ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ދުނިޔޭގައި ކުރާ ކޮންމެ ޢަމަލަކަށް މާތް اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެ. އަދާކުރާ ވަޒީފާއާއި މަސްއޫލިއްޔަތަކީ އަމާނާތެއް ކަމަށާއި، އަމިއްލަ ނަފުސަށް ލޯބިކުރާ ކަންތައް ތިމާގެ އަޚާއަށް ލިބުމަށް ލޯބިކޮށްފުމަށްދާންދެން މީހެއްގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށް ހުތުބާގައި ހަދާންކޮށްދިން.
87 ދުވަސް ކުރިން - 12:55
ސިހުރުވެރިންނަކީ ގޮށްތަކަށް ފުމެ، މަންތަރުތަކާއި އަކަތައް ބޭނުންކޮށްގެން މީހުންގެ ހަށިގަނޑަށާއި، ވިސްނުމާއި ހިތަށް ނުބައި އަސަރު ފޯރުވާ ބައެއްކަން ޚުޠުބާގައި ފާހަގަކުރި. ސިހުރު ހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ޝިރުކުގެ ޢަމަލެއްކަމަށާއި، ސިހުރު އުނގެނުމާއި އުނގަންނައިދިނުމަކީވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއްކަން ހުތުބާގައި ހަނދާންކޮށްދެއްވި.
94 ދުވަސް ކުރިން - 13:00
ގުރްއާނަކީ ހުރިހައި ހެޔޮކަމެއްގެ އަސްލުކަމާއި، އެ ފޮތުގެ އަކުރަކަށް ދިހަ ޘަވާބު ލިބޭނެކަން ހުތުބާގައި ފާހަގަކުރި. ގުރްއާން ކިޔަވާ މީހުންގެ ވަށައިގެން މަލާއިކަތުން ހާސިރުވެ، މާތް ﷲގެ ރަޙުމަތް އެބައިމީހުންނަށް މިންވަރުކުރައްވާނެ. މީގެއިތުރުން، ގުރްއާނަކީ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމުގެ އަސާސްކަމަށް ހަނދާންކޮށްދެއްވި.
101 ދުވަސް ކުރިން - 13:00
އިންސާނާގެ ފިތުރަތަކީ އަދުލުވެރިކަމާއި އިންސާފަށް ލޯބިކުރުން ކަމަށްވީ ހިނދު، ކޮރަޕްޝަނަކީ އިޖުތިމާއީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެއް ކަމަށާއި ރިޝްވަތު ދޭ މީހާއާއި ހިފާ މީހާއަށް މާތް ރަސޫލާ ﷺ ލައުނަތް ލައްވާފައިވާ ކަމަށް ހުތުބާގައި ހަނދާންކޮށްދެއްވި.
108 ދުވަސް ކުރިން - 14:29
މި ސެންޓަރު ހުޅުވައިދެއްވީ، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޒް އަބްދުﷲ ސައުދާން އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު. ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރީގެ އިތުރުން އަދިވެސް މި ސެންޓަރުގައި އެކި ވަސީލަތްތައް ހިމެނޭ.
114 ދުވަސް ކުރިން - 20:02
އަމާނާތަކީ ހަމައެކަނި މުދާ ރައްކާކުރުން ނޫންކަމާއި، اللهގެ ހައްގުތަކާއި، ގުނަވަންތަކާއި، އަނބިދަރިންނާއި، ރައްޔިތުންގެ މުދަލަކީވެސް އަމާނާތްތަކެއްކަން ފާހަގަކުރި. އަދި އަމާނާތަށް ހިޔާނާތްތެރިވުމަކީ މުނާފިގުންގެ ސިފައެއްކަމާއި، އަމާނާތްތަކަށް ރައްކާތެރިވުމަކީ ސުވަރުގެ ލިބުމުގެ ސަބަބެއްކަމަށް ހުތުބާގައި ބަޔާންކޮށް، އެންމެހައި ކަންކަމުގައި އަމާނާތްތެރިވުމަށް ނަސޭހަތްތެރިވި.
115 ދުވަސް ކުރިން - 13:33
ހިޒްބުﷲ އިން ބުނީ އެ ޖަމާއަތުގެ މުޖާހިދުން ތިބީ ކޮންމެ ފަދަ އުދުވާނަކާ ކުރިމަތިލާންވެސް ވަރަށް ފަރުވާތެރިކަމާއެކު ތައްޔާރަށް ކަމަށް. ހިޒްބުﷲ އިން ބުނި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް އެއްބަސްވުމަކަށް އިސްރާއީލުން ދުވަހަކުވެސް އިހުތިރާމެއް ނުކުރޭ.
121 ދުވަސް ކުރިން - 21:46
މި ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުހެވިގެންދާނޭ މަތިވެރި ސުންނަތެއް. ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވަނީ އާޝޫރާ ދުވަހާއެކު އޭގެ ކުރީ ދުވަހު ނުވަތަ ފަހު ދުވަހު ރޯދަހިފުމަށް.
122 ދުވަސް ކުރިން - 13:30
ހިޖުރައިގެ އަސްލު މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮ މަގަށް ރުޖޫއަވުންކަން ބަޔާންކޮށް، ދީނަށްޓަކައި މުދަލާއި އާއިލާ ގުރުބާންކުރުމުގެ މުހިންމުކަން ފާހަގަކުރިއެވޭ. އަދި ކަންކަން ފުރިހަމައަށް ރޭވުމާއެކު މާތް ﷲ އަށް ވަކީލުކޮށް، ދަތި އުނދަގޫ ވަގުތުތަކުގައިވެސް އީމާންކަންމަތީ ސާބިތުވެ ތިބުމަށް ގޮވާލާފައިވޭ.
129 ދުވަސް ކުރިން - 13:05
މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ހުތުބާގައި ފާހަގަކުރި. ހަރުދަނާ އަހުލާގީ ޖީލެއް ބިނާކުރުމަށްޓަކައި މައިންބަފައިންނާއި، މުދައްރިސުންނާއި، ދީނީ އިލްމުވެރީންގެ އިތުރުން މުޖުތަމައުގެ ހުރިހާ މަސްއޫލުވެރިން އެކުގައި މަސައްކަތްކުރުމަށް ހުތުބާގައި ގޮވާލެއްވި.
136 ދުވަސް ކުރިން - 13:00
ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަނެ، އެ ތަކެތި ބޭނުންނުކޮށް އުކާލަންޖެހުމަކީ ދީނީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ނުރަނގަޅު އަމަލެއްކަން ހުތުބާގައި ފާހަގަކުރި. އަދި ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓުމުގައި އިގުތިސާދީ ވިސްނުން އިސްކުރުމަށް ގޮވާލެއްވި. މަޖުބޫރު ހާލަތެއް މެދުވެރިވެގެން މެނުވީ ދަރަނި ނެގުމުގެ އާދަ ދޫކޮށްލުމަށްވެސް އިލްތިމާސްކުރި.
143 ދުވަސް ކުރިން - 13:03
ކޮންމެ ގައުމަކުންވެސް ހަނދު ބެލުމުގައި އަމަލުކުރަނީ އެ ގައުމެއްގެ އަމިއްލަ އުސޫލުތަކާއި، ފަލަކީ ހިސާބުތަކާއި، ޖިއޮގްރަފީ ގޮތުން ހަނދު ފެންނަ މިންވަރަށް ބަލައިގެން.
145 ދުވަސް ކުރިން - 13:09