Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނަރަކައިގައި ފިރިހެނުންނަށްވުރެ އަންހެނުން ގިނައީ ކީއްވެ؟

ނަރަކައިގައި ފިރިހެނުންނަށްވުރެ އަންހެނުން ގިނައީ ކީއްވެ؟

އައިޝަތު ރުވާ ރިފްޢަތު
749 ދުވަސް ކުރިން - 10 އޯގަސްޓް 2024 06:19
ނަރަކައިގައި ފިރިހެނުންނަށްވުރެ އަންހެނުން ގިނައީ ކީއްވެ؟
ޚުލާސާ

ގިނަގިނައިން ލަޢުނަތް ދިނުމާއި ފިރިމީހާއާމެދު ޝުކުރުވެރިނުވުން ފަދަ ސުލޫކުތަކުގެ ސަބަބުން ނަރަކައިގެ ގިނަ އަހުލުވެރިންނަކީ އަންހެނުންކަން ޙަދީޘްތަކުގައި އަލިއަޅުވާލާފައިވެއެވެ. އަންހެނުންނަށް ނަސޭހަތްތެރިވަނީ ހެޔޮ ޢަމަލުތަކާއި މަނާ ޢަމަލުތަކުން ދުރުހެލިވުމަށެވެ.

"ގިނަގިނައިން ލަޢުނަތް ދިނުމާއި ފިރިންނަށް ޝުކުރުވެރިނުވުން ފަދަ ސުލޫކުތަކުގެ ސަބަބުން ނަރަކައިގެ ގިނަ އަހުލުވެރިންނަކީ އަންހެނުންކަން ކީރިތި ރަސޫލާ އެކަލާންގެ ހަދީސްތަކުން ރިޢާއަތްކުރައްވާފައިވެއެވެ. އެ ޙަދީޘްގައި ބާރުއަޅާފައިވަނީ ސާބިތު އަޅުކަންކުރުމާއި، ފާފައިން ދުރުހެލިވުމާއި، ނަރަކައިން ދުރުހެލިވުމަށް ހެޔޮ ޢަމަލުތައް ކުރުމުގެ މުހިންމުކަމެވެ. އަންހެނުންނަށް ބާރުއަޅަނީ ކުރީގެ އަންހެން ޞަޙާބީންގެ ނަމޫނާއަށް ތަބާވެ، الله ގެ ރަޙްމަތްފުޅު އެދުމަށެވެ.

ނަރަކައިގެ އަހުލުވެރިންގެ ގިނަ މީހުންނަކީ އަންހެނުންކަމަށް ބުނާ ޙަދީޘް:

Advertisement

Advertisement 1

ނަބިއްޔާ ﷺ ގެ އަރިހުން ރިވާވެގެންވާ ގޮތުގައި ނަރަކައިގެ އަހުލުވެރިންގެ ގިނަ މީހުންނަކީ އަންހެނުންކަމުގައި ވެއެވެ. ޢިމްރާން ބިން ޙުޞައިން ގެ ކިބައިން ރިވާވެގެންވާ ގޮތުގައި ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: "ތިމަން ނަބިއްޔާ ސުވަރުގެއަށް ބެއްލެވީމެވެ. އެތާނގެ އަހުލުވެރިންގެ ގިނަ މީހުންނަކީ ފަޤީރުންކަން ދެކުނީމެވެ. އަދި ނަރަކައަށް ބެއްލެވީމެވެ. އެތާނގެ އަހުލުވެރިންގެ ގިނަ މީހުންނަކީ އަންހެނުންކަން ދެކުނީމެވެ." (އަލް-ބުޚާރީ، 3241 އަދި މުސްލިމް، 2737 ގައި ރިވާކުރައްވާފައިވެއެވެ).

އަބޫ ސަޢީދު އަލްޚުދުރީ (ރަޟިޔަﷲ ޢަންހު) ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ:

ﷲގެ ރަސޫލާ ﷺ އަޟްޙާ ނުވަތަ ފިޠުރު ޢީދުގައި ނަމާދުކުރާ ތަނަށް ނިކުމެވަޑައިގަތެވެ. އަދި އަންހެނުންގެ ކައިރިން ހިނގާވަޑައިގަތެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ: "އޭ އަންހެނުންގެ ޖަމާޢަތެވެ! ޞަދަޤާތްކުރާށެވެ. އެހެނީ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ދެއްކެވުނީ ނަރަކައިގެ އަހުލުވެރިންގެ ގިނަ ބަޔަކު ކަމުގައެވެ".

