Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހައިވޭގެ ސޯލާ ޕެނަލްތައް ބަދަލުކުރުމަށް މަޝްވަރާތައް ފެށިއްޖެ- ވަޒީރު ޠާރިޤު

ހައިވޭގެ ސޯލާ ޕެނަލްތައް ބަދަލުކުރުމަށް މަޝްވަރާތައް ފެށިއްޖެ- ވަޒީރު ޠާރިޤު

އާނާ ފަހީމް
660 ދުވަސް ކުރިން - 23 ސެޕްޓެންބަރު 2024 14:17
ހުޅުމާލެ-މާލެ ބްރިޖް ހައިވޭ. ފޮޓޯ: ޚުލާސާ
ހުޅުމާލެ-މާލެ ބްރިޖް ހައިވޭ. ފޮޓޯ: ޚުލާސާ
ޚުލާސާ

ވޯލްޑް ބޭންކާއެކު ހުޅުމާލެ-މާލެ ބްރިޖް ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތައް އެހެން ތަނަކަށް ބަދަލުކުރުމަށް މަޝްވަރާކޮށްފި. މި ނިޒާމަކީ 5.5 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް، މި މަޝްރޫޢުގެ ޖުމްލަ އަގަކީ 11 މިލިޔަން ޑޮލަރު ނުވަތަ 169 މިލިޔަން ރުފިޔާ ކަމަށް ވަޒީރު ޠާރިޤު ވިދާޅުވި.

ހުޅުމާލެ-މާލެ ބްރިޖް ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތައް އެހެން ތަނަކަށް ބަދަލުކުރުމަށްޓަކައި، މަޝްރޫޢުގެ ކޮންޓްރެކްޓަރާއި ވޯލްޑް ބޭންކާއެކު މަޝްވަރާތައް ފަށައިފިކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޠާރިޤު ވިދާޅުވީ، މި މަޝްރޫޢުއަކީ ވޯލްޑް ބޭންކްގެ އެހީގައި އަމިއްލަ ކުންފުންޏަކުން ކުރިއަށްގެންދިޔަ މަޝްރޫޢުއަކަށްވާތީ، ސޯލާ ޕެނަލްތައް ބަދަލުކުރުމަށް ދިގު މުއްދަތެއް ހޭދަވަމުންދާ ކަމަށެވެ. އަދި މިހާރު އެ ނިޒާމުން އުފައްދާ ކަރަންޓު ބޭނުންކުރަމުންދާތީ، އެކަމާ ގުޅިގެން ކޮންޓްރެކްޓަރާއި ވޯލްޑް ބޭންކާއެކު މަޝްވަރާކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސަރުކާރުގެ އެސެޓަކަށް ނުވާތީ އެއްފަހަރާ އެކަން ކުރަން އުނދަގޫ. ކޮންޓްރެކްޓަރާ ވޯލްޑް ބޭންކާއެކު ވާހަކަދައްކަމުން މިދަނީ، އެހެން ތަނަކަށް ބަދަލުކުރަން ހޭދަވާނެ ފައިސާގެ މިންވަރާއި އެކަން ކުރެވޭނެ ގޮތަކާމެދު." ވަޒީރު ޠާރިޤު ވިދާޅުވިއެވެ.

Advertisement

Advertisement 1

ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނަގައި، އެހެން ތަނަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ހައިވޭ ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ސުވާލު އުފެދި، ބްރިޖު ސަރަހައްދުން ފެންނަ ރީތި މަންޒަރު ގެއްލޭތީއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ސޯލާ ޕެނަލްތައް މީހުން ދިރިއުޅޭ އެހެން ރަށަކަށް ބަދަލުކުރައްވާނެ ކަމަށެވެ.

މި ނިޒާމަކީ 5.5 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ނިޒާމެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 11 މިލިޔަން ޑޮލަރު ނުވަތަ 169 މިލިޔަން ރުފިޔާއެވެ. އަދި މި ނިޒާމު އެހެން ތަނަކަށް ބަދަލުކުރާނަމަ 170 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް މިދިޔަ އަހަރު އޮކްޓޫބަރުގައި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާހުޅުމާލެ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢިމާރާތްކުރުމަށް އެޑްވާންސަށް ފުލްޕޭމެންޓް ދިން މިސްކިތުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން!

އެޑްވާންސަށް ފުލްޕޭމެންޓް ދިން މިސްކިތުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން!

22 ދުވަސް ކުރިން - 17:35

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފި

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށައިފި

27 ދުވަސް ކުރިން - 16:32

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފި

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފި

34 ދުވަސް ކުރިން - 16:51

4000 ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް އެއްކޮށް ނިންމާނެ: އެޗްޑީސީ

4000ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް ނިންމާނެ

49 ދުވަސް ކުރިން - 17:49

ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި ޖަލު ޔުނިޓެއް ގާއިމްކޮށްފި

ކޮވިޑް ފެސިލިޓީގައި ޖަލު ޔުނިޓެއް ގާއިމްކޮށްފި

52 ދުވަސް ކުރިން - 19:59

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފި

53 ދުވަސް ކުރިން - 15:34