ދެމަފިރިން އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމާއި، ކެތްތެރިވުމާއި، އެކަކު އަނެކަކަށް އޯގާތެރިވުމަކީ ވަރަށް މުހިންމު ކަމެއް. އަދި މައްސަލަތައް ހައްލުކުރުމުގައި އަބަދުވެސް މާތްﷲގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރަންވާނެ.
780 ދުވަސް ކުރިން - 20:21
ޝެއިޚް ޒައިދު ވިދާޅުވީ ޚުތުބާ ކިތަންމެ މޮޅަސް، ޚުތުބާ ފަރިތަނުކޮށް އައިސް ފަށަ ފަށައިގެން ޖުމްލަ ކިޔުމަކީ އަޑު އަހަން ތިބޭ ބައެއްގެ ޝައުޤުވެރިކަން ގެއްލި ޚުތުބާގެ އަސަރު ކެނޑި، ދޭން ބޭނުންވާ މެސެޖު ފެއިލްވާ ކަމެއް ކަމަށް. މިކަމަށް ރައްދު ދެއްވާ ޝަހީމް ވިދާޅުވީ ޚުތުބާ ކިޔުއްވާ ބޭފުޅުންގެ ލިސްޓު އަންނަ ޙަފްތާގައި މުރާޖަޢާކުރާނެ ކަމަށް.
780 ދުވަސް ކުރިން - 15:43
ޚުތުބާގައި ބުނީ ފާފައިގެ ސަބަބުން އަހަރެމެންނަށް ވޭން ލިބޭ ކަމަށާއި ކުށްތަކުން އަހަރެމެން ސަލާމަތްވެގެން ނުވާ ކަމަށް. އަދި ކުރިޔަށް އޮތްތަނުގައި ވެސް މުޅިން ސަލާމަތެއް ނުމެވާނެ ނަމަވެސް ހިތާމައަކީ، ފާފަތަކުގެ ނާޖާއިޒު ފައިދާ ހޯދުމުގެ ފުރުޞަތު ޝައިޠާނާއަށް ދެވޭކަން ކަމަށް ޚުތުބާގައި ބުނި. ޚުތުބާގައި ބުނީ އިންސާނުންނަކީ، ކުށަށް ހުށަހެޅިފައިވާ ބައެއް ކަމަށާއި، އިޚުލާޞްތެރިކަމާއެކު ފާފަފުއްސެވުމަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވީމާ ފާފަފުއްސަވާނެ ކަމަށް.
780 ދުވަސް ކުރިން - 13:55
އިސްތިޣުފާރުކުރުން ދިރިއުޅުމުގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނުމަކީ، އަޅުގަނޑުމެންގެ ދިރިއުޅުމަށް ނުހަނު ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއް އަދި ފާތައް ފުއްސެވުމަށް މަގުފަހިވާނެ ދޮރެއް.
785 ދުވަސް ކުރިން - 16:33
މެދުމިނުގެ ކާނާއެއް ކަމަށްވާ ކަދުރު ދުނިޔޭގައި ފުރަތަމަ ހެދުނީ އާދަމް ޢަލައިހިއްސަލާމްގެ މަށިކޮޅުން ބާކީވި ބައިން (ތަފްސީރު ރޫޙުލް ބަޔާން، ވޮލިއުމް 7، ސަފުހާ 393؛ ޚުލާސާ)
786 ދުވަސް ކުރިން - 11:09
ދަތި އުނދަގޫ ޙާލަތްތަކާ ކުރިމަތިލާންޖެހޭ ވަގުތުތަކުގައި، ހިތްވަރާއި ޢަޒުމު ވަރުގަދަކޮށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ފުރިހަމައަށް ތަވައްކުލުކުރުމާއެކު، އީމާންކަމުގައި ސާބިތުވެ ހުރުމަކީ އެންމެ މުހިންމު އެއް ކަންތައް. މިކަމުގެ ސަބަބުން، އަޅުގަނޑުމެންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލެވި، އެ ޙާލަތްތަކުން އަރައިގަތުމުގެ ހިތްވަރު ލިބިގެންދާނެ
786 ދުވަސް ކުރިން - 11:07
އަޅުތަކުން އިމްތިޙާނު ކުރައްވަން އެމީހުން ބޭނުން ނުވާ ހިނދު، ﷲ ސުބުޙާނަހޫ ވަތަޢާލާ އެދިވޮޑިގަންނަވަނީ އަޅުތަކުންގެ ކަންކަން ފަސޭހަކަމާއެކު ހިނގުމަށް
790 ދުވަސް ކުރިން - 02:04
މާތްވެގެންވާ ﷲ ގެ ޙަޟްރަތުގައި އެންމެ މަތިވެރި އަދި އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަމަކީ ތައުބާވުމެވެ. "ހަމަކަށަވަރުން، ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، އަޅުތަކުންނަށް ނުހަނު އޯގާވަންތަ އަދި ފަރިތަ ރަޙްމަތްލެއްވުން ބޮޑުވެގެންވާ ރަސްކަލާނގެއެވެ." (އަލްފުރުޤާން: 70)
791 ދުވަސް ކުރިން - 20:37
އިސްލާމްދީނުގައި ރޭޕް ހުއްޓުވުމަށާއި، އޭގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިވުމަށް މުޖުތަމަޢުގެ މައްޗަށް ލާޒިމްކުރޭ.
793 ދުވަސް ކުރިން - 14:02
ދިރިއުޅުމެގެ ހީރޯއަކީ މަންމައެވެ. އިސްލާމްދީނުގައި މަންމައަށް ދެއްވާފައިވަނީ ވަރަށް މަތީ ދަރަޖައެކެވެ. މައިންނަށް ހެޔޮކޮށް ހިތުމާއި މައިން ހިތުގައި ނުޖެއްސުމަށް މުސްލިމުނަށް ޤުރުއާނުންނާއި ރަސޫލާގެ ހަދީސް އިން ސާބިތުވެއެވެ.
796 ދުވަސް ކުރިން - 14:36
ގިނަގިނައިން ލަޢުނަތް ދިނުމާއި ފިރިމީހާއާމެދު ޝުކުރުވެރިނުވުން ފަދަ ސުލޫކުތަކުގެ ސަބަބުން ނަރަކައިގެ ގިނަ އަހުލުވެރިންނަކީ އަންހެނުންކަން ޙަދީޘްތަކުގައި އަލިއަޅުވާލާފައިވެއެވެ. އަންހެނުންނަށް ނަސޭހަތްތެރިވަނީ ހެޔޮ ޢަމަލުތަކާއި މަނާ ޢަމަލުތަކުން ދުރުހެލިވުމަށެވެ.
801 ދުވަސް ކުރިން - 06:19
ތަހައްޖުދަކީ މުސްލިމުންނަށް ބަރަކާތުންފުރިގެންވާ ނަމާދެކެވެ. އެއީ އިންސާނާއާއި މާތްﷲ އާ ދެމެދު ގުޅުން ބަދަހިކޮށްދޭ ނަމާދެކެވެ. އަދި އެހެންމެ ދިރިއުޅުމުގައި ދިމާވާ އެތަކަމެއްގެ ހައްލެވެ.
801 ދުވަސް ކުރިން - 05:01