Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އީރާނު މީހުންނަކީ ކާފަރުންނޭ ބުނެ ފިތުނަ ނުކުރާށެވެ!

ހުސައިން އިސްމާއިލް
215 ދުވަސް ކުރިން - 18 މާޗް 2026 16:28
2019 ވަނަ އަހަރު އީރާނުގެ ރައްޔިތުންތަކެއް އެ ޤައުމުގެ އޭރުގެ ސުޕްރީމް ލީޑަރު ޚާމަނާއީގެ ފޮޓޯ ހިފައިގެން އެއްވުމެއްގައި ބައިވެރިވެގެން. އީރާނުގެ ޤާނޫނުގައި އޮންނަނީ އެ ޤައުމުގެ ދީނަކީ އިސްލާމް ދީން ކަމަށް،

ޚުލާސާ

ޢަޤީދާގެ ބޮޑެތި އުޞޫލީ މައްސަލަތަކުގައި މުސްލިމުން އެއްބަޔަކު އަނެއްބަޔަކު ދީނުން ބޭރުކޮށް ކާފަރަށް ނުގޮވާށެވެ.

ޢަޤީދާގެ އުޞޫލީ ބޮޑެތި ކަންކަމުގައި އޮންނަ ޚިލާފުތައް ކުރިއަށް ނެރެ ޝީޢާއީންނަކީ މުސްލިމުން ނޫންކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރަމުން އަންނަ ޕްރޮޕެގެންޑާ ތަކަކީ، މުސްލިމުންނަށް ހޮޔޮއެދިގެން ކުރާކަމެއް ނޫނެވެ. އިންސާނިއްޔަތާއި ދެކޮޅަށް ހިންގޭ ޖަރީމާތަކާއި ޤަތުލު ޢާއްމު ތަކާއި ދެކޮޅަށް ބަސްބުނެ އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅޭނެ މަސައްކަތް ދުލާއި ޤަލަމުން އަދި އެނޫން ގޮތްގޮތަށް ވެސް ކުރުމަކީ މުސްލިމުންގެ މައްޗަށާއި އެނޫން މީހުންގެ މައްޗަށް ވެސް ލާޒިމު ކަމެކެވެ. ޢަޤީދާ އާއި ގުޅޭ ބޮޑެތި އުޞޫލީ މައްސަލަތަކަކީ ދަންނަ ބޭކަލުންގެ މޭޒުމަތީގައި އޮންނަންޖެހޭ ކަންކަމެވެ.

އެއީ މީޑިއާގައި ނުވަތަ ފޭސްބުކުގައި އެއްބަޔަކު އަނެއްބަޔަކު ކާފަރުކޮށް ދީނުން ބޭރުކޮށް ނަފުރަތާއި ރުޅިވެރިކަން އުފައްދައި ފިތުނަވެރިކަމާއި ޙަސަދަ އާއި ލޭއޮހޮރުވުން މަގުފަހިކުރާ އަދި ބާރުއަޅާ ކަމަކަށް ހަދައިގެން ނުވާނެއެވެ. އަހަރެމެން އިންސާނުން ހެއްދެވީ އިންސާނުންގެ ގޮތުގައެވެ.

ކޮންމެ މީހަކީ ވެސް އިންސާނެއްކަމަށް ދެކިގެން އިންސާނިއްޔަތުކަން އިސްކޮށްގެން އިޙްސާންތެރިވެ އުޅުމުގެ އާދަ ހިފެހެއްޓުމުގެ މައްޗަށް ބާރު އެޅުމުގެ ބަދަލުގައި ބައެއް މީހުން ގެ ދުލުގެ ކުރިއަށް ސުންނީ ،ޝީޢާއީން ލައިގެން އުޅުމަކީ، ދީނީ ގޮތުންނާއި ސިޔާސީގޮތުން ބެލިޔަސް އިންސާނުން ބައިބައިކޮށް ބިމުގައި ފަސާދަ ކުރުމަށް އެޅޭ ބާރަކަށް ނޫނީ ނުވާނެއެވެ.

Advertisement

Advertisement 1

ޔަހޫދީންނާއި ނަޞާރާއިން އީރާނާއި ހަނގުރާމަ ކުރިޔަސް އެނޫން އިސްލާމީ ދައުލަތާއި ދެކޮޅަށް ހަނގުރާމަ ކުރިޔަސް އެކުރަނީ ސިޔާސީ މަޤުޞަދުގައެއް ނޫނެވެ. އެކުރަނީ ދީނީ މަޤުޞަދެއް ގައެވެ. އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދެމުން އަންނަ ހަމަލާތަކަކީ بین الاقوامی قانون ތަކާއި އިސްލާމީ ޝަރީޢަތާއި ޚިލާފު ނިރުބަވެރި ހަމަލާތަކެއް ކަމާއި މެދުގައި ޝައްކު އުފައްދާނެ ޖާގައެއް ނެތްކަމެކެވެ.

