޯލްޑް ކަޕު ކޮލިފިކޭޝަންސްގެ މެޗުތައް ނިމިދިޔަ ސެޕްޓެމްބަރުގައި ނިމިފައިވާއިރު ގްރޫޕުގެ އެއްވަނަ ހޯދައިގެން އާޖެންޓީނާ ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. މި ގްރޫޕުގައި 10 ޓީމު ވާދަކުރާ އިރު ހަ ގައުމެއް ވޯލްޑް ކަޕުން ޖާގަ ލިބޭނެ އެވެ. އަދި ހަތް ވަނައަށް ދިޔަ ބޮލީވިއާ ޖެހޭނީ ކޮލިފިކޭޝަންގެ ދެވަނަ ބުރަށް ދާށެވެ.

ލިއޮނެލް މެސީއާޖެންޓީނާރެކޯޑްދުނިޔޭގެ ރެކޯޑްޕުއާޓޯ ރިކޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

6 ދުވަސް ކުރިން - 03:01

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

6 ދުވަސް ކުރިން - 13:12

އާޖެންޓީނާ ސަޕޯޓަރުން އިނގިރޭސި ދިދައަށް އިހާނެތިކޮށް ހިތި ވީޑިއޯތަކެއް އާންމުވެއްޖެ

އާޖެންޓީނާ ސަޕޯޓަރުން އިނގިރޭސި ދިދައަށް އިހާނެތިކޮށް ހިތި ވީޑިއޯތަކެއް އާންމުވެއްޖެ

9 ދުވަސް ކުރިން - 19:57

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

10 ދުވަސް ކުރިން - 02:25

މިސްރު މެޗުގެ ކޮރަޕްޝަން ފޮރުވަން ފީފާއިން އާޖެންޓީނާގެ މެޗަށް ޕޯޗުގަލްގެ ރެފްރީއަކު ހަމަޖައްސައިފި

ކޮރަޕްޝަން ފޮރުވަން ފީފާއިން އާޖެންޓީނާގެ މެޗަށް ޕޯޗުގަލްގެ ރެފްރީއަކު ހަމަޖައްސައިފި

15 ދުވަސް ކުރިން - 17:14

ފުޓުބޯޅަ އިން ވައްކަން ކޮށްފި: ފްރާންސްގެ ލެޖެންޑް ހެންރީ

ފުޓުބޯޅަ އިން ވައްކަން ކޮށްފި: ފްރާންސްގެ ލެޖެންޑް ހެންރީ

17 ދުވަސް ކުރިން - 20:16