Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިއީ އާދައިގެ ކަމެއް ނޫން! ރޮނާލްޑޯ އަދި މެސީ އާއެކު 21 ވަނަ ގަރުނުގެ ހެޓް-ޓްރިކް ލިސްޓުގެ ތިން ވަނައިގައި އަދިވެސް ދަނގަޑޭ

މިއީ އާދައިގެ ކަމެއް ނޫން! ރޮނާލްޑޯ އަދި މެސީ އާއެކު 21 ވަނަ ގަރުނުގެ ހެޓް-ޓްރިކް ލިސްޓުގެ ތިން ވަނައިގައި އަދިވެސް ދަނގަޑޭ

އައިޝަތު އީމާން
331 ދުވަސް ކުރިން - 13 އޮކްޓޫބަރު 2025 11:49
މި ލިސްޓުގެ ތިން ވަނައުގައި ދަނގަޑޭ އޮތީ 35 ހެޓްރިކް ހަދައިގެން - ފޮޓޯ: ޚުލާސާ ގްރެފިކްސް
މި ލިސްޓުގެ ތިން ވަނައުގައި ދަނގަޑޭ އޮތީ 35 ހެޓްރިކް ހަދައިގެން - ފޮޓޯ: ޚުލާސާ ގްރެފިކްސް
ޚުލާސާ

ދަނގަޑޭ މި ލިސްޓިގެ ތިން ވަނައިގައި އޮތީ ޖުމްލަ 35 ހެޓް-ޓްރިކް ހަދައިގެން. ދަނގަޑޭ ވައްޓާލުމުގެ ފުރުސަތު މިހާރު އޮތީ ޕޮލެންޑުގެ ލެވަންޑޮސްކީ އަތުގައި.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީގެ ފަހަތުގައި އަދިވެސް އެންމެ ގިނައިން ހެޓް-ޓްރިކް ހެދި ކުޅުންތެރިއެއްގެ ގޮތުގައި އޮތީ ދިވެހިރާއްޖޭގެ އެންމެ ގިނަ ބަޔެއްގެ ލޯބި ހޯދާފައިވާ އަދި މި ފަސްގަނޑުގައި އެފަދަ ދެވަނަ ފުޓްބޯޅަ ކުޅުންތެރިއެއް ނުވާ އަލީ އަޝްފާގް (ދަނގަޑޭ) އެވެ.

ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ފަހަތުން މިފަދަ ރެކޯޑެއް ދިވެހި ގައުމަށް ލިބުމަކީ އާދައިގެ ކަމެއް ނޫނެވެ. މި ގަރުނުގެ އެންމެ ގިނަ ހެޓް-ޓްރިކް ހެދި ތިން ވަނަ ކުޅުންތެރިއެއްގެ ގޮތުގައި ދަނގަޑޭގެ ނަން ވިދާލާފައި މިވަނީ ޖުމްލަ 35 ހެޓް-ޓްރިކް ހަދައިގެންނެވެ. ލިސްޓުގެ އެއްވަނައިގައި ރޮނާލްޑޯ 57 ހެޓް-ޓްރިކާ އެކު އޮތްއިރު ދެވަނައިގައި މެސީ އޮތީ 54 ހެޓް-ޓްރިކް ހަދައިގެންނެވެ. ދަނގަޑޭގެ ފަހަތުގައި ހަތަރު ވަނައިގައި އޮތީ ލެވަންޑޮސްކީ އެވެ. އެއީ 33 ހެޓް-ޓްރިކް ހަދައިގެންނެވެ.

މި ލިސްޓުގައި ގިނައިން ތިބީ މުޅިންވެސް ޔޫރަޕުގައި ކުޅެފައި ތިބި ކުޅުންތެރިންނެވެ. އަވަސް މުސްތަގުބަލެއްގައި ދަނގަޑޭގެ ތިން ވަނަ އަތުލެވޭނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ހަތަރު ވަނައިގައި އޮތް ލެވަންޑޮސްކީ ވަރަށް އަވަހަށް ކުލަބު ފުޓްބޯޅައިން ރިޓަޔަރ ކުރާނެ ކަމަށް ބެލެވެ އެވެ. އުމުރުން 37 އަހަރުގެ ފޯވާޑު މިހާރު ވަނީ ގައުމީ ޓީމުން ރިޓަޔަރ ކޮށްފަ އެވެ. އަދި ފަސް ވަނައިގައި އޮތް ސުއަރޭޒް އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ރިޓަޔަރ ކުރާނެކަން އޭނާ ވަނީ އިއުލާން ކޮށްފަ އެވެ. ސުއަރޭޒް ހަދާފައިވަނީ 30 ހެޓް-ޓްރިކެވެ.

