Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެކި ގޮތްގޮތުން ﷲއާ ޝަރީކުކުރާ މީހުން މި ދުނިޔޭގައި މަދެއްނޫން: ޚުތުބާ

އެކި ގޮތްގޮތުން ﷲއާ ޝަރީކުކުރާ މީހުން މި ދުނިޔޭގައި މަދެއްނޫން: ޚުތުބާ

އަައިޝަތު ޒީނާ
743 ދުވަސް ކުރިން - 6 ސެޕްޓެންބަރު 2024 13:09
ފޮޓޯ: ޚުލާސާ
ފޮޓޯ: ޚުލާސާ
ޚުލާސާ

ޚުތުބާގައި ބުނީ މަރުވުމުގެކުރިން ތައުބާ ނުވާނަމަ الله سبحانه وتعالى ނުފުއްސަވާނެކަމަށް އަންގަވައިފައިވާ ހަމައެކަނި ފާފައަކީ އެކަލާނގެއަށް ޝަރީކުކުރުން ކަމަށް. މީހަކު ކުރާ ޢަމަލެއްގައި ޝަރީކުކުރުމާއި، ކަންދެއްކުމާއި، އަދި އެނޫން ވެސް އެފަދަ އެހެން ކަންތައް ވާ ނަމަ އެ ޢަމަލެއް الله سبحانه وتعالى ޤަބޫލުނުކުރައްވާނޭކަމަށް.

އެކި ގޮތްގޮތުން ﷲއާ ޝަރީކުކުރާ މީހުން މި ދުނިޔޭގައި މަދުނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. 

ޚުތުބާގައި ބުނީ މާތް ﷲ ހައްދަވައިފައިވާ މަޚުލޫޤުންކުރެ، އިންސާނާ ކުރާ އެންމެ ބޮޑު ފާފައަކީ އެ އިންސާނާ ހައްދަވައި ބޮޑުކުރައްވައި އޭނާއަށް ބޭނުންވާ އެންމެހައި ކަމެއް ފުރިހަމަ ކޮށްދެއްވި الله سبحانه وتعالىއަށް ޝަރީކު ކުރުން ނުވަތަ އެކަލާނގެއާ، އެކަލާނގެ މަޚުލޫޤުންނާ ހަމަހަމަކުރުން ކަމަށެވެ. ޚުތުބާގައި ބުނީ الله سبحانه وتعالى އިންސާނުންގެ ގާތަށް ފޮނުއްވި އެންމެހައި ރަސޫލުން ވެސް ގޮވައިލައްވައިފައި ވަނީ އެކަލާނގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށާއި، އެކަލާނގެއަށް ޝަރީކު ނުކުރުމަށް ކަމަށެވެ.

ނަމަވެސް ކަން މިހެން ހުރި ނަމަވެސް އެކި ގޮތްގޮތުން ﷲއާ ޝަރީކުކުރާ މީހުން މި ދުނިޔޭގައި މަދު ނޫން ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން އެއް ބަޔަކު ޝަރީކުކުރަނީ އެބައިމީހުންނާއި އެކަލާނގެއާ ދެމެދު ގުޅުންބެހެއްޓުމަށް ޓަކައި ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ކަމަށާއި އަނެއް ބަޔަކު އެކަލާނގެއަށް ޝަރީކުކުރަނީ އެކަލާނގެ ހެއްދެވި ބައެއް މަޚްލޫޤުންނަކީ އެކަލާނގެއަށް ލިބިވޮޑިގެންވާ ފަދަ ބާރުތަކަކާއި ކުޅަދާނަކަމަކާއި، އިޚުތިޔާރުތަކެއް، ލިބިގެންވާ ފަރާތްތަކެއްކަމަށް ޤަބޫލުކޮށްގެން ކަމަށް ޚުތުބާގައި ބުންޏެވެ. މަރުވުމުގެކުރިން ތައުބާނުވާ ނަމަ الله سبحانه وتعالى ނުފުއްސަވާނެކަމަށް އަންގަވައިފައިވާ ހަމައެކަނި ފާފައަކީ އެކަލާނގެއަށް ޝަރީކުކުރުން ކަމަށެވެ. މީހަކު ކުރާ ޢަމަލެއްގައި ޝަރީކުކުރުމާއި، ކަންދެއްކުމާއި، އަދި އެނޫން ވެސް އެފަދަ އެހެން ކަންތައް ވާ ނަމަ އެ ޢަމަލެއް الله سبحانه وتعالى ޤަބޫލުނުކުރައްވާނޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުންޏެވެ.

