
ދީނީ ހުނަރު 2024 ގެ ނަމުގައި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގައި ގައި މުބާރާތެއް ބާއްވައިފިއެވެ.
މި މުބާރާތުގެ މަޤްޞަދަކީ ޖަލާލުއްދީން ސްކޫލް ދަރިވަރުންގެ ތެރެއިން މަދަޙަ ކިޔުމާއި، ބަންގި ގޮވުމާއި، ދީނީ ވާހަކަ ހުށައަޅައިދިނުމުގެ ހުނަރުތައް ލިބިފައިވާ ދަރިވަރުން ދެނެގަތުމާއި، އެދަރިވަރުންގެ އެހުނަރުތައް ތަރައްޤީ ކުރުމުވުމާއި ހުނަރު ދެއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
އަދި މިނޫނަސް ދަރިވަރުންގެ ހިތްތަކުގައި ދީނާއި ގުޅުންހުރި މިފަދަ ހުނަރުތަކަށް ލޯބި ޖައްސުވައި، ވާދަވެރިކަމާއެކު އެއް ރޫޙެއްގައި މަސައްކަތްކުރުމުގެ ހުނަރު އިތުރުކުރުންކަމަށް ޚުލާސާ ނޫހަށް އެކަން އިންތިޒާމުކުރި ފަރާތުން މަޢްލޫމާތު ދީފައިވެއެވެ.
މިއީ ޖަލާލުއްދީން ސްކޫލުގެ ހަތަރު ހައުސްގެ މެދުގައި، މުޅިން އަލަށް ބޭއްވުނު މުބާރާތެކެވެ.
މި މުބާރާތުގައި ދަރިވަރުންގެ މަދަޙަ ކިޔުމާއި، ބަންގި ގޮވުމާއި ދީނީ ވާހަކަ ހުށައަޅައިދިނުމުގެ ހުނަރުތައް ދައްކުވައިދީފައިވެއެވެ. މިއީ ސްކޫލްގެ ހުރިހާ ގްރޭޑްތަކެއްގެ ކުދިންނަށްވެސް ބައިވެރި ވެވޭނެހެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.
މި މުބާރާތުގެ ހުށަހެޅުންތައް އިންޞާފްކޮށްދެއްވުމަށް އިސްލާމީ މަރުކަޒުގެ އިމާމު އައްޝައިޚް އިބްރާހީމްރަޝީދު ޙަސަން ވަޑައިގެންފައިވެއެވެ.
މިމުބާރާތް ކުރިއަށް ގެންދެވިފަައިވަނީ 2024 އޯގަސްޓް 24،25،26 މިތިން ދުވަހުގެ މުދަތަށް ޖަލާލުއްދީން ސްކޫލުގައެވެ.

2024 އޯގަސްޓް 24،25،26 އަށް ޖަލާލުއްދީން ސްކޫލުގައި ބޭއްވި މުބާރާތުގެ ޖަޖުންގެ ޕެނަލް

2024 އޯގަސްޓް 24،25،26 އަށް ޖަލާލުއްދީން ސްކޫލުގައި ބޭއްވި މުބާރާތުގެ ތެރެއިން: ފޮޓޯ/ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް



