Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަސްމާލެއިން ބިން ދިނަސް ޕްރޮޕަޓީ އޮންނާނީ ދައުލަތުގެ މިލްކެއްގެ ގޮތުގައި

ރަސްމާލެއިން ބިން ދިނަސް ޕްރޮޕަޓީ އޮންނާނީ ދައުލަތުގެ މިލްކެއްގެ ގޮތުގައި

ހުސައިން އިސްމާއިލް
12 ގަޑިއިރު ކުރިން - 27 ސެޕްޓެންބަރު 2026 14:25
ރަސްމާލެއިން ބިން ދޫކުރާނީ ދިވެހި ދައުލަތުގެ ފުލް ކޮންޓްރޯލް އޮންނަ ގޮތަށް.
ރަސްމާލެއިން ބިން ދޫކުރާނީ ދިވެހި ދައުލަތުގެ ފުލް ކޮންޓްރޯލް އޮންނަ ގޮތަށް.
ޚުލާސާ

ރަސްމާލެއިން ބިންތައް ދޫކުރާނީ ގާނޫނުއަސާސީ އާއި އެއްގޮތަށް (ލީސް) ދޭ އުސޫލުން. މިގޮތަށް ދޫކުރާ ބިމެއްގައި އިންވެސްޓަރުން ހަދާ އިމާރާތްތަކުގެ "ކުލީގެ ހައްގު' ނުވަތަ ޕްރޮޕަޓީ އެހެން ފަރާތްތަކަށް ވިއްކުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ބިމުގެ އަސްލު މިލްކުވެރިކަން ދިނުން ނޫން ކަމަށް ސަރުކާރުން ސާފުކޮށްދޭ.

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުނިތަކަށް ނުވަތަ އިންވެސްޓަރުންނަށް ބިން "މިލްކު" ކުރެވޭ ގޮތަށް ބިން ނުވިއްކާނެއެވެ. ،އެ ތަނުން ބިން ދިން ނަމަވެސް އަސްލު މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދައުލަތުގެ މިލްކެއްގެ ގޮތުގައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ރަސްމާލެ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ކުރިއަށްދާނީ ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ރާއްޖޭގެ ބިމުން އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށެވެ. ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވަނީ ބިން މިލްކުކޮށްދޭ ގޮތަށް އިންވެސްޓަރުންނަށް ބިން ވިއްކާ ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވާފައެވެ.

ސަރުކާރުން ބަޔާންކުރާ ގޮތުގައި، ރަސްމާލެއިން ބިންތައް ދޫކުރާނީ ގާނޫނުއަސާސީ އާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 99 އަހަރުގެ ދިގު މުއްދަތަކަށް ކުއްޔަށް (ލީސް) ދޭ އުސޫލުންނެވެ. މިގޮތަށް ދޫކުރާ ބިމެއްގައި އިންވެސްޓަރުން ހަދާ ހޮޓާ، ލަކްޝަރީ ރެސިޑެންސް ނުވަތަ ވިޔަފާރި އިމާރާތްތަކުގެ "ކުލީގެ ހައްގު' ނުވަތަ ޕްރޮޕަޓީ އެހެން ފަރާތްތަކަށް ވިއްކުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ބިމުގެ އަސްލު މިލްކުވެރިކަން ދިނުން ނޫން ކަމަށް ސަރުކާރުން ސާފުކޮށްދެއެވެ.