Advertisement

Advertisement 1

ޚުތުބާގައި ބުނީ ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގަތީ ދުނިޔޭގައި ޝިރުކުގެ ޢަމަލުތައް އިންތިހާއަށް ގޮސްފައިވި ދުވަސްވަރެއްގައި ކަމަށެވެ. ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވުމުން އެކަލޭގެފާނުގެ އެންމެ ފުރަތަމަ މަސައްކަތްޕުޅަކަށްވީ الله سبحانه وتعالى ފިޔަވައި މީސްތަކުން އަޅުކަންކުރަމުން ދިޔަ ފަރާތްތަކަކީ ބާޠިލު ފަރާތްތަކެއްކަން އަންގަވައިދެއްވުމާއި، ޙައްޤުވެގެން އަޅުކަންކުރާން ޖެހެނީ ހަމައެކަނި الله سبحانه وتعالىއަށްކަން މީސްތަކުންނަށް އަންގަވައިދެއްވުމަށެވެ. އެގޮތުން ކީރިތި ރަސޫލާ މައްކާގައި ހޭދަކުރެއްވި ތޭރަ އަހަރު އެކަލޭގެފާނު ހޭދަކުރައްވައިފައި ވަނީ ހަމައެކަނި މާތް ﷲގެ އެއްކައުވަންތަކަމަށް ހެކިވުމަށާއި، އެކަލާނގެ ރުބޫބިއްޔަތަށް އީމާންވުމަށާއި، އެކަލާނގެ އުލޫހިއްޔަތަށް އީމާންވުމުގެ މައްޗަށް ގޮވައިލެއްވުމުގައި ކަމަށް ޚުތުބާގައި ބުންޏެވެ. މި ކަމުން އަންގައިދެނީ ޢަޤީދާގެ މާތްކަމާއި، މި ޢަޤީދާ ވާންޖެހޭނީ ހަރުދަނާ ޢަޤީދާއަކަށްކަމަށާއި އިންސާނުން އަޅުކަން ކުރާންޖެހޭނީ ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗަކާއި، އެންމެހައި މަޚުލޫޤުން ވެސް ހެއްދެވި الله سبحانه وتعالىއަށްކަމަށް ޚުތުބާގައި ބުންޏެވެ.

އަހަރެމެން މުސްލިމުން އެކި ފަރާތްތައް މާތްކުރާން ވާނީ މާތްވެގެންވާ އިސްލާމް ދީނުގައި ހުއްދަކުރައްވައިފައިވާ މިންވަރަށް ކަމަށާއި ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ޙަދީޘްތަކާ ޚިލާފުވާ ގޮތަކަށް އެކި ފަރާތްތައް މާތްކުރުމަކީ ޝިރުކުކުރުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ހެޔޮ ޢަމަލު ކުރުމުގެ ނަމުގައި އެފަދަ ވިޔާނުދާ ޢަމަލުތަކަށް އަރައިނުގަތުމަށް އެންމެހާ ފަރާތްތަކަށް ޚުތުބާގައި ވަނީ ނަސޭޙަތްތެރިވެފައެވެ.

ހުކުރު ޚުޠުބާއިސްލާމިކް މިނިސްޓްރީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލީ މުޢާމަލާތްތަކުގައި ތެދުވެރިވެ، ދަރަނިންނާއި ރިބާއިން ރައްކާތެރިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި

މާލީ މުޢާމަލާތުތަކުގައި ތެދުވެރިވެ ދަރަނިން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

1 ދުވަސް ކުރިން - 13:00

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި، އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުތުބާގައި ގޮވާލައިފި

8 ދުވަސް ކުރިން - 12:53

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

15 ދުވަސް ކުރިން - 12:54

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

29 ދުވަސް ކުރިން - 13:25

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

36 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

43 ދުވަސް ކުރިން - 13:00