ރޭގެ ދެ ގޯލާ ރޮނާލްޑޯ އަނެއްކާވެސް ރެކޯޑެއް މުގުރާލައިފި

އައިޝަތު އީމާން | 1 ދުވަސް ކުރިން - 15 އޮކްޓޯބަރު 2025 13:10
ހަންގޭރީއާ ދެކޮޅަށް ގޯލު ޖެހުމަށް ރޮނާލްޑޯ ސެލެބްރޭޓް ކުރަނީ. ކޮލިފައިންގައި އޭނާ ވަނީ 41 ގޯލު ޖަހާފައި.
ހަންގޭރީއާ ދެކޮޅަށް ގޯލު ޖެހުމަށް ރޮނާލްޑޯ ސެލެބްރޭޓް ކުރަނީ. ކޮލިފައިންގައި އޭނާ ވަނީ 41 ގޯލު ޖަހާފައި.
ޚުލާސާ

ހަންގޭރިއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ދެ ގޯލާއެކު އޭނާ މިވަނީ ވޯލްޑް ކަޕު ކޮލިފައިންގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ވެފައި.

ހަންގޭރީއާ ދެކޮޅަށް ރޮނާލްޑޯގެ ޖެހި ދެ ގޯލާއެކު ވޯލްޑް ކަޕު ކޮލިފައިންގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޭނާ ހޯދައިފި އެވެ.

ރޭގައި ކާމިޔާބުކުރި ދެ ގޯލާއެކު ވޯލްޑް ކަޕު ކޮލިފައިންގައި ރޮނާލްޑޯ ކާމިޔާބުކުރި ގޯލުގެ އަދަދު މިވަނީ 41 އަށް އަރާފަ އެވެ. ކުރިން މި ރެކޯޑު އޮތް ގުއަޓެމާލާގެ ކާލޮސް ރުއިޒް ޖަހާފައިވަނީ 39 ގޯލެވެ.

ދުނިޔޭގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް އޮތް ރޮނާލްޑޯގެ ލަނޑުގެ އަދަދު މިވަނީ 948 އަށް އަރާފަ އެވެ. 1،000 ގޯލު ހަމަކުރަން ދެން އޭނާ ބޭނުންވަނީ 52 ގޯލެވެ.

ކޮލިފައިންގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާއެކު މޮޅުވަމުން ދިޔަ ޕޯޗުގަލް ފަހު ހާފުގައި އޭނާ ފޭބުމުން ފަހު ވަގުތުގައި ހަންގޭރީން ގޯލު ޖަހައި ވަނީ އެއްވަރުކޮށްފައެވެ.

2-2 އިން އެއްވަރުވެފައިވާ މި މެޗުގެ ފުރަތަމަ ގޯލު އަށް ވަނަ މިނެޓުގައި ހަންގޭރީ އަށް ޖަހައިދިނީ ސަޒަސްލައި އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ސޮބޮސްލައި ނަގައިދިން ކްރޮހެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި ސެމެޑޯ ނަގައިދިން ކްރޮހަކުން ރޮނާލްޑޯ އެވެ. ފަހަތުން އަރައި ޕޯޗުގަލް މޮޅުވި ގޯލު ރޮނާލްޑޯގެ ކާމިޔާބުކުރީ 3+45 ވަނަ މިނެޓުގައި މެންޑެސް ނަގައިދިން ކްރޮހެއް ގޯލަށް ވައްދާލައިގެންނެވެ. ހަންގޭރީ އަށް މެޗު އެއްވަރު ކޮށްދިން ގޯލު ކާމިޔާބުކުރީ 1+90 މިނެޓުގައި ސޮބްސްލައި އެވެ. އެއީ ލޫކަސް ނަގައިދިން ކްރޮހެއްގެ ބޭނުން ހިފައިގެންނެވެ.

ގްރޫޕް އެފް ގެއެއްވަނާގައި އޮތީ ޕޯޗުގަލް އެވެ. 10 ޕޮއިންޓް ހޯދައިގެން ޕޯޗުގަލް އެއްވަނައިގައި އޮތްއިރު ފަސް ޕޮއިންޓާއެކު ދެވަނައިގައި އޮތީ ހަންގޭރީ އެވެ. ހަތަރު ޕޮއިންޓާއެކު އަޔަލެންޑް ތިން ވަނައުގައި އޮތްއިރު، ތިން ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ އަރްމޭނިއާ އެވެ

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%