އަންނަ ހުކުރު ދުވަހު ހަވީރު ހަތަރަކުން ހަޔަކަށް މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ރޭގައި ކުރި އިއުލާނެއްގައި ބުނީ މިގޮތަށް ނިންމާފައިވަނީ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެއް ވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ ޓްރެފިކް ފްލޯ މެނޭޖުކުރުމަށް ދަތިވާނެތީ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ 26 ޖުލައި 2024 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހިނގާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ އެކަން އާންމުކޮށް އަންގާ އިއުލާނުކުރާ ކަމަށެވެ.
މީގެ ކުރިންވެސް މިފަދަ ދުވަސްތަކާއި ދިމާކޮށް ވެހިކަލް ދުއްވުން މަނާ ގަޑިތައް ކަނޑައަޅާފައި ވެއެވެ. އަދި އެފަދަ ވަގުތުތަކުގައި މަގުތައް ބެލެހެއްޓުމަށް ދިވެހި ފުލުހުން ހަރަކާތްތެރިވެއެވެ.



