މިރެއަކީ މުސްލިމުންނަށް ނަސްރު ލިބުނު ރެއެކެވެ. އިޓަލީ އަތުން ބަލިވެ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ކަމަށްވާ ފީފާ ވޯލްޑު ކަޕަށް ކޮލިފައި ވުމުގެ ފުރުސަތު އަނިޔާވެރި ޔަހޫދީ ޖައްބާރު އިޒްރޭލަށް މިވަނީ ގެއްލިފަ އެވެ.
ވޯލްޑް ކަޕުގެ ކޮލިފައިންގައި ޔޫރަޕު ބައްރުގެ ގްރޫޕު އައި ގައި ހިމެނޭ އިޒްރޭލް މިރޭ ބަލިވެފައި މިވަނީ 0-3 ގެ ނަތީޖާއިންނެވެ. ވޯލްޑު ކަޕަށް ކޮލިފައި ވުމަށްޓަކައި އެ ގައުމަށް އުންމީދެއްވެސް ލިބެން އޮތީ މިރޭގެ މެޗާއި އަންނަ މަހި ލިތުއޭނިއާ އާއި ދެކޮޅަށް ކުޅޭ މެޗުން ވެސް މޮޅުވެގެންނެވެ. ނަމަވެސް މި ދެ މެޗުން މޮޅުވި ކަމުގައި ވިޔަސް ވޯލްޑު ކަޕަށް ކޮލިފައި ނުވާނެ އެވެ. ދެން އޮންނާނީ ދެވަނަ ބުރެވެ. ކޮލިފައިވާނީ ގްރޫޕް ސްޓޭޖުގެ އެއްވަނަ ހޯދާ ގައުމުތައް އެކަންޏެވެ.
މިރޭގެ މެޗުގައި އިޓަލީގެ ގޯލުތައް ޖަހާފައިވަނީ މަޓެއޯ ރެޓެގުއީ އާއި މަންޗިނީ އެވެ. ރެޓެގުއީ ދެ ގޯލު ޖަހާފައިވެ އެވެ. އެއީ 2+45 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގެ އިތުރުން 74 ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލެކެވެ. ދެން ގޯލު ޖަހާފައިވަނީ މަންޗިނީ އެވެ. އެއީ ފަހު މިނެޓުގަ އެވެ. މި މޮޅާއެކު އިޓަލީ މިވަނީ 15 ޕޮއިންޓު ލިބިފަ އެވެ. އެއްވަނައިގައި އޮތް ނޯވޭ އަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. އިޓަލީ އާއި ނޯވޭ އަށް އަދި ގްރޫޕް ސްޓޭޖުގެ ދެ މެޗު އެބައޮތެވެ. އެހެންކަމުން ގްރޫޕް އެއްވަނަ ހޯދުމުގެ ފުރުސަތު އިޓަލީ އަށް އެބައޮތެވެ.
ތާރީހުގައި ވެސް އިޒްރޭލަށް ވޯލްޑު ކަޕުން ޖާގަ ލިބުނީ 1970 ވަނަ އަހަރުގަ އެވެ. އެފަހަރު ގްރޫޕް ސްޓެޖުން އެ ގައުމު ވަނީ ކަޓާފަ އެވެ.