ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އ.ދ.ގެ 79 ވަނަ ޢާންމު މަޖިލީހުގެ ހަވާސާގައި ކުވައިތުގެ ވަލީއަހުދު އަދި ޔޫ.އެން.ޖީ.އޭ ވަފުދުގެ އިސްވެރިޔާ ޝެއިޚް ސަބާޙް އަލް ޚާލިދު އަލްޙަމާދު އަލް މުބާރަކް އަލްސަބާޙްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުވައިތު ސަރުކާރުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށާއި، އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ތަރައްޤީގެ އެޖެންޑާއަށް މި ސަރުކާރުން އަހައްމިއްޔަތުކަން ދެއްވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ކުވައިތުގެ އިންވެސްޓަރުން ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު ދެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު އަދި ކުވައިތުގެ ވަލީއަހުދު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ،








