ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގެމަނަފުށީ ދާއިރާ ކާމިޔާބު ކޮށްދެއްވީތީ، އެދާއިރާގެ އެކުވެރިންގެ ފަރާތުން މިރޭ ހަވާ އަރުވާނެ ކަމަށް އިޢުލާން ކޮށްފިއެވެ.
އަސަދުﷲ ހޯއްދަވައިދިން ކާމިޔާބީ މިރޭ ގެމަނަފުށީ ދާއިރާގައި ފާހަގަ ކުރާއިރު، ސަޕޯޓަރުން ކުރިންވެސް ވަނީ އަސަދު ހޮވިއްޖެނަމަ އެމީހުންގެ އަމިއްލަ ޚަރަދުގައި ހަވާ އަރުވާނެކަމަށް ބުނެ ވަޢުދު ވެފައެވެ.
މިފަހަރުގެ އިންތިޚާބު އަސަދުﷲ ކާމިޔާބުކުރެއްވީ ދާއިރާގެ މިހާރުގެ މެމްބަރު އަޙްމަދު ސަޢީދު ބަލިކުރައްވައި ދާއިރާގެ ރައްޔިތުންގެ ލޯބި ހޯދައިގެންނެވެ. ޕީއެންސީ ތަމްސީލް ކުރައްވާ އަސަދުﷲ ޝިހާބު މިހާރުގެ މެމްބަރު އަހުމަދު ސައީދު ބަލިކުރެއްވީ 1362 ވޯޓު ހޯއްދަވައިގެންނެވެ. ނާކާމިޔާވުވަޑައިގަތް ސައީދަށް ލިބިލެއްވީ 1115 ވޯޓެވެ.

ގެމަނަފުށީ ދާއިރާގައި އަސަދުހޯއްދެވި ކާމިޔާބީއާއެކު ފާހަގަކޮށްލެވޭ އަނެއް ކަމަކީ ގެމަނަފުށީ ދައިރާގެ ސިޔާސީ މަސްރަހުގައި އާ ބާބެއްގެ މަރުހަލާ ތައްޔާރުވެއްޖެ ކަމަށެވެ.
މިރޭ ހަވާ އެރުވުން އޮންނާނީ އަސަދުގެ އުފަން ރަށް ދެއްވަދޫ ބަނދަރުމަތީ ސަރަހައްދުގައި ކަމަށް އަސަދުގެ ކެމްޕޭނު އޮފޙުން މަޢުލޫމާތު ދިނެވެ.



