އެމްއެމްއޭގެ ގަވަރުނަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހަޅުއްވާފައިވާ ކުރީގެ މާލީ ވަޒީރު އަހުމަދު މުނައްވަރު ނަންފުޅު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

މުނައްވަރު މިހާރު ހުންނެވީ މާލީ ވަޒީރު އެޑްވައިޒަރުގެ ގޮތުގައެވެ. އޭނާގެ ގަވަރުނަރުގެ މަގާމަށް އައްޔަންކުުމަށް އެދިވަޑައިގެން މަޖިލީހަށް ނަން ފޮނުވީ އިއްޔެއެވެ. ސަބަބަކީ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން މާލީ ކަންކަމުގައި ސަރުކާރަށް އެއްބާރުލުން ނުދެއްވާތީވެ ރައްޔިތުންގެ މަޖިލީހުން އޭނާ އެ މަގާމުން ވަކިކުރެއްވުމަށް އިއްޔެ ރައީސަށް ލަފާ އެރުއްވުމުން، އަލީ ހާޝިމް ވަކިކުރެއްވުމަށްފަހު އެ މަގާމަށް މުނައްވަރު އައްޔަން ކުރުމަށް އެދިވަޑައިގެންފައިވާތީއެވެ.