Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މަސް ޕްރޮސެސްކުރާ 3 ކާރުޚާނާގެ މަސައްކަތް މިއަހަރު ފަށާނެ: ވަޒީރު ޝިޔާމް

އައިޝަތު ރުވާ ރިފްޢަތު
781 ދުވަސް ކުރިން - 23 ސެޕްޓެންބަރު 2024 15:21
ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ
ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ
ޚުލާސާ

މިހާރު ރާއްޖޭގައި ދުވާލަކު ޕްރޮސެސްކުރެވެނީ ގާތްގަނޑަކަށް 110 މެޓްރިކް ޓަނުގެ މަސްކަމަށް ވަޒީރު ވިދާޅުވ. ނަމަވެސް އަލަށް ތަރައްޤީކުރާ ކާރުޚާނާތަކާއެކު މި ޢަދަދު ގާތްގަނޑަކަށް 300 މެޓްރިކް ޓަނަށް އިތުރުވެގެންދާނެކަމަށް ވަޒީރު ވިދާޅުވި.

ރާއްޖޭގެ ތިން ސަރަހައްދެއްގައި ތަރައްޤީކުރުމަށް ނިންމާފައިވާ މަސް ޕްރޮސެސްކުރާ ކާރުޚާނާތަކުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މިހެން ވިދާޅުވީ، މަސް ދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް ލޯނު ދޫކުރުމުގެ މަޝްރޫޢު އަލުން މުރާޖަޢާކޮށް އެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްވެރިން ބާނާ މަސް އަގުއެއްނުކޮށް، ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރަން ޖެހުންކަމަށެވެ. މިކަމުަމުގެ ސަބަބުން މަހަށް ލިބެންވާ ހަމަ އަގު ނުލިބޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މަހަށް ހަމައަގު ހޯދައިދިނުމަށާއި، އަގުއެއްކޮށްގެން މަސް ބޭރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ދުވާލަކު ޕްރޮސެސްކުރެވެނީ ގާތްގަނޑަކަށް 110 މެޓްރިކް ޓަނުގެ މަސްކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އަލަށް ތަރައްޤީކުރާ ކާރުޚާނާތަކާއެކު މި ޢަދަދު ގާތްގަނޑަކަށް 300 މެޓްރިކް ޓަނަށް އިތުރުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ތިން ފެސިލިޓީ ހަދާ ނިމުމުން ގާތްގަނޑަކަށް 90 ނުވަތަ 95 އިންސައްތައަށް ވެލިއުއެޑް ކުރެވިގެން ދާނެ" ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، މިހާރު ރަނގަޅު މަސްވެރިކަމެއްގައި މަސް އެކްސްޕޯޓްކޮށްގެން 92 މިލިޔަން ޑޮލަރާއި 95 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ރާއްޖެއަށް ލިބޭއިރު، އައު ކާރުޚާނާތަކާއެކު މި ޢަދަދު ދެގުނަ ކުރެވޭނެކަމަށެވެ.

މި މަޝްރޫޢުގެ ސަބަބުން ޚާއްޞަކޮށް ކަނޑުބިލަމަހުން ލިބޭ އާމްދަނީ ބޮޑަށް އިތުރުވެގެންދާނެކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މިފްކޯގެ ހަތްވަނަ މަސްފިހާރަ ފުވައްމުލައް ސިޓީގައި ހުޅުވައިފި

މިފްކޯގެ ހަތްވަނަ މަސްފިހާރަ ފުވައްމުލައް ސިޓީގައި ހުޅުވައިފި

21 ދުވަސް ކުރިން - 13:31

ކަނޑަށް ތެޔޮ އެޅިގެން ޔޫއޭއީގެ ބައެއް ބީޗުތައް ބަންދުކޮށްފި!

ކަނޑަށް ތެޔޮ އެޅިގެން ޔޫއޭއީގެ ބައެއް ބީޗުތައް ބަންދުކޮށްފި!

21 ދުވަސް ކުރިން - 13:30

11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

25 ދުވަސް ކުރިން - 13:39

މިދިޔަ މަހު މިފްކޯއިން 27 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

މިދިޔަ މަހު މިފްކޯއިން 27 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

40 ދުވަސް ކުރިން - 15:20

މިސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި

މިސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި

68 ދުވަސް ކުރިން - 10:19

މަސްވެރިންގެ ތެލުގެ ސަބްސިޑީ ހަރުދަނާކުރުމަށް "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ދޫކުރުމަށް ނިންމައިފި

މަސްވެރިންގެ ތެލުގެ ސަބްސިޑީ ހަރުދަނާކުރުމަށް "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ދޫކުރުމަށް ނިންމައިފި

69 ދުވަސް ކުރިން - 12:06