މާލެ ސިޓީ ކައުންސިލުން ބުނީ މިގޮތަށް ނިންމާފައިވަނީ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެއް ވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ ޓްރެފިކް ފްލޯ މެނޭޖުކުރުމަށް ކަމަށް.
812 ދުވަސް ކުރިން - 14:46
ބިންވެރިޔާ ސްކީމާ ގުޅިގެން ހަމަދު ހުށަހަޅުއްވާފައިވަނީ ކުރީ ސަރުކާރުން އެ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ ސަބަބުން ދައުލަތަށް ލިބުނު މާލީ ގެއްލުން ބެލުމަށް އޮޑިޓެއް ހެދުމަށް. އޭގައި އެޗްޑީސީ އަށް ބަދަލެއް ދޭން ޖެހޭތޯ ބެލުމަށްވެސް ވަނީ ހުށަހަޅުއްވާފައި.
812 ދުވަސް ކުރިން - 14:16
އަސަދު ވިދާޅުވީ މިހާރު ރާއްޖޭގައި މިއޮތް ލާމަރުކަޒީ ނިޒާމަކީ އަދުގެ އިޤްތިސާދީ ޙާލަތަށް ނުކަތާވަރުގެ ނިޒާމެއް ކަމަށް. ރައީސް މުޢިއްޒުގެ ވިސްނުންފުޅުގެ ދަށުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ވެގެން ދިއުމުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އަސަދު ވިދާޅުވި.
813 ދުވަސް ކުރިން - 05:24
ރައީސަ ޑރ. މުޢިއްޒުއާ ބައްދަލުކުރައްވާ މަޝްވަރާކުރެއްވުމަށްފަހު އަޒާން ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީން ރައީސް ދެއްވި ކަމަށް
813 ދުވަސް ކުރިން - 02:56
ކުރީގެ ސަރުކާރާ ދެކޮޅަށް ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އިންފޮމޭޝަން ކޮމިޝަނަރު ހުށަހަޅައިފި. އެ މައްސަލައަކީ ކޮވިޑް ވެކްސިންގެ މައުލޫމާތުތަކެއް ސާފުކުރުމަށް 2022 ވަނަ އަހަރު ރައީސް އޮފީހަށް ހުށަހެޅުމުން، ވެކްސިންތަކާ ގުޅޭ މައުލޫމާތު ހިފެހެއްޓުމާ ގުޅޭ މައްސަލައެކެވެ. އޭރު ރައީސް އޮފީސް ހިންގެވީ އިބްރާހީމް މުހައްމަދު ޞާލިޙް
813 ދުވަސް ކުރިން - 19:23
ޖުލައި މަހުގެ 26 ވާ ހުކުރު ދުވަހުގެރޭ، މިނިވަންދުވަހުގެ ހާއްސަ ރަސްމިއްޔާތުގައި 138 ފަރާތަކަށް ރައީސްގެ ޝަރަފުވެރިކަމުގެ ބެޖާއި އެވޯޑާއި އިނާމް ހަވާލުކުރުން ސޯޝަލް ސެންޓަރުގައި އޮންނާނެ
813 ދުވަސް ކުރިން - 17:05
ގަވަރުނަރުގެ މަގާމަށް އައްޔަންކުުމަށް އަހުމަދު މުނައްވަރު ގެ ނަން ދިރާސާ ކުރުމަށް މާލީ ކޮމިޓީއަށް ފޮނުވައިފިއެވެ.
813 ދުވަސް ކުރިން - 15:40
މަތީ ސާނަވީ ތައުލީމުގެ ފުރުސަތުތައް ސަރުކާރުން ފުޅާކޮށް އޯލެވެލް ދެމާއްދާއިން ފާސްވާ ކުދިންނަށް އޭލެވެލް ކިޔެވޭނެ ގޮތަށް ރާއްޖޭގެ 23 ސްކޫލަކުން ހަމަޖައްސައިދީފިއެވެ. އެއް މާއްދާއިން ފާސްވިޔަސް ޖާގަ އޮތްނަމަ އެކުދިންނަށްވެސް ފުރުސަތު ދޭނެއެވެ.
813 ދުވަސް ކުރިން - 12:46
"ބިންވެރިޔާ"ގެ 18 ގޯއްޗެއް އިއްޔެ ވެރިފަރާތާއި ހަވާލުކޮށްފި. މިހާތަނަށް މި ސްކީމްގެ ދަށުން 624 ވަނީ ހަވާލުކޮށްފައި
813 ދުވަސް ކުރިން - 12:32
މީގެކުރިން ކޮލިޓީ ދެރަ ބޭސްތައް ބޮޑުއަގުގައި ރާއްޖެ އެތެރެކުރީ އާސަންދައިގެ ބަޖެޓަށް އެތައް މިލިއަން ޑޮލަރުގެ ގެއްލުމާއެކު ވަކި ބަޔަކަށް ފައިދާ ވާގޮތަށެވެ. ނަމަވެސް އެހުރިހާ ކަމެއް މިހާރު ނިމުނީއެވެ. ދެން ރާއްޖެ އަށް އެތެރެކުރެވޭނީ ޑަބުލިޔުއެޗްއޯއާއި ފުޑް އެންޑް ޑުރަގު އޮތޯރިޓީގެ އެޕްރޫވްޑް ބޭސްތައް އެކަންޏެވެ. އެއީ ޔޫރަޕުންނެވެ.
814 ދުވަސް ކުރިން - 01:58
ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅުގެ މަތީން ގަވަރުނަރު ކަމުގައި ހުންނެވި އަލީ ހާޝިމް މިއަދު ވަކިކުރައްވައިފިއެވެ. އަދި އެމަޤާމަށް މުނައްވަރު އައްޔަންކުރެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
814 ދުވަސް ކުރިން - 21:45
ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅުގެ މަތީން ގަވަރުނަރު ކަމުގައި ހުންނެވި އަލީ ހާޝިމް މިއަދު ވަކިކުރައްވައިފިއެވެ. އަދި އެމަޤާމަށް މުނައްވަރު އައްޔަންކުރެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
814 ދުވަސް ކުރިން - 21:45