އައްޑޫ ސިޓީ މަރަދޫގައި ހުރި ގެއެއްގެ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 5:46 ހާއިރު އައްޑޫ ސިޓީ، މަރަދޫ، އެތުމާގޭގައެވެ.
އެމްއެންޑީއެފްގެ ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނަށް މި ޚަބަރު ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އަވަހަށް އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ފަޔަރ ފައިޓަރުންގެ ހަލުވި މަސައްކަތުން އަލިފާން ވަނީ މިއަދު ހެނދުނު 6:45 ހާއިރު ނިއްވާލެވިފލެވިފައެވެ.
އެމްއެންޑީއެފްއިން އިތުރަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އަލިފާން ރޯވެފައިވަނީ އެ ގޭގައި ވިޔަފާރިކުރުމަށް ހަދާފައިވާ ގާޑިޔަލަކާއި އެއާ އިންވެގެން ހުރި ގުދަނެއްގައެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަޙްޤީޤުތައް ކުރިއަށްދާކަން އަދި ހާމަކުރެވިފައެއް ނުވެއެވެ. ނަމަވެސް، މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ގޭގައި ބަހައްޓާ ތަކެތި ރައްކާތެރިކަމާއެކު ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން އާންމުންނަށް އިލްތިމާސްކުރެއެވެ.









