Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރަށުން ބޭރުގައި ޕީއެސްޖީ އަތުން ސްޓްރާޒްބާގަށް ޕޮއިންޓެއް

ރަށުން ބޭރުގައި ޕީއެސްޖީ އަތުން ސްޓްރާޒްބާގަށް ޕޮއިންޓެއް

އައިޝަތު އީމާން
235 ދުވަސް ކުރިން - 18 އޮކްޓޫބަރު 2025 19:27
ޕީއެސްޖީގެ ޑުއޭރ އަތުން ބޯޅަ ހޯދުމަށް ސްޓްރާޒްބާގްގެ ދެ ކުޅުންތެރިން މަސައްކަތް ކުރަނީ. - ފޮޓޯ: ޕީއެސްޖީ
ޕީއެސްޖީގެ ޑުއޭރ އަތުން ބޯޅަ ހޯދުމަށް ސްޓްރާޒްބާގްގެ ދެ ކުޅުންތެރިން މަސައްކަތް ކުރަނީ. - ފޮޓޯ: ޕީއެސްޖީ
ޚުލާސާ

މި މެޗު ޕީއެސްޖީ އިން އެއްވަރު ކުރީ ސްޓްރާޒްބާގުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް. ތާވަލުގައި މިވަގުތު ޕީއެސްޖީ އެއްވަނައިގައި އޮތްއިރު ސްޓްރާޒްބާގް އޮތީ ދެވަނައިގައި.

ފުރާންސް ލީގުގައި އެންމެ ފަހުގެ ޔޫރަޕް ޗެމްޕިއަން ޕީއެސްޖީ އަތުން ރަށުން ބޭރުގައި 3-3 އިން އެއްވަރުކޮށް ސްޓްރަޒްބާގަށް ޕޮއިންޓެއް ލިބިއްޖެ އެވެ.

މި މެޗުގައި ފުރަތަމަ ގޯލު ޖަހާފައިވަނީ ޕީއެސްޖީ އިންނެވެ. މެޗުގެ ހަ ވަނަ މިނެޓުގައި ޖަހާފައިވަނީ ބަރކޯލާ އެވެ. އޭނާ މި ގޯލު ޖެހީ ޑުއޯރ އަށް ވަން-ޓޫ ހަދައިގެންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި ސްޓްރަޒްބާގް ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ގުއޭލާ ޑުއޭރ ނަގައިދިން ކްރޮހަކުން މި ގޯލު ޖަހާފައިވަނީ ފޯވާޑު، ޖޯކުއިން ޕަނިޗެއްލީ އެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ސާލްޒްބާގް އިން ވަނީ މެޗުގެ ލީޑު ނަގާފަ އެވެ. ޕީއެސްޖީ ގެ ޑިފެންސް ލައިނުން ހެދި ގޯސްތަކެއްގެ ބޭނުން ހިފައި މި ގޯލު ޖަހާފައިވަނީ 41 ވަނަ މިނެޓުގައި ވެލެންޓިން ބާކޯގެ އެހީތެރިކަމާއެކު ޑިއޭގޯ މޮރެއިރާ އެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ވަނީ ގޯލަށް ފޮނުވާލާފަ އެވެ. ދެ ވަނަ ހާފު ފަށައިގެން 49 ވަނަ މިނެޓުގައި ޕަނިޗެއްލީ ވަނީ އިތުރު ގޯލެއް ޖަހައި އެންމެ ފަހުގެ ޗެމްޕިއަން ހާސްކޮށްލާފަ އެވެ. މޮރެއިރާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ޖަހައިދިނީ ސްޓްރަޒްބާގްގެ ފުރަތަމަ ގޯލު ވެސް ޖެހި ފަނިޗެއްލާ އެވެ.

Advertisement

Advertisement 1

މެޗުގެ 56 ވަނަ މިނެޓުގައި ސްޓްރަޒްބާގުގެ ކީޕަރު، ޑުއޭރ އަށް އޭރިއާ ތެރެއުން ކުލި ފައުލަކާ ގުޅިގެން ޕީއެސްޖީ އަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ގޯލަށް ވައްދާލާފައިވަނީ ގޮންޒާލޯ ރާމޮސް އެވެ. އަދި ޕީއެސްޖީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ 79 ވަނަ މިނެޓުގައި މަޔޫލޫ އެވެ. އޭނާ ގޯލަށް ޖެހި ފުރަތަމަ ޝޮޓު ކީޕަރު މަތަކޮށް ރީބައުންސަށް ނުކުތުމުން ގޯލަށް ވައްދާލާފައިވަނީ ބޮލުންނެވެ.

މި ދެ ޓީމު އެންމެ ފަހުން ވާދަކުރި މެޗު 1-2 އިން ކާމިޔާބުކޮށްފައިވަނީ ސްޓްރަޒްބާގް އިންނެވެ. އެއީ މިއަހަރު މެއި މަހު ލީގުގަ އެވެ.

ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ 17 ޕޮއިންޓާއެކު އޮތްއިރު ސްޓްރާޒްބާގް ދެވަނައިގައި އޮތީ 16 ޕޮއިންޓާއެކު އެވެ. ތިން ވަނައިގައި އޮތް މާސޭ އަށާއި ހަތަރު ވަނައިގައި އޮތް ލިއްލޭ އަށް މިރޭގެ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އެބަ އޮތެވެ. މި ދެ ދެޓީމަށް ވެސް ލިބިފައިވަނީ 15 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރީގައި އޮތީ މާސޭ އެވެ.

ފްރާންސް ލީގު (ލީގު 1)ޕީއެސްޖީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

11 ދުވަސް ކުރިން - 00:00

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

11 ދުވަސް ކުރިން - 14:46

ވޯލްޑް ކަޕު ނުކުޅެވުނަސް ކްވަރަޓްސްކޭލިއާ އަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެބާ؟

ވޯލްޑް ކަޕު ނުކުޅެވުނަސް ކްވަރަޓްސްކޭލިއާ އަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެބާ؟

11 ދުވަސް ކުރިން - 14:11

ރެފްރީގެ ފުރިހަމަ ލޯތްބާއި ކުލުނާއެކު ޕީއެސްޖީން ޗެމްޕިއަންސް ލީގު ފައިނަލަށް

ރެފްރީގެ ފުރިހަމަ އެހީތެރިކަމާއެކު ޕީއެސްޖީ ފައިނަލަށް

35 ދުވަސް ކުރިން - 02:00

ގޯލްތަކުގެ އީދެއް: ބަޔާން ބަލިކޮށް ޕީއެސްޖީން ކުރި ހޯދައިފި

ގޯލްތަކުގެ އީދެއް: ބަޔާން ބަލިކޮށް ޕީއެސްޖީން ކުރިހޯދައިފި

42 ދުވަސް ކުރިން - 08:28

ލިވަޕޫލް ބަލިކޮށް ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި

ލިވަޕޫލް ބަލިކޮށް ޕީއެސްޖީން ސެމީ ފައިނަލަށް ދަތުރުކޮށްފި

56 ދުވަސް ކުރިން - 10:58