އެބައިމީހުން ދެންނެވިއެވެ: "އޭ ﷲގެ ރަސޫލާއެވެ! އެއީ ކީއްވެގެންތޯއެވެ؟"

އެކަލޭގެފާނު ވިދާޅުވިއެވެ: "ތިޔަބައިމީހުން ގިނަގިނައިން ލަޢުނަތްކިޔައެވެ. އަދި ފިރިމީހާއަށް ކުފުރުވެރިވެއެވެ. ބުއްދިއާއި ދީނުގައި އުނިކަން ހުރެ، އަދި ބުއްދިއާއި ވިސްނުން ހުރި މީހުންނަށް ތިޔަބައިމީހުންނަށްވުރެ ބޮޑަށް އުނދަގޫވާ ބަޔަކު ތިމަންކަލޭގެފާނަކަށް ނުފެނެއެވެ".

އެބައިމީހުން ދެންނެވިއެވެ: "އޭ ﷲގެ ރަސޫލާއެވެ! އަޅުގަނޑުމެންގެ ދީނާއި ބުއްދީގައި ފުރިހަމަވަނީ ނުވަނީކޮން ކަމެއްތޯއެވެ؟"

އެކަލޭގެފާނު ވިދާޅުވިއެވެ: "އަންހެނެއްގެ ހެކިބަސް ފިރިހެނެއްގެ ހެކިބަހުގެ ދެބައިކުޅަ އެއްބައި ނޫންހެއްޔެވެ؟"

އެބައިމީހުން ދެންނެވިއެވެ: "އާނއެކެވެ."

އެކަލޭގެފާނު ވިދާޅުވިއެވެ: "އެއީ އޭނާގެ ބުއްދީގެ ފުރިހަމަނޫންކަމުގެ ތެރެއިންނެވެ. އަދި އޭނާ ޙައިޟުވެއްޖެނަމަ ނަމާދެއް ނުކުރެއެވެ. އަދި ރޯދައެއްވެސް ނުހިފައެވެ. އެހެން ނޫންހެއްޔެވެ؟"

އެބައިމީހުން ދެންނެވިއެވެ: "އާނއެކެވެ"

އެކަލޭގެފާނު ވިދާޅުވިއެވެ: "އެއީ އޭނާގެ ދީނުގެ ފުރިހަމަނޫންކަމުގެ ތެރެއިންނެވެ".

އެހެން ހަދީސް އަކަށް ބާލާއިރު:

ޖާބިރު ބިން އަބްދުﷲ (ރަޟިޔަﷲ އަންހު) ވިދާޅުވިއެވެ: "އަހަރެން ރަސޫލުﷲ (ޞައްލަﷲ އަލައިހި ވަސައްލަމަ) އާއެކު ޢީދު ނަމާދުގައި ބައިވެރިވީމެވެ. އެކަލޭގެފާނު ފެއްޓެވީ ޚުޠުބާގެ ކުރިން ނަމާދުންނެވެ. އަޛާނެއް އަދި އިޤާމަތެއް ނެތިއެވެ. އެއަށްފަހު އެކަލޭގެފާނު ތެދުވެވަޑައިގެން، ބިލާލުގެފާނުގެ (ރަޟިޔަﷲ އަންހު) މައްޗަށް ބުރަވެވަޑައިގެން، ﷲ އަށް ތަޤުވާވެރިވުމާއި އެކަލާނގެއަށް ކިޔަމަންތެރިވުމަށް އަހުރެމެންނަށް ބާރުއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ. އެކަލޭގެފާނު މީސްތަކުންނަށް ވަޢުޡު ކުރައްވައި ހަނދާންކޮށްދެއްވިއެވެ. ދެން އެކަލޭގެފާނު އަންހެނުންގެ ގާތަށް ވަޑައިގެން އެބައިމީހުންނަށް ވަޢުޡު ކުރައްވައި ހަނދާންކޮށްދެއްވިއެވެ. އެއަށްފަހު އެކަލޭގެފާނު ވިދާޅުވިއެވެ: 'ޞަދަޤާތްކުރާށެވެ. އެހެނީ ތިޔަބައިމީހުންނަކީ ނަރަކައިގެ ގިނަ ދަރުތުރުވެރިންނެވެ.' އެހިނދު، އަންހެނުންގެ ތެރެއިން ކަޅު ކޯތާފަތުގެ އަންހެނަކު ތެދުވެ ބުންޏެވެ: 'އޭ ﷲގެ ރަސޫލާއެވެ! އެއީ ކީއްވެގެންތޯއެވެ؟' އެކަލޭގެފާނު ވިދާޅުވިއެވެ: 'އެހެނީ ތިޔަބައިމީހުން ގިނައިން ޝަކުވާކޮށް، ފިރިންނަށް ނުޝުކުރުވެރިވާތީއެވެ(ޝުކުރުވެރިނުވުން).' ދެން އެބައިމީހުން އެމީހުންގެ ގަހަނާތައް ޞަދަޤާތްކުރަން ފެށިއެވެ. އެބައިމީހުންގެ ކަންފަތުގައި އަޅާ ގަހަނާތަކާއި އަނގޮޓިތައް ބިލާލުގެފާނުގެ ފޭލިގެއަށް އުކަމުން ދިޔައެވެ." (މުސްލިމް ރިވާކުރެއްވި ޙަދީޘް، 885)