އެހެންކަމުން މުސްލިމުންގެ މައްޗަށް އޮތް ޒިންމާއަކީ ޙައްޤު ނޫން ގޮތުގައި އިންސާނުންގެ ފުރާނަ އާއި މުދަލާއި އަބުރަށް ދެވޭ ހަމަލާތައް ކުށްވެރި ކުރުމެވެ. ދީނީ އަޤީދާ ގެ ބޮޑެތި އުޞޫލީކަންކަމުގައި އާއްމުންނާއި ހަމައިން ގޮތް ނިންމައި ލޭއޮހޮރުވަން ޖާގަ ނުދިނުމެވެ. ޤަބީލާތަކަށާއި ތަފާތު ނަސްލުތަކުގެ މައްޗަށް އަހަރެމެން އިންސާނުން އުފެއްދެވީ އެއްބަޔަކު އަނެއްބަޔަކު ގެ މެދުގައި ތައާރަފުވެ ތަފާތުތައް ދެނެގަނެ ޚިލާފުތަކަށް އިޙްތިރާމުކޮށް އިންސާނިއްޔަތުކަން ކުރިއަށް ނެރެ އިންސާނުންގެ ގޮތުގައި އުޅުމަށެވެ. މިޙަޤީޤަތް ޤަބޫލު ނުކުރެވޭ ނުވަތަ ނުވިސްނޭ ކޮންމެ މީހެއްގެ ހިތަކީ އީމާންތެރިކަން ފުރިހަމަވާނެ ހިތެއްކަމުގައި ނޫންކަމުގައި ދެކެންޖެހެއެވެ.

އަނިޔާއަކަށްވާޒާތުގެ އެއްވެސް ކަމަކަށް ބާރު އެޅުމަކީ ދީން ނަހީ ކުރައްވާފައިވާ ކަމެކެވެ. ޢަރަބި އިސްލާމީ ޤައުމުތަކުގެ ސަރުކާރުތަކާއި ހުޅަގުގެ އިސްތިޢުމާރީ ބާރުތަކުން އިސްލާމީ ޖަމާޢަތްތައް ކަމުގައި ހިމެނޭ ޙަމާސް ޖަމާޢަތާއި އިޚްވާނުލް މުސްލިމީން ޖަމާޢަތާއި ޖަމާޢަތުލް އިސްލާމީ ޖަމާޢަތް ފަދަ ޖަމާއަތްތައް ސިޔާސީ ބޭނުމުގައި ނިރުބަވެރި ޖަމާޢަތައް ގޮތުގައި ހެދި ފަދައިން އަޤީދާ އާއި ގުޅޭ ބޮޑެތި ޚިލާފް މައްސަލަތަކާއި އަޅާކިޔައި، މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ޓެރަރިސްޓުންގޮތުގައި ނުގޮވާށެވެ. ދީނުން ބޭރު ނުކުރާށެވެ.

ވާހަކައެއް ދޫކޮށްލުމުގެ ކުރިން މަޞްލަޙަތު އިސްކުރާށެވެ. އެއްވެސް އިންސާނަކަށް ދެރަކޮށް ކަމެއް ނުކުރުމަށާއި ދެރަކަމެއް މެދުވެރިވުމަށް ނޭނދޭށެވެ. މިއީ ކީރިތި ޤުރުއާނާއި ނަބަވީ ސުންނަތުގައި އޮތް ގޮތެވެ. ކުށްކުރާ މީހުންނަށް ތަފާތުކުރުނެއް ނެތި ޢަޒާބު ލިބޭނެ ދުވަހެއް އަދި އަނިޔާލިބުނު މީހުންނަށް އިންޞާފު ލިބޭނެ ދުވަހެއް މިދުނިޔެ ނޫނަސް އޮތްކަން ޤަބޫލު ކުރުމަކީ މުސްލިމުންނަށް އޮތްގޮތް ކަމަށް ޤަބޫލު ކުރާށެވެ.

(ލިޔުއްވީ އަލްއުސްތާޛް ޢަލީ އާދަމް)

ދީންރިޕޯޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ޔަމަނުގެ ހާލަތު އިންތިހާއަށް ގޯސްވެ، ބޮޑު ކާރިސާއަކާ ދިމާއަށް!

ޔަމަނުގެ ހާލަތު އިންތިހާއަށް ގޯސްވެ، ބޮޑު ކާރިސާއަކާ ދިމާއަށް!

3 ދުވަސް ކުރިން - 15:00

މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

11 ދުވަސް ކުރިން - 13:19

ރަސްމާލެއިން ބިން ދިނަސް ޕްރޮޕަޓީ އޮންނާނީ ދައުލަތުގެ މިލްކެއްގެ ގޮތުގައި

ރަސްމާލެއިން ބިން ދިނަސް ޕްރޮޕަޓީ އޮންނާނީ ދައުލަތުގެ މިލްކެއްގެ ގޮތުގައި

22 ދުވަސް ކުރިން - 14:25

ސިޔާސީ ހަސަދައާއި ބަދަލުހިފުމުގެ ނޭދެވޭ ސަގާފަތް މިސަރުކާރުން ނިމުމަކަށް ގެންނަވައިފި

ސިޔާސީ ހަސަދައާއި ބަދަލުހިފުމުގެ ނޭދެވޭ ސަގާފަތް މިސަރުކާރުން ނިމުމަކަށް ގެންނަވައިފި

32 ދުވަސް ކުރިން - 10:56

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

40 ދުވަސް ކުރިން - 18:39

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

65 ދުވަސް ކުރިން - 13:46