Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވޯލްޑް ކަޕު ނުކުޅެވުނަސް ކްވަރަޓްސްކޭލިއާ އަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެބާ؟

ވޯލްޑް ކަޕު ނުކުޅެވުނަސް ކްވަރަޓްސްކޭލިއާ އަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެބާ؟

ހުސައިން އިސްމާއިލް
48 ދުވަސް ކުރިން - 30 މެއި 2026 14:11
ޖޯޖިއާގެ އަދި ޕީއެސްޖީގެ ތަރި ހްވިޗާ ކްވަރަޓްސްކޭލިއާ---
ޖޯޖިއާގެ އަދި ޕީއެސްޖީގެ ތަރި ހްވިޗާ ކްވަރަޓްސްކޭލިއާ---
ޚުލާސާ

މާޒީއަށް ބަލާއިރު 2010 ވަނަ އަހަރު މެސީ އަދި 2014 ވަނަ އަހަރު ރޮނާލްޑޯ ވޯލްޑް ކަޕް ކާމިޔާބު ނުކުރި ނަމަވެސް ބެލޮންޑިއޯ ހޯދާފައިވޭ. މިރޭ އާސެނަލްއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗަކީ ކްވަރަޓްސްކޭލިއާގެ ބެލޮންޑިއޯ ހުވަފެން ހަގީގަތަކަށް ހެދުމަށް ލިބޭނެ އެންމެ ބޮޑު ފުރުސަތު.

މި އަހަރުގެ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، ޖޯޖިއާގެ ތަރި ހްވިޗާ ކްވަރަޓްސްކޭލިއާ އަކީ ބެލޮންޑިއޯ އެވޯޑަށް އެންމެ ހައްގުވެރި އެއް ކުޅުންތެރިޔާގެ ގޮތުގައި ފުޓްބޯޅައިގެ މާހިރުން ސިފަކުރަން ފަށައިފިއެވެ.

މިދިޔަ މަހު ބަޔާން މިއުނިކާއި ޕީއެސްޖީ ބައްދަލުކުރި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗުގެ ތެރެއިން، ފެލިކްސް ކްރޫސް ވަނީ ކްވަރަޓްސްކޭލިއާގެ ކުޅުމަށް ތައުރީފުކޮށް އޭނާއަށް ބެލޮންޑިއޯ ހައްގުވާކަމަށް ބުނެފައެވެ. ނަމަވެސް، ޓޯނީ ކްރޫސް ފާހަގަކުރި ގޮތުގައި އޮތް ހަމައެކަނި ހުރަހަކީ ކްވަރަޓްސްކޭލިއާގެ ގައުމު ވޯލްޑް ކަޕަށް ކޮލިފައިވެފައި ނުވުމެވެ. އާންމުގޮތެއްގައި ބެލޮންޑިއޯ ހޮވުމުގައި ވޯލްޑް ކަޕްގެ ނަތީޖާއަށް ވަރަށް ބޮޑަށް ބަލައެވެ.

އެހެންނަމަވެސް، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކްވަރަޓްސްކޭލިއާ ދައްކަމުންދާ ކުޅުމަކީ ދެބަސްވެވެން ނެތް ފަދަ މޮޅު ކުޅުމެކެވެ. މި ސީޒަނުގައި މިހާތަނަށް 16 ގޯލުގައި އޭނާ ވަނީ ސީދާ ގޮތުން ބައިވެރިވެފައެވެ. އޭގެ ތެރޭގައި އޭނާ އަމިއްލައަށް ޖެހި 10 ގޯލު ހިމެނޭއިރު، 7 ގޯލު ޖަހާފައިވަނީ ނޮކައުޓް މަރުހަލާގައެވެ.

Advertisement

Advertisement 1

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވަނީ ކްވަރަޓްސްކޭލިއާގެ ހުނަރަށްވުރެ ބޮޑަށް އޭނާގެ އަހްލާގާއި، ދަނޑުމަތީގައި ދައްކާ ހިތްވަރަށް ތައުރީފުކޮށްފައެވެ. އެންރީކޭ ބުނިގޮތުގައި ކްވަރަޓްސްކޭލިއާ އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ. ނަޕޯލީގައި ހުރިއިރު ޑިފެންސިވް ކުޅުމަށް މާ ބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް، ޕީއެސްޖީއާ ގުޅުނު ފަހުން އެންރީކޭގެ އިރުޝާދުގެ ދަށުން އޭނާ ވަނީ ފުރިހަމަ ކުޅުންތެރިއަކަށް ބަދަލުވެފައެވެ.