Advertisement

Advertisement 1

އެހެންކަމުން، އެފަދަ ޕްރޮޕަޓީއެއް އެހެން މީހަކަށް އަލުން ދިގުމުއްދަތަކަށް ދިން ކަމުގައި ވިޔަސް، ބިމުގެ އަސްލު ސިޔާދަތީ ބާރާއި މިލްކުވެރިކަން ދެމިއޮންނާނީ ދިވެހި ދައުލަތުގެ އަތްމަތީގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މި މަޝްރޫއަކީ ދިވެހި ދައުލަތަށް އެއްވެސް ލޯނެއް ނުވަތަ ސަވަރިން ގެރެންޓީއެއް ނުދީ، ރާއްޖޭގެ މިނިވަންކަމަށް އެއްވެސް އަސަރެއް ނުފޯރާނެ ގޮތަށް ކުރިއަށްގެންދާ މަޝްރޫއެއްކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތަކާއި އިގްތިސާދީ ކުރިއެރުން ލިބިގެންދާނެ ކަމަށާއި، ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާލެއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ތަރައްގީކުރާ ރާއްޖޭގެ އެންމެ ބޮޑު އިކޯ-ސިޓީއެވެ.

ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ލީސްހޯލްޑް އުސޫލުން ބިންތައް ދޫކޮށް 5,000 ބޯހިޔާވަހިކަމުގެ ޔުނިޓް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރަސްމާލެރިޕޯޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"މިއީ ފުރަތަމަ ފަހަރުތޯ؟" - ހާތިފް ހިލްމީ ރަސްމާލޭ މުއާމަލާތް ސާފުކޮށްދެއްވައިފި

"މިއީ ފުރަތަމަ ފަހަރުތޯ؟" - ހާތިފް ހިލްމީ ރަސްމާލޭ މުއާމަލާތް ސާފުކޮށްދެއްވައިފި

6 ގަޑިއިރު ކުރިން - 20:45

ރަސްމާލެއާ ގުޅޭގޮތުން އާޒިމް ދައްކަވާ ވާހަކަފުޅުތަކުގެ ދެކޮޅުނުޖެހޭ! ފުރަތަމަ ބުނީ ބޭކާރު ތަނެކޭ، މިހާރު އެވަރެއް ނެތް!

ރަސްމާލެއާ ގުޅޭގޮތުން އާޒިމް ދައްކަވާ ވާހަކަފުޅުތަކުގެ ދެކޮޅުނުޖެހޭ!

1 ދުވަސް ކުރިން - 21:07

ރަސްމާލެއިން ޕްރޮޕަޓީ ވިއްކޭނީ ވެސް އަދި ވިސާ ދޭނެ ފަރާތްތައް ނިންމާނީ ވެސް ސަރުކާރުން: މިނިސްޓަރު މުއްތަލިބު

"ޕްރޮޕަޓީ ވިއްކޭނީވެސް އަދި ވިސާ ދޭނެ ފަރާތްތައް ނިންމާނީ ދިވެހި ސަރުކާރުން"

1 ދުވަސް ކުރިން - 19:56

ރަސްމާލެއިން ބިން ވިއްކަނީއެއް ނޫން: 99 އަހަރުގެ ކުއްޔާއި ބޮޑު އިންވެސްޓްމަންޓްގެ އަސްލު!

ރަސްމާލެއިން ބިން ވިއްކަނީއެއް ނޫން: 99 އަހަރުގެ ކުއްޔާއި އިންވެސްޓްމަންޓްގެ އަސްލު!

1 ދުވަސް ކުރިން - 17:47

ކުރީގެ ލެގޫން ޑިވެލޮޕްމަންޓްތަކާ ހިލާފަށް ރަސްމާލެ ފަރުމާކޮށްފައިވަނީ ދައުލަތަށް ދާއިމީ އާމްދަނީ ލިބޭގޮތަށް

ރަސްމާލެ ފަރުމާކޮށްފައިވަނީ ދައުލަތަށް ދާއިމީ އާމްދަނީ ލިބޭގޮތަށް

1 ދުވަސް ކުރިން - 14:46

40 މިލިއަނުގެ ފަޅުތަކަށްވުރެ 500 މިލިއަން ޑޮލަރުގެ ރަސްމާލެ މާ ބޮޑުތަންވެސް ކުރީގައި!

40 މިލިއަނުގެ ފަޅުތަކަށްވުރެ 500 މިލިއަން ޑޮލަރުގެ ރަސްމާލެ މާ ކުރީގައި!

1 ދުވަސް ކުރިން - 07:30