އަޅުގަނޑުމެންގެ އުޚްތުންނަށް މި ޙަދީޘުން ލިބޭ ފިލާވަޅުތައް:

މި ޙަދީޘް އަޑުއެހި އަޅުގަނޑުމެންގެ އުޚްތުން، އެ ޒަމާނުގެ އަންހެން ޞަޙާބީންގެ ފަދައިން ޢަމަލުކުރަންވާނެއެވެ. އެބޭކަނބަލުން މި ޙަދީޘް އަޑުއެއްސެވުމާއެކު، ﷲގެ އިޒުނަފުޅާއެކު ނަރަކައިގެ އަހުލުވެރިންގެ ތެރޭގައި ހިމެނުމުން ސަލާމަތްވުމަށް މަގުފަހިވާނެ ހެޔޮ ޢަމަލުތައް ކުރެއްވިއެވެ.

އެހެންކަމުން، އަޅުގަނޑުމެންގެ އުޚްތުންނަށް އަޅުގަނޑުމެން ދޭ ނަސޭހަތަކީ އިސްލާމްދީނުގެ އަޅުކަންތަކާއި ފަރުޟު ވާޖިބުތަކުގައި، ޚާއްޞަކޮށް ނަމާދުގައި ސާބިތުވެ ތިބުމަށް މަސައްކަތްކުރުމެވެ. އަދި ﷲ ނަހީކުރައްވާފައިވާ ކަންތަކުން، ޚާއްޞަކޮށް އަންހެނުންގެ މެދުގައި ފެތުރިފައިވާ ޝިރުކުގެ އެކި ވައްތަރުތަކުން ދުރުހެލިވުމެވެ. މިސާލަކަށް ﷲ ފިޔަވައި އެހެން ފަރާތްތަކުން ބޭނުންތައް އެދުމާއި، ޖާދޫހަދާ މީހުންނާއި ފާލަބަލާ މީހުންގެ ގާތަށް ދިއުން ފަދަ ކަންތައްތަކެވެ. ވީހާވެސް ގިނަ ހެޔޮއަމަލު ގިނަކުރުން މުހިއްމެވެ.

އަޅުގަނޑުމެން ﷲގެ ޙަޟްރަތުން އެދެނީ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ އެންމެހައި އަޚުންނާއި އުޚްތުން ނަރަކައިންނާއި އެއާ ގާތްކުރުވާ ބަސްތަކާއި ޢަމަލުތަކުން ދުރުކޮށްދެއްވުމެވެ.

Advertisement
Advertisement

ގުޅޭ ޚަބަރުތައް

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޝިޔާމް މޫސާ

749 ދުވަސް ކުރިން - 06:23

ރާއްޖޭގަ ދެ އަންހުނުން އެއްތަން ވެއްޖެއްޔާ ދެން އެ ނިމުނީ. ދުނިޔެ ގިޔާމަތް ވާނެ އެހިސާބުން.