ޚުޠުބާގައި ޒިނޭގެ ނުރައްކާތެރިކަން ބަޔާންކޮށް، އޭގެ ސަބަބުން ކުރިމަތިވާ އިޖުތިމާޢީ އަދި ޞިއްޙީ ގެއްލުންތައް ފާހަގަކުރުމާއެކު، އިސްލާމްދީނުގައި ޒިނޭއަށް ކަނޑައެޅިފައިވާ އަދަބާއި، މާތްﷲ ގެ މަންހަޖަށް ތަބާވުމުގެ މުހިންމުކަން އިތުރަށް ބަޔާންކޮށްފައިވޭ.
738 ދުވަސް ކުރިން - 13:00
ޚުތުބާގައި ބުނީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް، އަދާކުރާ ވަޒީފާތަކާއި މަސްއޫލިއްޔަތުތަކަކީ އަމާނާތެއް ކަމަށާއި، ވަޒީފާ އަދާކުރުމުގައި ތެދުވެރިވެ، އިޚްލާޞްތެރިވާން ޖެހޭ ކަމަށް. އަދި ކަންކަން ކުރުމުގައި ރައްޔިތުންގެ ޙައްޤުތަކަށާއި ޤައުމީ މަޞްލަޙަތަށް އިސްކަންދޭން ޖެހޭ ކަމަށް ޚުތުބާގައި ވަނީ ބުނެފައި. އަދި ޤައުމުގެ ވަޙްދަތާއި ސިޔާދަތު ދެމެހެއްޓުމީ، އެންމެންގެ މަސްއޫލިއްޔަތެއް އަދި ވާޖިބެއް ކަމަށް ޚުތުބާގައި ބުނި.
752 ދުވަސް ކުރިން - 13:09
މި ކުލާސްތައް ކުރިއަށް ގެންދެވޭނީ އިސްލާމީ މަރުކަޒުގައި. މި ކުލާސްތައް ނަންގަވައިދެއްވާނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން،
757 ދުވަސް ކުރިން - 19:51
ހަސަދަވެރިކަމަކީ ތިމާއަށް ނުލިބި އަނެކާއަށް ލިބުނު ނިޢުމަތް ފިލައިދިއުމަށް އެދޭ އެދުމެވެ. ނުވަތަ ތިމާއަށް ލިބޭ ނިޢުމަތެއް އަނެކާއަށް ލިބުމަށް ނޭދުމެވެ. މިއީ އިސްލާމްދީން ނަހީކުރާމކަމެއް. ހަސަދަވެރިކަމުގެ ބަދަލުގައި އަޅުގަނޑުމެން އިޚްތިޔާރުކުރަންވީ ޣިބުޠާގެ ސިފަ. ޣިބުޠާއަކީ އެހެން މީހަކަށް ލިބިފައިވާ ނިޢުމަތެއް ފަދަ ނިޢުމަތެއް ތިމާއަށް ވެސް ލިބުމަށް އެދުން.
758 ދުވަސް ކުރިން - 13:33
ވައްކަމާއި މަގުފޭރުމާއި ޣީބަ ބުނުމާއި ދެންވެސް ހުރި ނުބައިކަންތަކަށް އަޅުގަނޑުމެން ފުރަގަސްދޭންވާނެއެވެ. ﷲ އަމުރު ކުރައްވަނީ ހެޔޮކަންތަކަށް އަމުރު ކުރުމަށެވެ. ކާމިޔާބު ލިބޭނީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތަކުން ދުރުހެލިވާ މީހުންނަށެވެ.
758 ދުވަސް ކުރިން - 12:47
ޚުތުބާގައި ބުނީ ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ މީސްތަކުންނަށް އެންމެ މަންފާކުރަނިވި މީހާ ކަމަށާއި އަދި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، މުއުމިނެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުން ކަމަށް. ޚުތުބާގައި ބުނީ މިކަމުގައި އެންމެ އިސްކަން ދޭން ޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށް ކަމަށް. ދެން ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށް ކަމަށް.
