ދެކުނާއި މެދު ރާއްޖެ ތެރެއަށް ކެރީގެ އަސަރު ފޯރާ ގުގުރުން އެކަށީގެންވާ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓުން މޫސުން ލަފާކުރާ ގޮތަށް ބަލާއިރު މިއަދުގެ ހަވީރު 18:00 އަށް ދެކުނާއި މެދު ރާއްޖެ ތެރެއަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
މެޓުން ބުނެފައިވަނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 1-4 ފޫޓް ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.



