ތައުލީމީ ފުރުސަތުތައް އިތުރުކުރުމަށް އޯލެވެލް އިމްތިހާނު ފުރިހަމަކުރާ ހުރިހާ ދަރިވަރުންނަށް ޖާގަ އޮތް ވަރަކުން މަތީ ސާނަވީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ދޭނެ ކަމަށް ސަރުކާރުން އިއުލާންކޮށްފި އެވެ. ދެމާއްދާއިން ފާސްވާ ކުދިންނަށް އޭލެވެލް ކިޔެވޭ ގޮތަށް މުޅި ރާއްޖޭގެ 23 ސްކޫލަށް އަމަލުކުރެވޭ މި ނިންމުން ހާމަކުރެއްވީ ސީއެޗްއެސްއީގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ތައުލީމީ ވަޒީރު ޑރ.އިސްމާއީލް ޝަފީއު އެވެ.
މިނިސްޓަރު ޝާފިއު ފާހަގަކުރެއްވި ގޮތުގައި މި ކަމުގެ މަގުސަދަކީ ސާނަވީ އިމްތިހާނުތަކުން ފާސްނުވާ ގިނަ ދަރިވަރުންގެ މައްސަލަ ހައްލުކޮށް ގައުމީ ފާސްވުމުގެ ނިސްބަތް އިތުރުކުރުމެވެ.
"އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވާ މައްސަލައަކީ ޔުނިވަރސިޓީ ތަޢުލީމަށް ވަދެވޭ ފެންވަރަށް 2000 އެއްހާ ދަރިވަރުން އަދިވެސް ފާސްނުކުރެވިގެން މިއުޅެނީ. ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ މިކަން ބަދަލުކޮށް ފާސްވާ ނިސްބަތް މަތިކުރުން. އެހެންކަމުން އަޅުގަނޑުމެން މިއަހަރު ރާއްޖޭގެ 23 ސްކޫލަކަށް އޯލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށްހެން އޭލެވެލްއަށް ވަދެވޭނެ ގޮތް ހަދައިދޭނަން." ވަޒީރު ވިދާޅުވިއެވެ.
މިއީ ބޭކާރު ޚަރަދެއްގެ ގޮތުގައި ބައެއް މީހުން ދެކި ނަމަވެސް، މިކަމުގެ ސަބަބުން ޤައުމީ އުފެއްދުންތެރިކަން އިތުރުވެ، ދަރިވަރުންގެ ހުނަރު ތަރައްޤީވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ. މިސާލެއްގެ ގޮތުން މިނިސްޓަރު ވިދާޅުވީ ހަމައެކަނި އިސްލާމީ މާއްދާތަކުން ފާސްވާ ދަރިވަރުންނަށް ވެސް އިތުރު ތަމްރީނު ލިބުމުން އިސްލާމީ މޮޅު މުދައްރިސުންނަށް ވެވޭނެ ފުރުސަތު އޮތް ކަމަށެވެ.
ސީއެޗްއެސްއީގައި ބޭއްވި އެވޯޑް ހަފްލާގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ 2023 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން 167 ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްފަ އެވެ.