759 ދުވަސް ކުރިން - 13:11
މިއަދުގެ ހުކުރު ޚުޠުބާގައި އިރުޝާދު ދިނީ ސަލާމާއި ޞަލަވާތް ލެއްވި އައްޔޫބުގެފާނުގެ ހަޔާތްޕުޅުން އިބުރަތް ލިބިގަތުމަށެވެ. އައްޔޫބުގެފާނުގެ ވާހަކައިން އަހަރެމެންނަށް ލިބޭ އެންމެ މުހިންމު ފިލާވަޅަކީ މުސީބާތުގައި ކެތްތެރިވެ، ދުޢާކުރުމާއި، ކުޅަދާނަވީ މިންވަރަކުން އަޅުކަމުގައި ދެމިހުރުމަށެވެ.
766 ދުވަސް ކުރިން - 13:54
މިއަދަކީ މިފަހުގެ ތާރީޚުގައި މާލެ ސަރަޙައްދުގައި އެންމެ ގިނަ ޒުވާން ޚަތީބުން އިމާމުވެ ހުކުރު ކުރި ދުވަސް މިނިސްޓަރ ޝަހީމް ވިދާޅުވެއްޖެ. މިނިސްޓަރ ވިދާޅުވީ މި ހުރިހާ ކުދިންނަކީވެސް ޒުވާން ޚަތީބު ޕްރޮގްރާމުން ތަމްރީނު ހޯދައި ސަނަދު ޙާސިލްކުރި ކުދިން ކަމަށް.
773 ދުވަސް ކުރިން - 14:53
ޚުތުބާގައި ބުނީ މަރުވުމުގެކުރިން ތައުބާ ނުވާނަމަ الله سبحانه وتعالى ނުފުއްސަވާނެކަމަށް އަންގަވައިފައިވާ ހަމައެކަނި ފާފައަކީ އެކަލާނގެއަށް ޝަރީކުކުރުން ކަމަށް. މީހަކު ކުރާ ޢަމަލެއްގައި ޝަރީކުކުރުމާއި، ކަންދެއްކުމާއި، އަދި އެނޫން ވެސް އެފަދަ އެހެން ކަންތައް ވާ ނަމަ އެ ޢަމަލެއް الله سبحانه وتعالى ޤަބޫލުނުކުރައްވާނޭކަމަށް.
773 ދުވަސް ކުރިން - 13:09
މި މުބާރާތުގެ މަޤްޞަދަކީ ޖަލާލުއްދީން ސްކޫލް ދަރިވަރުންގެ ތެރެއިން މަދަޙަ ކިޔުމާއި، ބަންގި ގޮވުމާއި، ދީނީ ވާހަކަ ހުށައަޅައިދިނުމުގެ ހުނަރުތައް ލިބިފައިވާ ދަރިވަރުން ދެނެގަތުމާއި، އެދަރިވަރުންގެ އެހުނަރުތައް ތަރައްޤީ ކުރުމުވުމާއި ހުނަރު ދެއްކުމުގެ ފުރުޞަތު ފަހިކޮށްދިނުން
775 ދުވަސް ކުރިން - 20:51
މި އިމްތިހާނުގެ މަޤްޞަދަކީ މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުވުމަށް ޚަޠީބުންގެ ދަފްތަރެއް އެކުލަވާލުމަށާއި ޚަޠީބުންގެ ފެންވަރު ވަޒަންކޮށް، އެންމެ ޤާބިލު ފަރާތްތައް ހޮވުން ކަމަށް ވުޒާރާއިން ވަނީ ބުނެފައި.
776 ދުވަސް ކުރިން - 00:24
މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު، ރޭގަނޑު 8:00 އިން 9:00 އަށް.
777 ދުވަސް ކުރިން - 00:32