Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސާފުތާހިރުވުމުގެ ނަމުގައި ހުއްދަ ނޫން މީހުންގެ ކުރިމަތީގައި އައުރަ ކަޝްފުކުރުމަކީ ހަރާމްކަމެއް: ހުތުބާ

ސާފުތާހިރުވުމުގެ ނަމުގައި ހުއްދަ ނޫން މީހުންގެ ކުރިމަތީގައި އައުރަ ކަޝްފުކުރުމަކީ ހަރާމްކަމެއް: ހުތުބާ

އައިޝަތު ރުވާ ރިފްޢަތު
102 ދުވަސް ކުރިން - 24 އޭޕްރިލް 2026 13:04
މިސްކިތެއްގައި ހުތުބާގެ ވަގުތުގައި--
މިސްކިތެއްގައި ހުތުބާގެ ވަގުތުގައި--
ޚުލާސާ

ތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައިކަން މާތް ނަބިއްޔާގެ ހަދީޘްފުޅުން އެނގެން އޮތްއިރު، މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަން ކަމުގައި ހުތުބާގައި ވަނީ ހަނދާންކޮށްދީފައި.

ސާފުތާހިރުވުމުގެ ނަމުގައި، ސެލޫންތަކަށް ގޮސް "ވެކްސް" ކުރުމަށާއި "ލޭޒާ ޓުރީޓްމެންޓު" ހެދުމަށްޓަކައި، ތިމާއަށް ހުއްދަ ނޫން މީހުންގެ ކުރިމަތީގައި އައުރަ ކަޝްފުކުރުމަކީ ދީނީގޮތުން ހަރާމްކަމެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެ އެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާ ބިނާކޮށްފައިވަނީ "ސާފުތާހިރުކަމާއި ޒީނަތްތެރިކަން" މި މައުޟޫއުގެ މައްޗަށެވެ.

ހުތުބާގައި ބަޔާންކުރި ގޮތުގައި އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީނެވެ. އަދި ތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައިކަން މާތް ނަބިއްޔާގެ ހަދީޘްފުޅުން އެނގެން އޮތްއިރު، މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަމެވެ. ނަމަވެސް، މިއަދުގެ ޒަމާނީ ވަސީލަތްތަކާއެކު، ސާފުތާހިރުވުމުގެ ނަމުގައި ބައެއް ފަހަރު ދީނީ އިންތަކުން ބޭރުވަމުންދާކަން ހުތުބާގައި ފާހަގަކުރި އެވެ.

Advertisement

Advertisement 1

މިގޮތުން، ސިއްހީ ފަރުވާއެއް ފަދަ ޒަރޫރީ ހާލަތެއްގައި މެނުވީ، ހުއްދަ ނޫން މީހުންގެ ކުރިމަތީގައި އައުރަ ކަޝްފުކުރުމަކީ ހުއްދަ ކަމެއް ނޫންކަމަށާއި، ރީތިކަމާއި ސާފުތާހިރުކަން ހޯދަންވާނީ ހަރާމް މަގުތަކުން އެއްކިބާވެ ތިބެގެން ކަމަށް ހުތުބާގައި ނަސޭހަތްތެރިވި އެވެ.

މީގެ އިތުރުން، ޒީނަތްތެރިވުމުގެ ނަމުގައި މާތްﷲ އުފެއްދެވި ސިފަ ބަދަލުކުރުމަކީ ޝައިތާނާގެ މަޅިއެއްގެ ގޮތުގައި ހުތުބާގައި ސިފަކުރި އެވެ. ޓެޓޫ ޖެހުމާއި، ބުމަ ހެދުމާއި، ބުމަ ތުނިކުރުން ފަދަ ކަންކަމަކީ މާތްﷲގެ ލައުނަތް ހުރި ކަންކަން ކަމަށާއި، މި ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތެއް ނެތްކަންވެސް ހަނދާންކޮށްދިނެވެ. އަދި ވުޟޫކުރާއިރު ފެން ނުޖެހޭ ފަދަ ތަކެތި ބޭނުންކުރުމުން ނަމާދު ސައްހަ ނުވާނެތީ އެކަމަށް ސަމާލުވުމަށްވެސް ގޮވާލި އެވެ.

ހެދުން އެޅުމުގެ އަހުލާގަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، ބުރުގާ އެޅުމުގެ އަސްލު މަގުސަދަކީ އައުރަ ނިވައިކުރުން ކަމަށެވެ. ނަމަވެސް ކަންފަތާއި ކަރު ފެންނަ ގޮތަށް ބުރުގާ އެޅުމާއި، ހަށިގަނޑުގެ ވަނާތައް އެނގޭ ފަދަ ބާރު ހެދުން އެޅުމަކީ ޖާހިލީ ޒަމާނުގެ އާދައެއް ކަމަށް ހަނދާންކޮށްދިނެވެ. ފިރިހެނުންވެސް ކުޅިވަރުގެ މައިދާނުގައާއި އެހެނިހެން ތަންތަނުގައި އައުރަ ހާމަނުކުރުމަށް ހުތުބާގައި އިލްތިމާސްކުރި އެވެ.

މިސްކިތްތަކުގެ ހުރުމަތަށް ބަލައި، ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވަތަ ގައިން ނުބައިވަސް ދުވާ ހާލުގައި ޖަމާއަތަށް ނުދިއުމަށާއި، އެހެން މީހުންނަށް އުނދަގޫވާ ކަންކަމުން މަލާއިކަތުންނަށްވެސް އުނދަގޫވާނެކަން ހުތުބާގައި ހަނދާންކޮށްދިނެވެ.

ހުތުބާ ނިންމާލަމުން، ޒީނަތްތެރިވުން އެންމެ އައުލާވެގެންވަނީ ދެމަފިރީން އެކަކު އަނެކަކަށްޓަކައި ކަމަށާއި، އެންމެ ރީތި ހެދުމާއި މީރުވަސްދުވާ ތަކެތި ބޭނުންކުރަންވީ ބޭރަށް ނުކުންނައިރު ނޫން ކަމަށާއި، އެއީ އަމިއްލަ ގޭގައި ހަލާލު ބައިވެރިޔާގެ ކުރިމަތީގައި ކުރަންޖެހޭ ކަމެއް ކަމަށް ބަޔާންކުރި އެވެ.

ހުކުރު ޚުޠުބާދީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

4 ދުވަސް ކުރިން - 12:57

ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން: ހުތުބާ

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"

11 ދުވަސް ކުރިން - 12:55

ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ޚުޠުބާ

"ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ"

18 ދުވަސް ކުރިން - 13:00

ކީރިތި ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް: ހުތުބާ

"ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް"

25 ދުވަސް ކުރިން - 13:00

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން: ހުތުބާ

"ނަހަމަގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން"

32 ދުވަސް ކުރިން - 14:29

ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ހިޔާނަތެއް: ހުތުބާ

ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް: ހުތުބާ

39 ދުވަސް ކުރިން - 13:33