Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

ހުސައިން އިސްމާއިލް
1 ގަޑިއިރު ކުރިން - 9 ސެޕްޓެންބަރު 2026 18:39
ގާތްގަނޑަކަށް 175 އަހަރު ވެފައިވާ ހިންދޫ ފައްޅި (ޝިވާ ޓެމްޕަލް) ގަންގާ ކޯރަށް ޣަރަޤުވާ މަންޒަރު.
ގާތްގަނޑަކަށް 175 އަހަރު ވެފައިވާ ހިންދޫ ފައްޅި (ޝިވާ ޓެމްޕަލް) ގަންގާ ކޯރަށް ޣަރަޤުވާ މަންޒަރު.
ޚުލާސާ

ގަންގާ ކޯރަށް ހިންދޫންގެ ފައްޅި އަރަގުވީ އިންސާނަކަށް އަދި އެއްވެސް މަހުލޫގަކަށް އެއްވެސް އެއްޗެއް ސަލާމަތް ނުކުރެވޭހާ ހަލުވިމިނުގަ. މިއީ މުސްލިމުންގެ ބާބަރީ މިސްކިތް ފަދަ މުޤައްދަސް ބިނާތައް ތަޅާލައި، މިސްކިތްތައް ހިސާރުކުރަމުންދާ ހަރުކަށި ހިންދޫންގެ ޤައުމުގައި ހިނގާދިޔަ ޢިބުރަތްތެރި ހާދިސާއެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުން.

އިންޑިއާގެ ވެސްޓް ބެންގާލްގެ މާލްޑާ ޑިސްޓްރިކްޓްގައި ހުރި، ގާތްގަނޑަކަށް 175 އަހަރު ވެފައިވާ ގަދީމީ ހިންދޫ ފައްޅި (ޝިވާ ޓެމްޕަލް)، ބަލަން ތިބި އެތައް ބައެއްގެ ކުރިމަތީގައި ސިކުންތުކޮޅެއްގެ ތެރޭގައި ގަންގާ ކޯރުގެ ތެރެއަށް ގަނބައިގަނެ، މުޅިން ޣަރަޤުވެއްޖެއެވެ. މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު ހިނގި މި ހާދިސާގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ. މިއީ މުސްލިމުންގެ ބާބަރީ މިސްކިތް ފަދަ މުޤައްދަސް ބިނާތައް ތަޅާލައި، މިސްކިތްތައް ހިސާރުކުރަމުންދާ ހަރުކަށި ހިންދޫންގެ ޤައުމުގައި ހިނގާދިޔަ ޢިބުރަތްތެރި ހާދިސާއެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ވެލިބަސްތާ ޖަހައިގެން އެތައް ހޭދައެއް ކުރުމުން ވެސް އިންޑިއާގެ ޝިވާ ޓެމްޕަލް ސަލާމަތެއް ނުކުރެވުނު - މިއީ ޢިބުރަތެއް.

Advertisement

Advertisement 1

މި ހާދިސާ ހިނގަން މެދުވެރިވީ އެ ސަރަޙައްދަށް ކުރި ވިއްސާރައިގައި ގަންގާ ކޯރުގެ ފެންގަނޑު އާދަޔާޚިލާފަށް ބޮޑުވެ، އޮއިވަރު ގަދަވުމުގެ ސަބަބުން ކޯރުގެ އައްސޭރިފަށް ވަރަށް ބޮޑަށް ގިރައިގެން ދިއުމާ ގުޅިގެންނެވެ. ފައްޅި ސަލާމަތްކުރުމަށްޓަކައި ހިންދޫން ވެލިބަސްތާ ޖަހައިގެން ކޯރުގެ އައްސޭރިފަށް ވަރުގަދަކުރަން ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް، ކޯރުގެ ބާރުގަދަ އޮއިވަރުގެ ކުރިމަތީގައި އެ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އަދި ފައްޅީގެ ބިންގާ އެއްކޮށް ކަނޑައިގެން ގޮސް، މުޅި ބިނާ އެއްކޮށް ފެނުގެ އަޑިއަށް ޣަރަޤުވެގެން ދިޔައީ އެއްވެސް އިންސާނަކަށް އަދި އެއްވެސް މަޚްލޫޤަކަށް ވެސް އެއްވެސް ކަމެއް ނުކުރެވޭހާ އަވަހަށެވެ.

ގާތްގަނޑަކަށް 175 އަހަރު ވެފައިވާ ހިންދޫ ފައްޅި (ޝިވާ ޓެމްޕަލް) ގަންގާ ކޯރަށް ޣަރަޤުވެއްޖެ.

އިންޑިއާގައި މިހާރަކަށް އައިސް މުސްލިމުންގެ ތާރީޚީ މިސްކިތްތައް ތަޅާލުމާއި، ކޯޓުތައް މެދުވެރިކޮށް މިސްކިތްތައް އަތުލައި ހިންދޫންގެ ފައްޅިތަކަށް ބަދަލުކުރުމުގެ އަމަލުތައް ހަރުކަށި ޖަމާޢަތްތަކުން ދަނީ އިތުރުކުރަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި، ހިންދޫންގެ އެންމެ މުޤައްދަސް ކޯރު ކަމަށްވާ ގަންގާ ކޯރުގެ ތެރެއަށް، އެމީހުންގެ ޒަމާންވީ ފައްޅިއެއް ކުޑަހިނދުކޮޅެއްގެ ތެރޭގައި ޣަރަޤުވެގެން ދިޔައީއެވެ.

ދީންއިންޑިއާ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ ޔުނިވާސިޓީ ހޮސްޓެލް އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 14:15

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުން ވެސް މަރުވެއްޖެ

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުންވެސް މަރުވެއްޖެ

7 ދުވަސް ކުރިން - 15:05

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

18 ދުވަސް ކުރިން - 18:55

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި: ސިޔާސީ އުސްލޫބަށް ބޮޑު ބަދަލެއް!

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި

18 ދުވަސް ކުރިން - 10:25

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

25 ދުވަސް ކުރިން - 13:46

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހުގެ 3 ވަނަ ދައުރަށް ބޮޑު އިސްލާހެއް!

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހަށް ބޮޑު އިސްލާހެއް!

25 ދުވަސް ކުރިން - 13:22