ކްވަރަޓްސްކޭލިއާގެ ކާމިޔާބީގައި އޭނާގެ ޓީމު ބައިވެރިޔާ އޮސްމާން ޑެމްބެލޭގެ ދައުރުވެސް ބޮޑެވެ. ޑެމްބެލޭ އަކީ މިދިޔަ އަހަރުގެ ބެލޮންޑިއޯ ކާމިޔާބުކުރި ކުޅުންތެރިޔާއަށް ވާއިރު، މި އަހަރުވެސް އޭނާ އެވޯޑަށް ވާދަކުރެއެވެ. ނަމަވެސް ތަފާސްހިސާބުތަކަށް ބަލާއިރު މި ސީޒަނުގައި ޕީއެސްޖީގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ކްވަރަޓްސްކޭލިއާއެވެ.

މިރޭ ހަންގޭރީގެ ބުޑަޕެސްޓްގައި އާސެނަލްއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗަކީ ކްވަރަޓްސްކޭލިއާގެ ބެލޮންޑިއޯ ހުވަފެން ހަގީގަތަކަށް ހެދުމަށް ލިބޭނެ އެންމެ ބޮޑު ފުރުސަތެވެ. މާޒީއަށް ބަލާއިރު 2010 ވަނަ އަހަރު މެސީ އަދި 2014 ވަނަ އަހަރު ކްރިސްޓިއާނޯ ރޮނާލްޑޯ ވޯލްޑް ކަޕް ކާމިޔާބު ނުކުރި ނަމަވެސް ބެލޮންޑިއޯ ހޯދާފައިވެއެވެ. އެހެންކަމުން، 'ކްވަރަޑޯނާ' ގެ ނަމުން މަޝްހޫރުވެފައިވާ މި ކުޅުންތެރިޔާ ފައިނަލްގައި ތަފާތު ދައްކައިފިނަމަ، ޓޯނީ ކްރޫސްގެ ބަސް ދޮގުކޮށް އޭނާއަށް އެވޯޑް ލިބުމުގެ ފުރުސަތު ބޮޑެވެ.

ހްވިޗާ ކްވަރަޓްސްކޭލިއާޕީއެސްޖީޖޯޖިއާބެލޮންޑިއޯ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

48 ދުވަސް ކުރިން - 00:00

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

48 ދުވަސް ކުރިން - 14:46

ރެފްރީގެ ފުރިހަމަ ލޯތްބާއި ކުލުނާއެކު ޕީއެސްޖީން ޗެމްޕިއަންސް ލީގު ފައިނަލަށް

ރެފްރީގެ ފުރިހަމަ އެހީތެރިކަމާއެކު ޕީއެސްޖީ ފައިނަލަށް

72 ދުވަސް ކުރިން - 02:00

ގޯލްތަކުގެ އީދެއް: ބަޔާން ބަލިކޮށް ޕީއެސްޖީން ކުރި ހޯދައިފި

ގޯލްތަކުގެ އީދެއް: ބަޔާން ބަލިކޮށް ޕީއެސްޖީން ކުރިހޯދައިފި

80 ދުވަސް ކުރިން - 08:28

ލިވަޕޫލް ބަލިކޮށް ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި

ލިވަޕޫލް ބަލިކޮށް ޕީއެސްޖީން ސެމީ ފައިނަލަށް ދަތުރުކޮށްފި

93 ދުވަސް ކުރިން - 10:58

ލިވަޕޫލުން ތަފާތު ބޮޑު ނަތީޖާއަކުން ގަލަޓަސަރާއީ ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

ބޮޑު ނަތީޖާއަކުން ގަލަޓަސަރާއީ ބަލިކޮށް ލިވަޕޫލުން ކުއާޓާއަށް

121 ދުވަސް ކުރިން - 05:30