މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކ. ކާށިދޫ، ކެތި، މަޢުޞޫމް ޙަލީމްގެ މައްޗަށް. މި މައްސަލައިގައި މަޢުޞޫމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަކީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުމުގެ ދައުވާ. އަނިޔާއެއް ދިނުމުގެ ދައުވާ އަދި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ.
747 ދުވަސް ކުރިން - 17:54
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާޅުވީ، މުޙައްމަދު ސަމާހު ކުށަށް އިޢުތިރާފްވުމުން، އޭނާއާ ދެކޮޅަށް އިތުރު ހެކި ހޯދުމަށް ފުލުހުން މަސައްކަތްކޮށްފައި ނުވާ ކަމަށް އަދި ސަމާހުގެ ހެކިވެރިންގެ ހެކިބަސް ނަގާފައި ނުވާކަމަށާއި، ޑިޖިޓަލް ހެކި ހެކިބަހުގެ ގޮތުގައި ނުބެލެވޭނެ ކަމަށްވެސް ވިދާޅުވި.
747 ދުވަސް ކުރިން - 17:37
ޝުޖާއު ވިދާޅުވި ގޮތުގައި އދ. ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޤްރީރު ކުރައްވާތީ އާއި ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އދ. އަށް ވަޑައިގެން ހިސާބުން ޔާމީންގެ ލޮލަށް ނިދި ނާންނަ ކަމަށް.
747 ދުވަސް ކުރިން - 17:21
އދ. ގެ މެމްބަރުކަން ރާއްޖެއަށް ލިބުނުތާ މިއަހަރަށް 59 އަހަރު ވެފައިވާއިރު މިދުފާ ފާހަގަކުރެއްވި ގޮތުގައި ރާއްޖެއިން ވަނީ އދ.ގައި މުހިންމު އެތައްކަމަކަށް އަޑުއުފުލާފައި. އޭގެ ތެރޭގައި 1988 ގެ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއާ ގުޅިގެން، ކުދި ޤައުމުތަކަށް އދ. އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހެޅި ޤަރާރު ހިމެނޭ.
747 ދުވަސް ކުރިން - 17:14
ބައިނަލްއަޤްވާމީ އެއަރލައިންތަކުގައި ދިވެހި ކެއުންތައް ހުންނާނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށާއި އެކަމަކީ ނުވާނެކަމެއް ނޫންކަމަށް އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވި. ވަޒީރު ސަޢީދު މިހެން ވިދާޅުވީ، މިއަދު ފެށުނު މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް 2024) ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން.
747 ދުވަސް ކުރިން - 16:08
މި ބިލުގައި ގޭގައި ގެންގުޅޭ ޖަނަވާރުތައް ރަޖިސްޓްރީކުރަން ލާޒިމުކުރުމުގެ އިތުރުން، ޖަނަވާރުގެ ވެރިފަރާތް ދެނެގަތުމަށް ވެސް ކަންކަން ހިމަނާފައިވާ ކަމަށް ވަޒީރު ފާހަގަ ކުރައްވި.
747 ދުވަސް ކުރިން - 16:08
މިހާރު ރާއްޖޭގައި ދުވާލަކު ޕްރޮސެސްކުރެވެނީ ގާތްގަނޑަކަށް 110 މެޓްރިކް ޓަނުގެ މަސްކަމަށް ވަޒީރު ވިދާޅުވ. ނަމަވެސް އަލަށް ތަރައްޤީކުރާ ކާރުޚާނާތަކާއެކު މި ޢަދަދު ގާތްގަނޑަކަށް 300 މެޓްރިކް ޓަނަށް އިތުރުވެގެންދާނެކަމަށް ވަޒީރު ވިދާޅުވި.
747 ދުވަސް ކުރިން - 15:21
މި ދަތުރުތަކުގައި ބޭނުންކުރާނީ އެމްއެސްއެސްގެ އަމިއްލަ ބޯޓު، އެމްއެސްއެސް ގްރެފީން. އެމްއެސްއެސްއިން މެލޭޝިއާއަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ ޖުލައި މަހު ކަމަށްވާއިރު މިހާރު ވަނީ އިންޑޮނޭޝިއާވެސް ލިސްޓަށް އިތުރުވެފަ
747 ދުވަސް ކުރިން - 15:19
ވޯލްޑް ބޭންކާއެކު ހުޅުމާލެ-މާލެ ބްރިޖް ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތައް އެހެން ތަނަކަށް ބަދަލުކުރުމަށް މަޝްވަރާކޮށްފި. މި ނިޒާމަކީ 5.5 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް، މި މަޝްރޫޢުގެ ޖުމްލަ އަގަކީ 11 މިލިޔަން ޑޮލަރު ނުވަތަ 169 މިލިޔަން ރުފިޔާ ކަމަށް ވަޒީރު ޠާރިޤު ވިދާޅުވި.
748 ދުވަސް ކުރިން - 14:17
މިއަހަރުގެ މިހާތަނަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން 9 އަމިއްލަ ފަރާތަކަށް މިސްކިތް ބިނާކުރުމުގެ ހުއްދަ ދީފި. މީގެ ތެރެއިން 5 މިސްކިތް ހަދަނީ މާލެ ސަރަޙައްދުގައި އަދި 4 މިސްކިތް ހަދަނީ އަތޮޅުތަކުގަ.
748 ދުވަސް ކުރިން - 13:31
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ "އދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަން" ގަ. އެމަނިކުފާނު ވަނީ އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ކޮބައިކަން ބައްލަވައި އެކަންކަމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންކަންވެސް އޮޅުންފިލުއްވާފަ
748 ދުވަސް ކުރިން - 13:05
އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން އަވަހަށް އައިސް އަލިފާން ނިއްވާލި. ގޭގެ ވިޔަފާރި ގާޑިޔަލަކާއި ގުދަނެއްގައި އަލިފާން ރޯވިނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވޭ.
748 ދުވަސް ކުރިން - 12:32