ފަހަތުން އަރައި 2-3 ގެ ނަތީޖާއިން ރާއްޖޭގެ ފުޓްސަލްގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ އަޔާޒް ކުޅެމުން އަންނަ އެމްޓީސީސީ ބަލިކޮށް އެސްޓީއޯ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މި މެޗުގެ 13 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖަހާފައިވަނީ އެމްޓީސީސީ އިންނެވެ. މި ގޯލު ޖަހާފައިވަނީ ޖުމައިލް ޖަމީލެވެ. އޭގެ މިނެޓެއް ފަހުން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރާހިލް ރަޝީދު (ރާއްކޮ) ވަނީ ގޯލެއް ޖަހައި މެޗު އެއްވަރުކޮށްފަ އެވެ.
ދެވަނަ ހާފުގައި ސާމިން ވަނީ ގޯލެއް ޖަހައި އަނެއްކާވެސް އެމްޓީސީސީ އަށް ލީޑު ހޯދާފަ އެވެ. ނަމަވެސް އޭގެ މާ ގިނަ އިރުތަކެއް ނުވެ ބޭރު ކުޅުންތެރިޔާ ޚުދާދަދީ ވަނީ ކައިރި ކައިރީގައި ދެ ގޯލު ޖަހައި އެސްޓީއޯ އަށް ސެމީ ފައިނަލުން ޖާގަ ހޯދައި ދީފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އަނިޔާވެ އަޔާޒް ވަނީ ދަނޑުން ބާލާފަ އެވެ. ފަހު 10 މިނެޓު އޭނާ ކުޅެން އަރައި ކުޅެން މަސައްކަތް ކުރި ނަމަވެސް އަނިޔާގައި އިތުރަށް ނުކުޅެ އޭނާ ވަނީ އަނެއްކާ ވެސް ދަނޑުން ފައިބައިފަ އެވެ.
ސެމީ ފައިނަލުގައި އެސްޓީއޯ ވާދަކުރަން ޖެހޭނީ މިރޭ ފެނަކަ އަތުން 0-6 ގެ ނަތީޖާއިން މޮޅުވި އެމްޕީއެލްއާ އެވެ. ދެން ސެމީ އިން ޖާގަ ހޯދާފައިވަނީ އާރްޑީސީ އަދި މޯލްޑިވިއަން އެވެ. މި މެޗުތައް އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ ގައެވެ.






