Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އޮމާންގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އޮމާންގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

ރައީސް ވަނީ އޮމާންގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ. އަދި އެހީތެރިކަން ބޭނުންވާ އެހެން ދާއިރާތައް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފަ.

747 ދުވަސް ކުރިން - 06:34

ރައީސުލްޖުމްހޫރިއްޔާ ސަޢޫދީގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ސަޢޫދީގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަޢޫދީ ޢަރަބިއްޔާއިން މެދުކެނޑުމެއްނެތި ވެދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވި. ސަޢޫދީގެ ޚާރިޖީ ވަޒީރު ވަނީ އެޤައުމުގެ ސަރުކާރުން އެކިއެކި ދާއިރާތަކުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން އެގޮތުގައި ކުރިއަށް ގެންދަވާނެކަމުގައި ވިދާޅުވެފަ

747 ދުވަސް ކުރިން - 06:28

ޔޫރަޕިއަން ކޮމިޝަންގެ ރައީސާއާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ޔޫރަޕިއަން ކޮމިޝަންގެ ރައީސާއާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ ހުށަހަޅުއްވާ، ރާއްޖޭގެ ތަރައްޤީއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ފާހަގަކުރައްވާފަ. ޔޫރަޕިއަން ކޮމިޝަންގެ ރައީސާ ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދެއްވެންހުރި އެހީތެރިކަމެއް ދެއްވާނެކަން ފާހަގަކުރައްވާފަ.

747 ދުވަސް ކުރިން - 06:21

ރައީސުލްޖުމްހޫރިއްޔާ ކުވޭތުގެ ވަލީޢަހްދާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ކުވޭތުގެ ވަލީޢަހްދާ ބައްދަލުކުރައްވައިފި

ކުވައިތު ސަރުކާރުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ. އަދި ކުވައިތުގެ އިންވެސްޓަރުން ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމަށް ރައީސް ވަނީ ދައުވަތު ދެއްވާފަ.

747 ދުވަސް ކުރިން - 00:58

ފަސްމިލިއަން ގަސް އިންދުމުގެ މަޝްރޫޢުގައި މިފްކޯއިން ބައިވެރިވެއްޖެ

ފަސްމިލިއަން ގަސް އިންދުމުގެ މަޝްރޫޢުގައި މިފްކޯއިން ބައިވެރިވެއްޖެ

މިފްކޯ އިން މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން، އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮންނަ މާލެ އަތޮޅު ޕިކްނިކް އައިލެންޑް ކުޑަގިރިއަށް މިފްކޯގެ ސައިޓްތަކުން 500 ގަސް ވަނީ ހަދިޔާ ކޮށްފައެވެ. މި ގަސްތައް ހަދިޔާކުރުމަށް މިއަދު މިފްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ކުޑަގިރީގެ މެނޭޖުމެންޓާއެކު އެރަށުގައި ހަފްލާއެއް ބާއްވާފައި.

747 ދުވަސް ކުރިން - 23:26

ފޭރުނު މައްސަލައިގައި ހައްޔަރުކުރެވުނު މީހާގެ ބަންދު 15 ދުވަހަށް އިތުރުކޮށްފި

ފޭރުނު މައްސަލައިގައި ހައްޔަރުކުރެވުނު މީހާގެ ބަންދު 15 ދުވަހަށް އިތުރުކޮށްފި

ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި މީހާއާއި އިތުރު މީހަކު ގުޅިގެން ގެސްޓްހައުސްތަކަށް މީހުން ގެންގޮސް، ވަޅިން ބިރުދައްކައި ފައިސާ ފޭރެމުންދާކަމަށް ތުހުމަތުކުރެވޭ ކަމަށް . މި ދެ މީހުންގެވެސް މިފަދަ ކުށުގެ ރެކޯޑެއް އޮތްކަމަށް ފާހަގަކުރެވޭ.

747 ދުވަސް ކުރިން - 23:25

މާލޭގައި ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލައިފި

މާލޭގައި ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލައިފި

މި ނިންމުން ނިންމާފައިވަނީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާތީ. މިކަމުގެ ސަބަބުން އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ކުރިމަތިވެފައި ވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭވުޒާރާއިން ފާހަގަކުރި.

