އައްޑޫ ސިޓީއަށް ކުރަމުން އަންނަ ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެންޑީއެމްއޭއިން ބުނީ ވިއްސާރައިގައި ލިބުނު ގެއްލުމުގެ ސަބަބުން ޖުމްލަ 5 ގެއަކުން މީހުން ހުސްކުރަން ޖެހުނު ކަމަށެވެ.
903 ދުވަސް ކުރިން - 19:56
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އިންތިހާބީ މެމްބަރުން ހަވާ އަރުވަނީ ސަރުކާރުގެ ޚަރަދުގައި ނޫން ކަމަށް ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އިބްރާހިމް އަބާން އަބްދުލް ލަތީފް ވިދާޅުވެއްޖެއެވެ.
903 ދުވަސް ކުރިން - 19:52
ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުން އަންނާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ. މި މަހު އެކަނި މި ބައްޔަށް މާލެ ސަރަޙައްދުން 59 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
903 ދުވަސް ކުރިން - 19:39
ކުޅުދުއްފުށީގައި ދިރިއުޅެމުން އަންނަ ޒުވާނުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
903 ދުވަސް ކުރިން - 19:38
"އަހާ" ދެ ދެވަނަ ފޯރަމް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވާގޮތަށް ނިންމައިފިއެވެ. މި ފޯރަމްގައިވެސް 5 ވަޒީރަކު ބައިވެރިވަޑައިގަންނަވާއިރު، ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެއެވެ.
903 ދުވަސް ކުރިން - 19:20
ޚުލާސާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ކާމިޔާބު ހޯދައިދިނުމާއެކު ގެމަނަފުށީ ދައިރާ މިރޭ އުފާ ފާޅުކުރާނެ އެވެ. މިހާރުގެ މެމްބަރު އަހުމަދު ސައީދު ބަލިކޮށް، އަސަދުﷲ ގޮނޑި ކާމިޔާބު ކުރެއްވިއިރު މި ދެބޭފުޅުންނަކީވެސް އެއް ރަށަކަށް ނިސްބަތްވާ ދެ ބޭފުޅުންވެ. އަސަދުﷲ ގެ ރައްޓެހިންގެ ޚަރަދުގައި ދެއްވަދޫގައި އޮންނަ ހަވާ އެރުވުމަށް މުޅި ދާއިރާއަށް ވަނީ ދަޢުވަތު އަރުވާފައެވެ.
903 ދުވަސް ކުރިން - 18:25
މާލެ ސަރަހައްދުން އެންމެ ގިނަ ވޯޓު ހޯދި ޝަޛީމުއަށް ހަވާ އަރުވައިދިނީ ސަރުކާރުން ކަމަށް ދައްކަމުންދާ ވާހަކަތައް ދޮގު ކުރައްވައި ކެމްޕޭނު މެނޭޖަރު އަޒްލީލް ވިދާޅުވީ އެއީ ހަދިޔާއަކަށް ޢާއިލާގެ ފަރާތުން ބޭއްވި އިވެންޓެކެވެ. އަދި ޝަޛީމް އަކީ މަޖިލީހުގައި ރައްޔިތުން ބޭނުންވާފަދަ ނަމޫނާ މެމްބަރަކަށް ވާނެކަމާއިމެދު ޝައްކު ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
903 ދުވަސް ކުރިން - 17:54
އައްޑޫސިޓީ ގަމަށް މިދިޔަ 24 ގަޑިއިރު ތެރޭގައި 167.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
903 ދުވަސް ކުރިން - 16:06
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރެއްވި ޕީއެންސީ ކެނޑިޑޭޓް ފަރުހަތު މުހައްމަދުގެ ޖަގަހައިގައި އަލިފާން ރޯކޮށްލި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.
903 ދުވަސް ކުރިން - 15:38
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ލ.ގަން ފޮނަދޫ ސިޓީއަކަކަށް ބަދަލު ކުރާނެ ކަމުގެ އުއްމީދެއް ޓުއަރިޒަމް މިނިސްޓަރު ދެއްވައިފިއެވެ.
904 ދުވަސް ކުރިން - 01:44
ދެކުނާއި މެދު ރާއްޖެ ތެރެއަށް ކެރީގެ އަސަރު ފޯރާ ގުގުރުން އެކަށީގެންވާ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.
904 ދުވަސް ކުރިން - 15:22
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ލ.ގަން ފޮނަދޫ ސިޓީއަކަކަށް ބަދަލު ކުރާނެ ކަމުގެ އުއްމީދެއް ޓުއަރިޒަމް މިނިސްޓަރު ދެއްވައިފިއެވެ.
904 ދުވަސް ކުރިން - 01:44