Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މުސީބާތުގެ ވަގުތުގައި ކެތްތެރިވެ، އަޅުކަމުގައި ދެމިހުރުން މުހިއްމު: ޚުޠުބާ

މުސީބާތުގެ ވަގުތުގައި ކެތްތެރިވެ، އަޅުކަމުގައި ދެމިހުރުން މުހިއްމު: ޚުޠުބާ

އައިޝަތު ރުވާ ރިފްޢަތު
626 ދުވަސް ކުރިން - 13 ސެޕްޓެންބަރު 2024 13:54
ފޮޓޯ: ޚުލާސާ
ފޮޓޯ: ޚުލާސާ
ޚުލާސާ

މިއަދުގެ ހުކުރު ޚުޠުބާގައި އިރުޝާދު ދިނީ ސަލާމާއި ޞަލަވާތް ލެއްވި އައްޔޫބުގެފާނުގެ ހަޔާތްޕުޅުން އިބުރަތް ލިބިގަތުމަށެވެ. އައްޔޫބުގެފާނުގެ ވާހަކައިން އަހަރެމެންނަށް ލިބޭ އެންމެ މުހިންމު ފިލާވަޅަކީ މުސީބާތުގައި ކެތްތެރިވެ، ދުޢާކުރުމާއި، ކުޅަދާނަވީ މިންވަރަކުން އަޅުކަމުގައި ދެމިހުރުމަށެވެ.

މުސީބާތުގެ ވަގުތުގައި ކެތްތެރިވެ، އަޅުކަމުގައި ދެމިހުރުމަށް މިއަދުގެ ހުޚުޠުބާ ގައި ނަސޭޙަތްތެރިވެއްޖެއެވެ. "ރަސޫލުބޭކަލުންގެ ހަޔާތްޕުޅުން އިބުރަތް ލިބިގަތުން" މި މައުޟޫޢުގައި ދެވުނު ޚުޠުބާގައި، އައްޔޫބުގެފާނުގެ ހަޔާތްޕުޅުން އިބުރަތް ލިބިގަތުމަށް އިރުޝާދު ދެވުނެވެ. އައްޔޫބުގެފާނަށް ދިމާވި އުނދަގޫތަކާއި އެކަލޭގެފާނު ކެތްތެރިވެވަޑައިގަތް ގޮތް ޚުޠުބާގައި ކިޔައިދެއްވިއެވެ.

ހުކުރު ޚުޠުބާގައި އިމާމު ވިދާޅުވި ގޮތުގައި، އިންސާނާގެ ދުނިޔަވީ ޙަޔާތުގައި ދިމާވާ އެކިއެކި ޙާލަތްތަކަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ސުންނަތެކެވެ. މިގޮތުން ދުޅަހެޔޮކަމާއި ބަލިމަޑުކަން، އުފަލާއި ހިތާމަ، އަދި މުއްސަނދިކަމާއި ފަޤީރުކަން ފަދަ ތަފާތު ޙާލަތްތަކާ ކުރިމަތިލާންޖެހެއެވެ. ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެފައިވާ ތެދުވެރި މުސްލިމު އަޅާ މި ޙާލަތްތަކާއި ކުރިމަތިލަނީ ކެތްތެރިކަމާއި، ހިތްހަމަޖެހުމާއި، އަދި ދުޢާގެ އަޑު އުފުލުމާ އެކުގައެވެ. މި ހުރިހާ ކަމެއް ހިނގަމުންދަނީ ﷲ ތަޢާލާގެ މަތިވެރި ޙިކުމަތަކުން ކަމަށާއި، ދަތި އުނދަގޫ ކަމަކަށްފަހު ލުއިފަސޭހަކަމެއް މިންވަރު ކުރައްވާނެކަމުގެ ވަޢުދުފުޅު އެކަލާނގެ ވެވަޑައިގެންފައިވާކަން ޔަޤީންކުރާތީ، މުސްލިމު އަޅާ މިފަދަ ޙާލަތްތަކާއި ކުރިމަތިލަނީ ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.

އިމާމު ވިދާޅުވި ގޮތުގައި، މުސްލިމުން ދަތި އުނދަގޫތަކާ ކުރިމަތިލާއިރު އަޅުކަމާ ދުރުވެ، ނޭދެވޭ ޢަމަލުތައް ކުރާކަން ފާހަގަކުރެވެއެވެ. ނަމަވެސް، މުސީބާތުގެ ވަގުތުގައި ކެތްތެރިވެ، ދުޢާކުރުމާއި، އަޅުކަމުގައި ދެމިހުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

Advertisement

Advertisement

ﷲ ސުބުޙާނަހޫ ވަތަޢާލާ އައްޔޫބުގެފާނަށް ނުހަނު ގިނަ މުދަލާއި، އަޅުންނާއި، ދަރީންނާއި، އަދަދުކުރަން ދަތި ވަރަށް ދަނޑުބިންތަކާއި ޖަނަވާރުތައް ދެއްވިއެވެ. އެކަލޭގެފާނުގެ ޚިދުމަތުގައި ގާތްތިމާގެ މީހުންނާއި އެތައް ޚާދިމުންނެއް ތިއްބެވިއެވެ. ދުޅަހެޔޮ ޞިއްޙަތާއި ތަނަވަސްކަމުގެ ނިޢުމަތުގައި އެކަލޭގެފާނު ގިނަ އަހަރުތަކެއް ވަންދެން ދިރިއުޅުއްވިއެވެ. އޭގެފަހުން، ﷲ ތަޢާލާ އެކަލޭގެފާނު އިމްތިޙާނު ކުރެއްވުމުގެ ގޮތުން ބޮޑު ބަލިމަޑުކަމެއް ޖެއްސެވިކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.

ޚުޠުބާގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، އެކަލޭގެފާނުގެ ހިތްޕުޅާއި ދޫފުޅު ފިޔަވައި އެ ބަލިމަޑުކަމުގެ އަސަރު ނުކުރާ އެންމެ ގުނަވަނެއްވެސް އެކަލޭގެފާނުގެ ހަށިކޮޅުގައި ނުވެއެވެ. އަދި އެކަލޭގެފާނުގެ ދަނޑުބިންތަކާއި، ޖަނަވާރުތަކާއި، އެންމެހައި މުދަލާއި ދަރީން ނެތިކުރެއްވިއެވެ. މީގެ އިތުރުން، އެންމެހައި އަޅުންނާއި، ޚާދިމުންނާއި، ގާތްތިމާގެ މީހުންނާއި އެކުވެރިން، އެކަލޭގެފާނު ދޫކޮށް ދިޔައެވެ. އެހެންނަމަވެސް، ފަޤީރުކަމާއި، ބަނޑުހައިހޫނުކަމާއި، ބަލިމަޑުކަމުގެ ވޭނާއި ކެކުޅުމުގައި ވެސް އައްޔޫބުގެފާނު ކެތްތެރިވެވަޑައިގެން ﷲ ތަޢާލާއަށް ދުޢާކުރެއްވުމާއި ޛިކުރު ކުރެއްވުމުގައި ދެމިހުންނެވިކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

"ނަބިއްޔާ ޙަދީޘްކުރައްވައިފައި ވެއެވެ. ‏(‏‏إِنَّ أَيُّوبَ نَبِيَّ اللهِ ﷺ لَبِثَ فِيْ بَلَائِهِ ثَـمَانِيَ عَشْرَةَ سَنَةً، فَرَفَضَهُ الْقَرِيْبُ وَالْبَعِيْدُ، إِلَّا رَجُلَيْنِ مِنْ إِخْوَانِهِ، كَانَا مِنْ أَخَصِّ إِخْوَانِهِ، كَانَا يَغْدُوَانِ إِلَيْهِ وَيَرُوْحَانِ..) މާނައީ: "ހަމަކަށަވަރުން الله تَعَالَىގެ ނަބިއްޔާ أَيُّوْبُ عَلَيْهِ السَّلَام އެކަލޭގެފާނާ ކުރިމަތިވެ ވަޑައިގަތް އާލާސްކަންފުޅުގައި އަށާރަ އަހަރު ހޭދަކުރެއްވިއެވެ. ގާތްތިމާގެ މީހުންނާއި އެކަލޭގެފާނުގެ ހުރިހައި ރަޙްމަތްތެރީން އެކަލޭގެފާނު ދޫކޮށްދިޔައެވެ. ހެނދުނާއި ހަވީރު އެކަލޭގެފާނަށް ޒިޔާރަތްކުރަމުންދިޔަ އެކަލޭގެފާނުގެ އެންމެ އަރިސް ދެ އަޚަކު ފިޔަވައެވެ. ފަޤީރުކަމާއި ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ވޭނާއި ކެކުޅުމުގައި ވެސް އައްޔޫބުގެފާނު ކެތްތެރިވެވަޑައިގެން الله تَعَالَىއަށް ދުޢާކުރެއްވުމާއި ޛިކުރުކުރެއްވުމުގައި ދެމިއޮންނެވި" ޚުތުބާގައި ވިދާޅުވިއެވެ.

"އީމާންވެގެންވާ މީހުން ވެސް އިމްތިޙާނުކުރެވޭނެކަން އަހަރެމެން ހަނދާންކުރަންޖެހޭ" އިމާމު ވިދާޅުވިއެވެ. "އައްޔޫބުގެފާނުގެ ވާހަކައިން އަހަރެމެންނަށް ލިބޭ އެންމެ މުހިންމު ފިލާވަޅަކީ މުސީބާތުގައި ކެތްތެރިވެ، ދުޢާކުރުމާއި، ކުޅަދާނަވީ މިންވަރަކުން އަޅުކަމުގައި ދެމިހުރުމެވެ."

ޚުޠުބާގައި އިތުރަށް ފާހަގަކުރެވުނު ގޮތުގައި، ބައެއް މީހުން ބަލިމަޑުކަމާއި ދަތިތަކުގައި އަޅުކަމާ ދުރުވެ، ދަތިތަކަށް ކެތްތެރިނުވެ ނޭދެވޭ ބަސްބުނެ ގޯސްހަދައެވެ. ނަމަވެސް، މިފަދަ ދަނޑިވަޅުތަކުގައި އައްޔޫބުގެފާނުގެ ނަމޫނާއިން އިބުރަތް ލިބިގަނެ، ﷲ އަށް ކިޔަމަންތެރިވުމަށް އިމާމު ނަސޭޙަތްތެރިވެދެއްވިއެވެ.

ދީންޚުޠުބާ

ގުޅޭ ޚަބަރުތައް

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

11 މިނެޓު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

10 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

13 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

20 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

21 ގަޑިއިރު ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

22 ގަޑިއިރު ކުރިން - 11:51

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%