747 ދުވަސް ކުރިން - 22:25

ރާއްޖެ-ލަންކާ ގުޅުން އިތުރަށް ބަދަހިވާނެ - އަނޫރާ

ރާއްޖެ-ލަންކާ ގުޅުން އިތުރަށް ބަދަހިވާނެ - އަނޫރާ

މި ޔަގީންކަން ދެއްވާފައިވަނީ ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެން ރައީސް މުއިއްޒު "އެކްސް" މެދުވެރިކޮށް ކުރެއްވި ޕޯސްޓަކަށް ޖަވާބު ދެއްވަމުން. އަނޫރާ ވިދާޅުވެފައިވަނީ ރައީސް މުއިއްޒަށާއި ދިވެހި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށާއި އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން އިތުރަށް ބަދަހިކޮށް، ސަރަޙައްދީ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އުފާކުރައްވާ ކަމަށް ވިދާޅުވި.

747 ދުވަސް ކުރިން - 22:20

ސިޔާސީ ޕާޓީތަކުގެ ޤަވާއިދަށް މުހިންމު އިސްލާހުތަކެއް އީސީން ގެނެސްފި

ސިޔާސީ ޕާޓީތަކުގެ ޤަވާއިދަށް މުހިންމު އިސްލާހުތަކެއް އީސީން ގެނެސްފި

އިލެކްޝަންސް ކޮމިޝަނުން ގެނައި އިސްލާހުތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއަކުން ވަކިވާން އެދި ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ މީހަކު ޕާޓީން ވަކިކޮށްދޭން ޖެހޭނެކަމަށް ބަޔާންކޮށްފައިވޭ. މި މުއްދަތުގެ ތެރޭގައި ވަކިނުކޮށްފިނަމަ، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން ހުށަހެޅުމުން އެ މީހެއްގެ ނަން ޕާޓީގެ ދަފްތަރުން އުނިކޮށްދެވޭ ގޮތަށް ނިންމާފައިވާ ކަމަށް އެ އިދާރާއިން ބުނި.

747 ދުވަސް ކުރިން - 22:19

ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު ވަންގ ޔީ އާއި ރައީސް ބައްދަލުކުރައްވައިފި

ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު ވަންގ ޔީ އާއި ރައީސް ބައްދަލުކުރައްވައިފި

ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާއާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާ އަދި ދެ ޤައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާއި، ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި.

747 ދުވަސް ކުރިން - 22:16

ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތަށް ޕީޖީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ

ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތަށް ޕީޖީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ

އައްބާސް ވިދާޅުވީ، ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ވަރުގަދަ ކުރުމަށްޓަކައި އިންވެސްޓިގޭޓަރުންނަށް، ޕްރޮސިކިއުޓަރުންގެ އިތުރު އެހީތެރިކަން ބޭނުންވާނަމަ، އެކަމަށް މަގު ފަހިކޮށްދެއްވާނެ ކަމަށް. މީގެ އިތުރުން، ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ އަވަސްކުރެއްވުމަށް ވެސް އައްބާސް ބާރުއެޅުއްވި.

747 ދުވަސް ކުރިން - 22:14

ސައިބަ ސެކިއުރިޓީ ވަރުގަދަކުރަން ގައުމުތަކުގެ އެހީ ބޭނުންވޭ: ރައީސް

ސައިބަ ސެކިއުރިޓީ ވަރުގަދަކުރަން ގައުމުތަކުގެ އެހީ ބޭނުންވޭ: ރައީސް

ރައީސް ވިދާޅުވި ގޮތުގައި ހުއްދަ ނެތި ވަނުމާއި އެކައުންޓުތައް ހެކް ކުރުމާއި ޑޭޓާ ޕްރައިވަސީ އަކީ އަސްލު މައްސަލަތަކެއް ކަމަށް. މި މައްސަލަތަކަށް ހައްލެއް ހޯދުމަށް ރާއްޖޭގައި ނޭޝަނަލް ސައިބަ ސެކިއުރިޓީ އެޖަންސީއެއް އުފައްދާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި. އެހެން ނަމަވެސް، ސައިބަ ސެކިއުރިޓީގެ އިންސްފްރާސްޓްރަކްޗާ ދެމެހެއްޓެނިވި ގޮތެއްގައި ހިފަހައްޓައި އިތުރަށް ފުރިހަމަ ކުރުމަށް އެހީ ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވި

747 ދުވަސް ކުރިން - 22:12

Previous12345Next