ފެނަކަ ކޮޅަށް ލަނޑު ގޯންޏެއް އެމްޕީއެލް އިން އޮއްސާލައިފި

އައިޝަތު އީމާން | 11 ގަޑިއިރު ކުރިން - 17 އޮކްޓޯބަރު 2025 00:21
އެމްޕީއެލްގެ ކީޕަރު މެޗަށް ފަހު އުފާފާޅުކުރަނީ. - ފޮޓޯ: ސިޑިބަރި
އެމްޕީއެލްގެ ކީޕަރު މެޗަށް ފަހު އުފާފާޅުކުރަނީ. - ފޮޓޯ: ސިޑިބަރި
ޚުލާސާ

މި މެޗުގައި ޒީދަން ވަނީ ހެޓް-ޓްރިކެއް ހަދާފައި. ސެމީ ފައިނަލުގައި އެމްޕީއެލް ވާދަކުރާނީ އެސްޓީއޯއާ.

ކުލަބް މޯލްޑިވްސް ކަޕުގައި ފެނަކަ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައި އެމްޕީއެލް އިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

6-0 އިން އެމްޕީއެލް މޮޅުވި މި މެޗުގައި އެ ޓީމުގެ ޒީދާން ޒުހުރީ ވަނީ ހެޓް-ޓްރިކެއް ހަދާފަ އެވެ. ދެން ގޯލުތައް ޖަހާފައިވަނީ ސަމަން ދަޝަން، ޔަފާއު އަދި މީޝަމް އެވެ.

މި މެޗުގައި ފެނަކައިގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ ބޭރު ކުޅުންތެރިޔާ ސަމަން ދަޝަން އަށެވެ.

ސެމީ ފައިނަލުގައި އެމްޕީއެލް ބައްދަލުކުރާނީ އެސްޓީއޯއާ އެވެ. އެސްޓީއޯ އާއި އެމްޓީސީސީ ބައްދަލުކުރި މެޗު އެސްޓީއޯ ކާމިޔާބުކޮށްފައިވަނީ 2-3 ގެ ނަތީޖާއިންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%