މި ސެންޓަރު ހުޅުވައިދެއްވީ، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޒް އަބްދުﷲ ސައުދާން އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު. ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރީގެ އިތުރުން އަދިވެސް މި ސެންޓަރުގައި އެކި ވަސީލަތްތައް ހިމެނޭ.
140 ދުވަސް ކުރިން - 20:02
އަމާނާތަކީ ހަމައެކަނި މުދާ ރައްކާކުރުން ނޫންކަމާއި، اللهގެ ހައްގުތަކާއި، ގުނަވަންތަކާއި، އަނބިދަރިންނާއި، ރައްޔިތުންގެ މުދަލަކީވެސް އަމާނާތްތަކެއްކަން ފާހަގަކުރި. އަދި އަމާނާތަށް ހިޔާނާތްތެރިވުމަކީ މުނާފިގުންގެ ސިފައެއްކަމާއި، އަމާނާތްތަކަށް ރައްކާތެރިވުމަކީ ސުވަރުގެ ލިބުމުގެ ސަބަބެއްކަމަށް ހުތުބާގައި ބަޔާންކޮށް، އެންމެހައި ކަންކަމުގައި އަމާނާތްތެރިވުމަށް ނަސޭހަތްތެރިވި.
140 ދުވަސް ކުރިން - 13:33
ހިޒްބުﷲ އިން ބުނީ އެ ޖަމާއަތުގެ މުޖާހިދުން ތިބީ ކޮންމެ ފަދަ އުދުވާނަކާ ކުރިމަތިލާންވެސް ވަރަށް ފަރުވާތެރިކަމާއެކު ތައްޔާރަށް ކަމަށް. ހިޒްބުﷲ އިން ބުނި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް އެއްބަސްވުމަކަށް އިސްރާއީލުން ދުވަހަކުވެސް އިހުތިރާމެއް ނުކުރޭ.
147 ދުވަސް ކުރިން - 21:46
މި ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުހެވިގެންދާނޭ މަތިވެރި ސުންނަތެއް. ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވަނީ އާޝޫރާ ދުވަހާއެކު އޭގެ ކުރީ ދުވަހު ނުވަތަ ފަހު ދުވަހު ރޯދަހިފުމަށް.
147 ދުވަސް ކުރިން - 13:30
ހިޖުރައިގެ އަސްލު މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮ މަގަށް ރުޖޫއަވުންކަން ބަޔާންކޮށް، ދީނަށްޓަކައި މުދަލާއި އާއިލާ ގުރުބާންކުރުމުގެ މުހިންމުކަން ފާހަގަކުރިއެވޭ. އަދި ކަންކަން ފުރިހަމައަށް ރޭވުމާއެކު މާތް ﷲ އަށް ވަކީލުކޮށް، ދަތި އުނދަގޫ ވަގުތުތަކުގައިވެސް އީމާންކަންމަތީ ސާބިތުވެ ތިބުމަށް ގޮވާލާފައިވޭ.
154 ދުވަސް ކުރިން - 13:05
މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ހުތުބާގައި ފާހަގަކުރި. ހަރުދަނާ އަހުލާގީ ޖީލެއް ބިނާކުރުމަށްޓަކައި މައިންބަފައިންނާއި، މުދައްރިސުންނާއި، ދީނީ އިލްމުވެރީންގެ އިތުރުން މުޖުތަމައުގެ ހުރިހާ މަސްއޫލުވެރިން އެކުގައި މަސައްކަތްކުރުމަށް ހުތުބާގައި ގޮވާލެއްވި.
161 ދުވަސް ކުރިން - 13:00
ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަނެ، އެ ތަކެތި ބޭނުންނުކޮށް އުކާލަންޖެހުމަކީ ދީނީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ނުރަނގަޅު އަމަލެއްކަން ހުތުބާގައި ފާހަގަކުރި. އަދި ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓުމުގައި އިގުތިސާދީ ވިސްނުން އިސްކުރުމަށް ގޮވާލެއްވި. މަޖުބޫރު ހާލަތެއް މެދުވެރިވެގެން މެނުވީ ދަރަނި ނެގުމުގެ އާދަ ދޫކޮށްލުމަށްވެސް އިލްތިމާސްކުރި.
168 ދުވަސް ކުރިން - 13:03
ކޮންމެ ގައުމަކުންވެސް ހަނދު ބެލުމުގައި އަމަލުކުރަނީ އެ ގައުމެއްގެ އަމިއްލަ އުސޫލުތަކާއި، ފަލަކީ ހިސާބުތަކާއި، ޖިއޮގްރަފީ ގޮތުން ހަނދު ފެންނަ މިންވަރަށް ބަލައިގެން.
170 ދުވަސް ކުރިން - 13:09
ހައްޖުވެރިން އަރަފާތަށް ދިއުމަށް ފުރަން ފަށާނީ ރާއްޖެ ގަޑިން މިރޭ 23:00 (ސައުދީ ގަޑިން މިރޭ 21:00)ގައި. މިރޭ ފަތިސްވުމުގެ ކުރިން ހައްޖުވެރިންނަށް އަރަފާތުގެ ބިމަށް ވަދެވޭނެ.
172 ދުވަސް ކުރިން - 21:40
މި ބިލު ފާސްކުރުމަށް ބާރުލިބުނު އެއް ސަބަބަކީ 2017 ވަނަ އަހަރު ބްރޫކްލިންގައި ހިނގި ބޮޑު މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން.
172 ދުވަސް ކުރިން - 15:20
ހުތުބާގައި ބަޔާންކުރި ގޮތުގައި، ހައްޖުގެ އަޅުކަމަކީ އިންސާނާގެ ދުންޔަވީ ހަޔާތުގެ ކުޑަކުޑަ ދަތުރެއްކަމަށް. އަދި އެއީ މާތް اللهގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމަށް ދެވޭ އަމަލީ ތަމްރީނެއް ކަމަށް.
175 ދުވަސް ކުރިން - 13:08
މި ދުވަސްތަކުގައި ތައުބާވުމާއި، ރޯދަހިފުމާއި، ޒިކުރުކުރުމާއި، ސަދަގާތްކުރުމާއި، އުޟުހިޔާ ކަތިލުމުގެ އިތުރުން ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށް ހުތުބާގައި ވަނީ އިރުޝާދު ދީފައި.
182 ދުވަސް ކުރިން - 13:03