ރާއްޖޭގައި އޮތް ބޭސްމާފިއާ އަށް ނިމުން ގެނެސް މިއަދުން ފެށިގެން ޔޫރަޕްގެ ކޮލިޓީ ބޭސް ރާއްޖެއިން ލިބޭނެ ގޮތް ހަދައިފިއެވެ.
މިއީ މީގެކުރިން ފެންވަރު ދަށް ބޭސްތައް ރާއްޖެ ގެނެސް ބޮޑުއަގުގައި ވިއްކައި އާސަންދައިގެ ނިޒާމުގެ ތެރެއިން އެތައް މިލިއަން ޑޮލަރެއް ބޭރުގެ ކުންފުނިތަކަށް ނުހައްގުން ދީ އެއިން މަންފާ ހޯދަމުންދިޔަ ދިޔުން ނިމުމަކަށް ގެނެވުނު ކަމެކެވެ.
އެސްޓީއޯއިން ބުނީ މީގެފަހުން ރާއްޖެއަށް ބޭސް އެތެރެކުރާނީ ޔޫރަޕުން ކަމަށާއި މިއަދުން ފެށިގެން 7 ބާވަތެއްގެ ބޭހެއް ބޭސްފިހާރަތަކުން ލިބެން އެބަހުރި ކަމަށެވެ. އަދި މިބޭސްތަކަށް އާސަންދަ ލިބިގެންދާއިރު މިއީ ފެންވަރު ރަނގަޅު ބޭހެވެ.
އެސްޓީއޯއިން ބުނީ މީގެފަހުން ޑަބުލިޔޫއެޗްއޯއާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ނުދޭ އެއްވެސް ބޭހެއް އަދި އެތަންތަނުން އެޕްރޫވް ނުކުރާ އެއްވެސް ބޭހެއް އެކުންފުނިން ރާއްޖެއަކަށް އެތެރެ ނުކުރާނެއެވެ.