Advertisement

Advertisement 1

ސައުތް އީސްޓް އޭޝިއާގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، ދަނގަޑޭ އަކީ ވަކި ފަރުދަކަށް ދިވެހީންގެ އެންމެ ބޮޑު ލޯތްބެއް ހޯދާފައިވާ ފަރާތެވެ. އޭނާ ވަނީ 2014 ވަނަ އަހަރު މި ރީޖަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ. އޭނާގެ ހުނަރާއި މޮޅު ކުޅުމުގެ ވާހަކަ އަދިވެސް ދިވެހިންގެ ދޫތަކުން ދައްކަ އެވެ. ދަނގަޑޭ ވަނީ ގައުމީ ޓީމަށް މުޅި ޖުމްލަ 98 މެޗު ކުޅެ 54 ގޯލު ޖަހާފަ އެވެ. އަދި ކުލަބު ކެރިއަރުގައި އޭނާ ވަނީ 461 މެޗަށް ވުރެ ގިނަ މެޗު ކުޅެ 417 ގޯލު ޖަހާފަ އެވެ.

2000 ގެ ކުރީކޮޅުގައި ދަނގަޑޭ އަށް ވަނީ ޔޫރަޕުގައި ޕޯޗުގަލްގެ ބެނެފީކާ އަށް ކުޅުމުގެ ފުރުސަތު ލިބިފަ އެވެ. ނަމަވެސް އަމިއްލަ ސަބަބުތަކާ ހުރެ ދަނގަޑޭ ވަނީ އެ ފުރުސަތު ނަގާލާފަ އެވެ. ނަމަވެސް 2007 ވަނަ އަހަރުގައި ދަނގަޑޭ ވަނީ ބުރުނާއީގެ ޑީޕީއެމްއެމް އަށް ކުޅެފަ އެވެ. އަދި 2014 ވަނަ އަހަރު އޭނާ ވަނީ މެލޭޝިއާގެ ޕީޑީއާރުއެމް އަށް ކުޅެފައެވެ. ދަނގަޑޭގެ ކެރިއަރުގައި އޭނާ ވަނީ މުޅި ޖުމްލަ 10 ކުލަބަކަށް ކުޅެފަ އެވެ. އެއީ ރާއްޖޭގެ އަށް ކުލަބެއްގެ އިތުރުން ބޭރުގެ ދެ ކުލަބަކަށެވެ. މިވަގުުތު ދަނގަޑޭ ކުޅެމުން އަންނަނީ ނިއުރޭޑިއަންޓަށެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯލިއޮނެލް މެސީއަލީ އަޝްފާގް (ދަގަނޑޭ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެސީ އަނެއްކާވެސް ބެލޮންޑިއޯގެ ނޮމިނޭޝަން ލިސްޓުން ޖާގަ ހޯދައިފި

މެސީ އަނެއްކާވެސް ބެލޮންޑިއޯގެ ނޮމިނޭޝަން ލިސްޓުން ޖާގަ ހޯދައިފި

6 ގަޑިއިރު ކުރިން - 12:35

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މެސީ ރަސްމީކޮށް އިއުލާންކޮށްފި

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މެސީ ރަސްމީކޮށް އިއުލާންކޮށްފި

8 ދުވަސް ކުރިން - 12:09

ވިދިވިދިގެން 25 ސީޒަނުގައި ލަނޑު ޖަހައި ރޮނާލްޑޯ ފުޓްބޯޅައިގެ އައު ރެކޯޑެއް މުގުރާލައިފި

ވިދިވިދިގެން 25 ސީޒަނުގައި ލަނޑު ޖަހައި ރޮނާލްޑޯ އައު ރެކޯޑެއް މުގުރާލައިފި

18 ދުވަސް ކުރިން - 09:36

މެސީގެ ބައްޕަ މަރުވީ ޗިސްމޭގެ ކެންސަރު ބަލީގައި: އާޖެންޓީނާ މީޑިއާ

މެސީގެ ބައްޕަ މަރުވީ ޗިސްމޭގެ ކެންސަރު ބަލީގައި: އާޖެންޓީނާ މީޑިއާ

31 ދުވަސް ކުރިން - 10:11

ކައިވެނީގެ ބޭރުން ފަސް ދަރިން ހޯދުމަށްފަހު ރޮނާލްޑޯ ފިރިއަކަށް ވަނީ

ކައިވެނީގެ ބޭރުން ފަސް ދަރިން ހޯދުމަށްފަހު ރޮނާލްޑޯ ފިރިއަކަށް ވަނީ

38 ދުވަސް ކުރިން - 18:01

މާޝާﷲ، ރޮނާލްޑޯ ޕެނަލްޓީ ޖެހީ ބިސްމީގެ ބަރަކާތުން: ދުނިޔޭގެ ސަމާލުކަން މިކަމަށް

މާޝާﷲ، ރޮނާލްޑޯ ޕެނަލްޓީ ޖެހީ ބިސްމީގެ ބަރަކާތުން: ދުނިޔޭގެ ސަމާލުކަން މިކަމަށް

68 ދުވަސް ކުރިން - 06:25